Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސުކޫކުގެ އަގުވެއްޓުން

ރާއްޖޭގެ ސުކޫކުގެ އަގު ދަށްވީ މި ސަރުކާރުގެ ނާގާބިލްކަމާއި ދޯހަޅި ސިޔާސަތުގެ ސަބަބުން - ނާޒިލް

ސުކޫކުގެ އަގުގެ މިންގަނޑު ކަނޑައަޅަނީ އިގްތިސާދުގެ ދުޅަހެޔޮކަމާއި ގެންގުޅޭ ގޮތަކާއެކީގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2024 | އަންގާރަ 14:44
އެމްޑީޕީގެ ހަބަރު ބެރު ޕެނަލް ޑިސްކަޝަންގެ ތެރެއިން

އެމްޑީޕީގެ ހަބަރު ބެރު ޕެނަލް ޑިސްކަޝަންގެ ތެރެއިން

ރާއްޖޭގެ ސުކޫކުގެ އަގު ދަށްވީ މި ސަރުކާރުގެ ނާގާބިލްކަމާއި ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަވަރުބެރު ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ ސުކޫކަކީ ދަރަނި ނެގުމުގެ އެންމެ ރައްކާތެރި ބަވަތުގެ ދަރަނިކަމަށް މުޅި ދުނިޔޭގެ ހުރިހާ ހިސާބަކުންވެސް ގަބޫލުކުރާ ކަމަށެވެ. އަދި މިހާތަނަށް ސުކޫކެއް ނަގާފައި ދުނިޔޭގެ އެއްވެސްތަނެއްގައި އެ ޑީފޯލްޓްވެފައި ވެސް ނެތް ކަމަށެވެ. ނާޒިލް ވިދާޅުވީ މިއީ ރައްކާތެރި ގޮތުގައި ނެގޭ ދަރަންޏެއް ކަމަށެވެ. ނަމަވެސް ރާއްޖޭގައި ނެގިފައި އޮތް ސުކޫކުގެ އަގުގެ މިންގަނޑު ކަނޑައަޅަނީ އިގްތިސާދުގެ ދުޅަހެޔޮކަމާއި ގެންގުޅޭ ގޮތަކާއެކީގައި ކަމަށެވެ.

ނަމަވެސް މިފަހަކަށް އައިސް ރާއްޖޭގެ ސްކޫކުގެ އަގު ދަށަށް ގޮސްފައިވަނީ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ހާއްސަކޮށް ޑޮލަރުގެ ރިޒާވް ދަށްވުމުގެ ސަބަބުން ކަމަށެވެ. ނާޒިމް ވިދާޅުވީ މިއީ މި ސަރުކާރުގެ ނާގާބިލްކަމާއި ދޯހަޅި ސިޔާސަތުގެ ސަބަބުން ވެގެން އުޅޭ ކަމެއް ކަމަށެވެ.

ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ، އަހުމަދު ޝަރީފް ސުކޫކަކީ އެންމެ އިތުބާރު ހިފޭ ގޮތުން ނަގާ ދަރަނިކަމަށެވެ. އަދި ރާއްޖޭގެ ސުކޫކު ލިސްޓް ކުރެވިފައިވަނީ އަބޫދާބީގެ ސްޓޮކް މާކެޓުގައި ކަމަށާއި، އެ ސްޓޮކް މާކެޓުންވެސް އާންމު ފަރާތްތަކަށް ސްކޫކު ވިއްކާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްވުމާއި ގުޅިގެން ސުކޫކު ގަނެފައި ތިބި މީހުން ނުއަގުގައި ސްކޫކު ވިއްކަން ފެށި ކަމަށެވެ.

ރާއްޖެ ދަރަނިވެރި ވެދާނެ ކަމުގެ ބިރަށް ދިވެހި ރާއްޖޭގެ ސްކޫކް ބޮންޑަށް އިންވެސްޓް ކުރި ފަރާތްތަކުން ހާސްވެ، ވީ ގޮތަކުން އަވަހަށް ބޮންޑް ވިއްކާލަން އުޅޭ ފަރާތްތައް ފާއިތުވި ދެތިން ހަފްތާގައި ވަރަށް ބޮޑަށް އިތުރުވެއްޖެ ކަމަށް މަޝްހޫރު ބްލޫމްބާގް ނޫހުން ބުނެފައިވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ.

އެމެރިކާ ޑޮލަރުން މައިގަނޑު ގޮތެއްގައި މުއާމަލާތްތައް ހިނގާ ރާއްޖޭގެ ސްކޫކް ނުވަތަ އިސްލާމިކް ބޮންޑްގެ އަގު ވަނީ މިދިޔަ ހަފްތާގައި ޑޮލަރަކަށް 70 ސެންޓަށްވުރެ ދަށަށް ގޮސްފައެވެ. މިއީ މިހާތަނަށް ރެކޯޑު މިންވަރަކަށް ދަށް އަގެއް ކަމަށް ބްލޫމްބާގް އިން ބުނެއެވެ.

ބޮންޑުގެ އަގު މި މަހުގެ ތެރޭގައި ވެއްޓިފައިވާ މިންވަރަށް ބަލާއިރު، ބްލޫމްބާގް އިން ބުނެފައިވަނީ ރާއްޖޭގެ ސްކޫކް ވެފައިވަނީ "ބްލޫމްބާގް އީ.އެމް ސޮވްރިން ޓޯޓަލް ރިޓާން އިންޑެކްސްގައި" އެންމެ ދަށްކޮށް ޕާފޯމް ކުރާ ބޮންޑް ކަމުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު