Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރާއި ހަށި ހެޔޮކަމާ ބެހޭ ވުޒާރާ

ވަޒީރާއި ކޮމިޝަނަރު ދެއްވީ ކުޅިވަރު ސިޔާސީ ނުކުރާނެ ކަމުގެ ޔަގީންކަން

12 ސެޕްޓެމްބަރު 2024 | ބުރާސްފަތި 07:55

އެހެން ނަމަވެސް، އެއްވެސް އެސޯސިއޭޝަނަކުން ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކަމެއް ކުރާ ނަމަ، އެސޯސިއޭޝަންތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ، ކޮމިޝަނަރ އޮފް ސްޕޯޓްސް އިން އެކަމެއް ބަލާނެ ކަަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ސެޕްޓެމްބަރު 2024 | ބުރާސްފަތި 07:55
ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު އަދި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް

ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު އަދި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް

އެއްވެސް ކުޅިވަރަކަށް ސިޔާސީ ނުފޫޒެއް ނުފޯރުވާނެ ކަމުގެ ޔަޤީންކަން، ކުޅިވަރާއި ހަށި ހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ) އާއި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ދެއްވައިފި އެވެ.

ވަޒީރާއި ކޮމިޝަނަރު މިހެން ވިދާޅުވީ، ކުޅިވަރު ވުޒާރާ އިން ކުރަމުން އަންނަ މަސައްކަތުގެ ތަފުސީލު ހާމަކުރުމަށް އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެގޮތުން ކުޅިވަރު ސިޔާސީ ނުކުރާނެ ކަމުގެ ވައުދު ކޮންމެ ސަރުކާރަކުން ވެސް ވަމުން އަންނަ ކަމަށާއި، އެކަމަށް މަސައްކަތްކަތެއް ކުރާ ކަމަށް ނޫސްވެރިޔަކު ވަނީ ފާހަގަ ކޮށްފަ އެވެ. ޚާއްސަކޮށް ހިނގަމުންމިދާ އަހަރާއި، އަންނަ އަހަރަކީ ގިނަ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބު އޮންނަ އަހަރު ކަމަށްވާއިރު، ސަރުކާރުން ކުޅިވަރު ސިޔާސީ ނުކުރާނެ ކަމުގެ ކިހާ ޔަޤީންކަމެއް ދެއްވާނެތޯ ނޫސްވެރިޔާ ސުވާލު ކުރި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ރާފިޢު ވިދާޅުވީ، އެއްވެސް ކުޅިވަރު އެސޯސިއޭޝަނެއްގެ އެއްވެސް އިންތިޚާބަކަށް، ސަރުކާރުން އެއްވެސް ވަރަކަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ. އެކަން ފާހަގަ ކުރައްވައި ވަޒީރު ރާފިޢު ވިދާޅުވީ، އެސޯސިއޭޝަންތަކަކީ އަމިއްލަ ޒާތުގައި މަސައްކަތް ކުރަން ޖެހޭ ތަންތަން ކަމަށެވެ. އެހެން ނަމަވެސް، އެއްވެސް އެސޯސިއޭޝަނަކުން ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކަމެއް ކުރާ ނަމަ، އެސޯސިއޭޝަންތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ، ކޮމިޝަނަރ އޮފް ސްޕޯޓްސް އިން އެކަމެއް ބަލާނެ ކަަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ރާއްޖޭގައި ހެދިފައިވާ އެސޯސިއޭޝަންތަކުން އަމަލު ކުރަން ޖެހޭނީ، ރާއްޖޭގައި ހެދިފައިވާ ޤާނޫނާއި، ޤަވާއިދުތަކާ އެއް ގޮތްވާ ގޮތުގެ މަތީން ކަމަށެވެ.

ވަޒީރުގެ އިތުރުން ސްޕޯޓްސް ކޮމިޝަނަރު ޠަލާލް ވެސް ވިދާޅުވީ މި ސަރުކާރުން ކުޅިވަރު ސިޔާސީ ނުކުރާނެ ކަމަށެވެ. ސަރުކާރު އުފެދިގެން މިހާތަނަށް އައިއިރު، ސިޔާސީ ގޮތުން އެއްވެސް މަންފާއެއް ހޯދުމުގެ ގޮތުން، ނުވަތަ ސިޔާސީ ގޮތުން އެއްވެސް ކަމެއް ކުރުމުގެ ގޮތުން އެސޯސިއޭޝަނެއް މެދުވެރިކޮަށް އަދި އެސޯސިއޭޝަނެއް ލައްވައި އެއްވެސް ކަމެއް ކުރުވާފައި ނުވާނެ ކަމަށް ވެސް ޠަލާލް ވިދާޅުވި އެވެ. އެކަމުގެ ޔަޤީންކަން ކުޅިވަރުގެ ދާއިރާގައި މަސައްކަތް ކުރާ އެންމެ ފަރާތްތަކަށް ވެސް އޮންނާނެ ކަމަށް ޠަލާލް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ޠަލާލް ވިދާޅުވީ ބައެއް އެސޯސިއޭޝަންތަކުގައި ޒަމާނުއްސުރެ ހުރި މައްސަލަތަކެއް ހައްލު ނުވެގެން މިއަދާ ހަމައަށް އައިސްފައިވާއިރު، މިއަދު ބަލަމުން އަންނަ ކަމަށާއި، އެކަންކަމާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަން ޖެހުނީމަ ނުވަތަ ޤަޥާއިދާ އެއް ގޮތަށް އަމަލު ކުރަން މަސައްކަތް ކުރަން ޖެހޭތީ އެ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި މިއަދު ފެންމަތިވެގެން އުޅެނީ ޒަމާނުއްސުރެ ޙައްލު ނުވެ އޮތް އޮތުން ކަމަށް ވެސް ޠަލާލް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުގައި ވައްކަމާއި، ކޮރަޕްޝަންގެ މައްސަލަތައް ހުރި އިރު، އެކަންކަން ޙައްލު ކުރުމަށް ފިޔަވަޅުތަކެއް އެޅިފައެއް ނެތެވެ. ނަމަވެސް، މި ފަހުން ވަނީ ބައެއް އެސޯސިއޭޝަންތަކުގައި ހުރި މައްސަލަތައް ބަަލައި، އެކަންކަން ޙައްލު ކުރުމުގެ މަސައްކަތް ސްޕޯޓްސް ކޮމިޝަނުން ފަށައިފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2017

ފިނި މޫސުމުގެ އޮލިމްޕިކްސްއިން ރަޝިއާ ސަސްޕެންޑްކުރީ ސިޔާސީ މަންފާއެއް ހޯދުމަށް: ޕޫޓިން

07 ޑިސެމްބަރު 2017
ފިނި މޫސުމުގެ އޮލިމްޕިކްސްއިން ރަޝިއާ ސަސްޕެންޑްކުރީ ސިޔާސީ މަންފާއެއް ހޯދުމަށް: ޕޫޓިން
18 ނޮވެމްބަރު 2017

ފުޓްބޯޅަ ކުރިއަރުވަން ބޭނުންވާނަމަ ސިޔާސީ ފިކުރު ދޫކޮށްލަން ޖެހޭ: މަހުލޫފު

18 ނޮވެމްބަރު 2017
ފުޓްބޯޅަ ކުރިއަރުވަން ބޭނުންވާނަމަ ސިޔާސީ ފިކުރު ދޫކޮށްލަން ޖެހޭ: މަހުލޫފު
08 ނޮވެމްބަރު 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިރާގުން ކުޅިވަރު ފެސްޓިވަލެއް ބާއްވައިފި

08 ނޮވެމްބަރު 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިރާގުން ކުޅިވަރު ފެސްޓިވަލެއް ބާއްވައިފި
22 ޖުލައި 2017

ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

22 ޖުލައި 2017
ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި
05 ޖޫން 2017

ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި

05 ޖޫން 2017
ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި
22 މެއި 2017

ނެޓްބޯޅައިގެ ފޯރިގަދަ، ބަޔަކު އުޅެނީ މި ކުޅިވަރު ހަލާކުކޮށްލަން: ޝާޒް

22 މެއި 2017
ނެޓްބޯޅައިގެ ފޯރިގަދަ، ބަޔަކު އުޅެނީ މި ކުޅިވަރު ހަލާކުކޮށްލަން: ޝާޒް
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި
12 މާރިޗު 2017

މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

12 މާރިޗު 2017
މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު
12 މާރިޗު 2017

ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި

12 މާރިޗު 2017
ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި
03 ފެބުރުއަރީ 2017

ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި

03 ފެބުރުއަރީ 2017
ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް