Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އިޒްރޭލުގެ ހަމަނުޖެހުން

އީރާނުގެ ބަދަލުހިފުމުގެ ރަހަ ވަރަށް އަވަހަށް އިޒްރޭލަށް ފެންނާނެ: ކޮމާންޑަރ އިން ޗީފް

އަނިޔާވެރިންނާ ވާހަކަދައްކަނީ ބާރުގެ ބަހުރުވައިން ކަމަށާއި، ބަހުން ނޫން ކަމަށް މޭޖަރ ޖެނެރަލް ހުސެއިން ސަލާމީ ވިދާޅުވި

ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2024 | ބުރާސްފަތި 02:06
އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރްޖީސީ) ގެ ކޮމާންޑަރ-އިން-ޗީފް މޭޖަރ ޖެނެރަލް ހުސެއިން ސަލާމީ

އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރްޖީސީ) ގެ ކޮމާންޑަރ-އިން-ޗީފް މޭޖަރ ޖެނެރަލް ހުސެއިން ސަލާމީ

އީރާނުގެ ބަދަލު ހިފުމުގެ ރަހަ ވަރަށް އަވަހަށް އިޒްރޭލަށް ފެންނާނެ ކަމަށް އީރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރްޖީސީ)ގެ ކޮމާންޑަރ އިން ޗީފް ވިދާޅުވެއްޖެއެވެ.

"މިއަދު މި ފެންނަނީ ޣައްޒާގެ ރައްޔިތުންގެ ހިތްވަރުގަދަކަން؛ އެއީ ވޭންދެނެވި ކަމެއްގެ ގޮތުގައި ފެނުނު ނަމަވެސް، ޣައްޒާގެ ރައްޔިތުންނަށް ކާމިޔާބީގެ މީރު ރަހަ ވަރަށް އަވަހަށް ލިބޭނެ އަދި އެމީހުން [އިޒްރޭލް މީހުން] ދާދި އަވަހަށް އެމީހުންގެ ނުބައިކަމުގެ ރަހަ ދެކޭނެ،" މޭޖަރ ޖެނެރަލް ހުސެއިން ސަލާމީ ބުދަ ދުވަހު ބޭއްވުނު ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ކަމަށް އީރާނުގެ ރަސްމީ ޓީވީން ބުނެފައިވެއެވެ.

އޭނާ ވިދާޅުވީ މިއަދު އީރާނަކީ "ވަރުގަދަ، ރައްކާތެރި އަދި ފަޚުރުވެރި ޤައުމެއް" ކަމަށާއި، އަނިޔާވެރިންނާ ވާހަކަދައްކަނީ ބާރުގެ ބަހުރުވައިން ކަމަށާއި، ބަހުން ނޫން ކަމަށެވެ.

"އަޅުގަނޑުމެން ދުޝްމަނުންނާ ދިމާލަށް ދާނަން އަދި އަދަބު ދޭނަން އަދި ބަދަލު ހިފާނަން. ދުޝްމަނުންނާ ދިމާލަށް ގޮސް އަދަބު ދިނުމާއި ބަދަލު ހިފުމަކީ ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި އަޅުގަނޑުމެން އެތައް ފަހަރު ތަޖުރިބާކޮށްފައިވާ ޙަޤީޤަތެއް،" އޭނާ ވިދާޅުވިއެވެ.

"އިސްލާމްދީނުގެ އަލިގަދަވެ، ކުރިއަރާ ދިޔަ ކޮންމެ ފަހަރަކު، ކާފަރުންނާއި، މުޝްރިކުންނާއި، މުނާފިޤުން މުސްލިމުންނާ ދެކޮޅަށް ތެދުވި، އަދި އޭގެ ނަތީޖާ އެއްގެ ގޮތުން ޖިހާދުގެ މައިދާން އުފެދުނު. މިއަދު ވެސް ވަކި ތަފާތެއް ނެތް،" އޭނާ ވިދާޅުވިއެވެ.

ޖެނެރަލް ހުސެއިން ސަލާމީ ވިދާޅުވީ އިސްލާމީ އުއްމަތް ދެމި އޮންނާނެ ކަމަށާއި މުސްލިމް ބިންތަކުން ބަލިވެގެން ލަދުން އާޚިރުގައި ފައިބައިގެންދާން ޖެހޭނީ އިސްލާމް ދީނުގެ ދުޝްމަނުން ކަމުގައެވެ. އޭނާ ވިދާޅުވީ އީރާނުގައިވެސް، އަފްޣާނިސްތާނުގައިވެސް އިރާގު އަދި ޔަމަނުގައިވެސް އަދި އެހެން ތަންތާނގައިވެސް ކަން ހިނގާފައިވަނީ އެ ބީދައިން ކަމުގައެވެ.

އީރާނުގެ ޖެނެރަލް މި ވާހަކަތައް ދެއްކެވީ ޖުލައި މަހުގެ ފަހުކޮޅު ތެހުރާނުގައި ހަމާސްގެ ލީޑަރު އިސްމާޢީލް ހަނިއްޔާ އިޒްރޭލުން އަވަހާރަކޮށްލުމާ ގުޅިގެން އީރާނުން ބަދަލު ހިފާނެކަމުގެ އިންތިޒާރުގައި ދުނިޔެ އޮތް ދަނޑިވަޅެއްގައެވެ. އީރާނުން ވަނީ ހަނިއްޔާ އަވަހާރަކޮށްލުމުގެ ބަދަލު ހިފާނެ ކަމަށް ވައުދުވެފައެވެ. ނަމަވެސް އީރާނުން ބުނީ އެކަން ކުރާނީ އީރާނަށް ފެންނަ ވަގުތެއްގައި ފެންނަ ތަނެއްގައި ކަމުގައެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

އެމެރިކާގެ މަނަވަރުތައް ދެކޮރެއާ ގުޅޭ ސަރަހައްދަށް

09 އެޕްރީލު 2017
އެމެރިކާގެ މަނަވަރުތައް ދެކޮރެއާ ގުޅޭ ސަރަހައްދަށް
30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
09 މާރިޗު 2017

ދެ ކޮރެއާ ސަރަހައްދުގެ ހަލަބޮލިކަން ފިނިކުރުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ދެކުނު ކޮޮރެއާ އާއި އެމެރިކާ އިން އިންކާރުކޮށްފި

09 މާރިޗު 2017
ދެ ކޮރެއާ ސަރަހައްދުގެ ހަލަބޮލިކަން ފިނިކުރުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ދެކުނު ކޮޮރެއާ އާއި އެމެރިކާ އިން އިންކާރުކޮށްފި
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
24 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ

24 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
15 ފެބުރުއަރީ 2017

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
02 ފެބުރުއަރީ 2017

ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް

02 ފެބުރުއަރީ 2017
ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު