Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިސަރުކާރު ސައިޒް ކުރުން

އަބްދުއްރަހީމް ދެއްވާ އިރުޝާދުގެ ދަށުން މި ސަރުކާރު ސައިޒް ކުރާނަން: މޫކޭ

މި ސަރުކާރުގެ ބޭފުޅުން ދައްކަވަނީ ހުސް ވާހަކަ، ލާ ހިފޭ، ފެން ހިފޭ އެއްވެސް ކަމެއް ނުކުރައްވާ

އަމްނާ އިމާދު
އަމްނާ އިމާދު | 6 ސެޕްޓެމްބަރު 2024 | ހުކުރު 05:59
އެމްޑީޕީ ހަރުގެ ޖަލްސާގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލީ މަނިކު ވާހަކަދައްކަވަނީ

އެމްޑީޕީ ހަރުގެ ޖަލްސާގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލީ މަނިކު ވާހަކަދައްކަވަނީ

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ ދެއްވާ އިރުޝާދުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރު ސައިޒް ކުރާނެ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ހަރުގެ ޖަލްސާގައި މޫކޭ ވިދާޅުވީ މި ސަރުކާރުގެ ބޭފުޅުން ދައްކަވަނީ ހުސް ވާހަކަ ކަމަށާއި، ލާ ހިފޭ، ފެން ހިފޭ އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

މޫކޭ ވިދާޅުވީ މި ވެރިކަމުގައި ގައުމު ކުރިއަށްދަނީ އެކޮޅުކޮޅުން ކަމަށާއި، ރައްޔިތުންގެ ވިންދާ އިދިކޮޅަށް ކަމަށެވެ. ތަރައްގީގެ އެއްވެސް މަޝްރޫއު ކުރިއަށް ނުގެންދާ ކަމަށާއި، ރާއްޖެ ހުއްޓިފައިވާ ކަމަށް މޫކޭ ވިދާޅުވިއެވެ. އަދި ވިދާޅުވީ ގައުމު ރަނގަޅު މިސްރާބަށް ގެންދިއުމަށް މިސަރުކާރުގެ ރަނގަޅު ވިސްނުމެއް، ރޭވުންތެރިކަމެއް ނެތް ކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ދެއްކެވި ވާހަކަފުޅުތަކާއެކު މިހާރު ހުންނެވީ ފިތިފައިކަން ފާހަގަކުރައްވައި މޫކޭ ވިދާޅުވީ މިވެރިކަމާ ގުޅޭގޮތުން ރައީސް މުއިއްޒުގެ އެންމެ އަރިސް އެއްބޭފުޅާ، އަބްދުއްރަހީމް ވަރަށް ގިނަ ލަފާއާއި އިރުޝާދު ދެއްވާ ކަމަށެވެ. އަދި އަބްދުއްރަހީމްގެ އިރުޝާދުގެ ދަށުން މިސަރުކާރު ސައިޒް ކުރާނެ ކަމަށާއި، އެމަސައްކަތްތައް ކުރަމުންދާ ކަމަށް މޫކޭ ވިދާޅުވިއެވެ.

މޫކޭ ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރަނީ ރައްޔިތުންނާ ގައުމުގެ ކުރިމަގަށް ބެލުމަށްފަހު ކަމަށެވެ.

މޫކޭ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި އިންޑިއާ ސިފައިންނާ ގުޅޭގޮތުން އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ވިއްކާލި ކަމަށް ތުހުމަތުކޮށް، ރައްޔިތުން ބިރު ގަންނަ މިންވަރަށް ރައީސް މުއިއްޒު ސަރުކާރުގެ ބޭފުޅުން ދޮގު ހަދާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިއަދު އެބޭފުޅުންނަށް އެދޮގު ތަކުން ނުނެއްޓެވޭ ކަމަށާއި، އަދިވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު