Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކާވާ ވިމަންސް ޗެލެންޖު

ކިރްގިސްތާން އަތުން ބަލިވެ، ދެ ވަނައިގައި ރާއްޖެ ސެމީ ފައިނަލަށް

9 ސެޕްޓެމްބަރު 2024 | ހޯމަ 03:41

ލީގު ބުރުގެ ދެ ވަނައިގައި ރާއްޖެ އިން ސެމީ ފައިނަލްގައި ނިކުންނާނީ، ތިން ވަނަ އަށް ދިޔަ ތަޖަކިސްތާނާ ދެކޮޅަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ސެޕްޓެމްބަރު 2024 | ހޯމަ 03:41
ރާއްޖެ އިން ކިރްގިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

ރާއްޖެ އިން ކިރްގިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

ރާއްޖޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އަންހެން ވޮލީ ބޯޅަ ޗެލެންޖު ކަޕްގައި ރާއްޖެ އިން ކުޅުނު ތިން ވަނަ މެޗުގައި ކިރްގިސްތާން އަތުން ބަލިވެއްޖެ އެވެ.

ޒުވާނުންގެ މަޒުކަޒުގެ އެތެރޭ ކޯޓުގަައި އާދިއްތަ ދުވަހުގެ ރޭ ކިރްގިސްތާނާ ދެކޮޅަށް ނިކުތްއިރު، ރާއްޖެ ވަނީ މުބާރާތުގެ ލީގު ބުރުގައި ކުޅުނު ފުރަތަމަ ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ކިރްގިސްތާން ވެސް ވަނީ ލީގު ބުރުގައި ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބު ކޮށްފަ އެވެ. އެހެންކަމުން ލީގު ބުރުގެ އެއް ވަނައިގައި ސެމީ ފައިނަލްގެ ފުރުސަތު ލިބެން އޮތީ، އެ މެޗުން މޮޅުވާ ޓީމަކަށެވެ. ރާއްޖޭގެ މައްޗަށް ކިރްގިސްތާނުން ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ކިރްގިސްތާނުން ކާމިޔާބު ކުރީ 31-29 އިންނެވެ. ވާދަވެރި ކުޅުމެއް ފެނުނު ފުރަތަމަ ސެޓު ނިންމަން ރާއްޖެ އަށް ފުރުސަތު ވެސް ލިބުނެވެ. އެހެން ނަމަވެސް، ރާއްޖެ އަށް ސެޓު ނިންމަން ލިބުނު ފުރުސަތުގެ ބޭނުމެއް ނުކުރެވުނެވެ. ދެ ވަނަ ސެޓު ކިރްގިސްތާނުން ކާމިޔާބު ކުރީ 25-16 އިންނެވެ. ނަމަވެސް، ތިން ވަނަ ސެޓުގައި އަނެއްކާ ވެސް ރާއްޖެ އިން ކުޅުން ރަނގަޅުކޮށް، މި ސެޓުގައި ރަނގަޅު ވާދައެއް ކުރި އެވެ. ނަމަވެސް ފަހު ވަގުތު ލިބުނު ފުރުސަތުގެ ބޭނުން ހިފައި، ކިރްގިސްތާނުން ތިން ވަނަ ސެޓު ކާމިޔާބު ކުރީ 25-23 އިންނެވެ.

ލީގު ބުރުގެ ކުޅުން ނިމި، ދެން އޮންނާނީ ސެމީ ފައިނަލްގެ މެޗުތަކެވެ. ލީގު ބުރުގެ އެއް ވަނަ ހޯދި ކިރްގިސްތާން، ސެމީ ފައިނަލްގައި ނިކުންނާނީ ލީގު ބުރުގެ ފުލަށް ދިޔަ އަފްޣާނިސްތާނާ ދެކޮޅަށެވެ. ލީގު ބުރުގެ ދެ ވަނައިގައި ރާއްޖެ އިން ސެމީ ފައިނަލްގައި ނިކުންނާނީ، ތިން ވަނަ އަށް ދިޔަ ތަޖަކިސްތާނާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް