Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގެ ތައުލީމީ އައު އަހަރު ހޯމަ ދުވަހު ފެށޭއިރު، 630،000 ދަރިވަރުންނަށް ކިޔަވަން ދެވޭނެ ގޮތެއް ނެތިފައި

ތައުލީމީ ވަސީލަތްތަކާއި މުޅި ނިޒާމު ފުނޑުފުނޑުވެ އެތައް ލައްކަ ދަރިވަރުން ކިޔަވަން ނުގޮސް ތިބެން މަޖުބޫރުވެފައިވާތާ މިއީ ދެވަނަ އަހަރެވެ.

ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2024 | ހޯމަ 03:33
ޖަބާލިއާ ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން ހަމަލާއަށް ފަހު ސަލާމަތްވި މީހުން ހޯދަނީ (ފައިލް ފޮޓޯ)

ޖަބާލިއާ ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން ހަމަލާއަށް ފަހު ސަލާމަތްވި މީހުން ހޯދަނީ (ފައިލް ފޮޓޯ)

ޣައްޒާ ގައި ތައުލީމީ އައު އަހަރުގެ ކިޔެވުން ފަށާ ތަރީޚުގެ ގޮތުގައި ސެޕްޓެމްބަރު 9 ވާ ހޯމަ ދުވަސް ކަނޑައަޅާފައި ވީނަމަވެސް 630،000 ށް ވުރެ ގިނަ ދަރިވަރުންނަށް ސްކޫލަށް އެނބުރި ދެވެނޭ ގޮތެއް ނެތް ކަމަށް އޮފިޝަލުން ހާމަ ކޮށްފިއެވެ.

އިޒްރޭލުން ޣައްޒާ އަށް އަރާ ހިންގަމުންދާ ހަނގުރާމައިގައި ޣައްޒާގެ ތައުލީމީ ވަސީލަތްތަކާއި މުޅި ނިޒާމު ފުނޑުފުނޑުވެ ދަރިވަރުން ކިޔަވަން ނުގޮސް ތިބެން މަޖުބޫރުވެފައިވާތާ މިއީ ދެވަނަ އަހަރެވެ.

ހޯމަ ދުވަހު ޣައްޒާ ސްޓްރިޕްގެ ބުރެއިޖް ރެފިއުޖީ ކޭމްޕްގެ ގެޔަކަށް ހަމަލާދީ ހަތަރު މީހުން ޝަހީދު ކޮށްލައިފި ކަމަށް އަލް ޖަޒީރާ އިން ބުނެފިއެވެ.

އާދިއްތަ ދުވަހު ފަލަސްތީނުގެ ސިވިލް ޑިފެންސްއިން ބުނެފައިވަނީ، ޣައްޒާގެ މެދުތެރޭގައި ހުންނަ ނުސައިރަތު ރެފިއުޖީ ކޭމްޕުގައި ހުރި ގެއަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއަކާ ގުޅިގެން ޝަހީދުވި 3 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގައެވެ. ސިއްހީ އޮފިޝަލުންނަށް ހަވާލާދީ ވަފާ ނިއުސް އޭޖެންސީން ބުނެފައިވަނީ މަދުވެގެން 7 މީހަކަށް މި ހަމަލާގައި އަނިޔާވެފައިވާ ކަމަށެވެ. އާދީއްތަ ދުވަހުގެ ހަވީރު، ޣައްޒާ ސިޓީގެ ތުއްފާހު ސަރަހައްދަށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ ކުޑަކުއްޖަކު ޝަހީދުވެފައިވެއެވެ.

ހުއްޓުމެއްނެތި ބޮން އަޅަމުން ދިޔުމުގެ ސަބަބުން ޣައްޒާގެ މެދުތެރޭ އަދި ދެކުނުގެ ސަރަހައްދުތަކުން އިންޓަނެޓްގެ ޚިދުމަތް ކެނޑިފައިވާ ކަމަށް ޚިދުމަތް ފޯރުކޮށްދޭ ޕެލްޓެލް އާ ހަވާލާދީ ވަފާ ނިއުސް އޭޖެންސީން ބުނެފައިވެއެވެ.

އަނެއަކޮޅުން، އުރުދުން އާއި ހުޅަނގު އައްސޭރި އާ ގުޅުވާލަދޭ ކިންގް ހުސެއިން ބްރިޖް ބަންދުކޮށްފައި އޮތުމަށްފަހު ހޯމަ ދުވަހު ހެދުނު އަލުން ހުޅުވޭނެ ކަމަށް އަލްޖަޒީރާ އިން ބުނެފިއެވެ. މި ބްރިޖް ބަންދުކުރީ ޖޯޑްންގެ ރައްޔިތަކު ބަޑިން ހަމަލާދީ އެ ސަރަހައްދު ބަލަހައްޓަން ތިބި އިޒްރޭލުގެ 3 ގާޑުން މަރާލުމާ ގުޅިގެންނެވެ.

  އިޒްރޭލުން ޣައްޒާއަށް ދޭ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 40،972 ށް ވަނީ އަރާފައެވެ. އަދި ހަމަލާތަކުގައި 94،761 މީހުން ވަނީ ޒަޚަމްވެފައިވެއެވެ.

އިތުރަށް ކިޔާލަން

08 އެޕްރީލު 2017

މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

08 އެޕްރީލު 2017
މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
03 މާރިޗު 2017

ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި

03 މާރިޗު 2017
 ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި
27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
27 ފެބުރުއަރީ 2017

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
17 ޖެނުއަރީ 2017

ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ

17 ޖެނުއަރީ 2017
ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ
14 ޖެނުއަރީ 2017

ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ

14 ޖެނުއަރީ 2017
ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު