Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމީން އަވަހާރަކޮށްލަން ރޭވުން

ރައީސް ޔާމީން އަމިއްލަ އަށް ދަންޖެހި މަރުވީ ކަމަށް ދައްކައިދިނުމުން ޑރ. މުއިއްޒު އަށާއި އަބްދުއްރަހީމަށް މިލިއަނުން ފައިސާ ހުށަހެޅި

2 ސެޕްޓެމްބަރު 2024 | ހޯމަ 18:37

މޯލްޑިވްސް ޕޮލިސް ސަރވިސް އިން 2018 ވަނަ އަހަރު ސޮއިކޮށް ނެރެފައިވާ ރިޕޯޓްގައި މިވާހަކަ އޮތް ކަމަށް ހުސެއިން ވިދާޅުވި

އާމިނަތު ރީޝާ
އާމިނަތު ރީޝާ | 2 ސެޕްޓެމްބަރު 2024 | ހޯމަ 18:37
ރައީސް އަބްދުﷲ ޔާމީން ކޯޓު އަޑު އެހުމެއްގައި

ރައީސް އަބްދުﷲ ޔާމީން ކޯޓު އަޑު އެހުމެއްގައި

ރައީސް ޔާމީން އަމިއްލަ އަށް ދަންޖެހި މަރުވީ ކަމަށް ދޭހަވާގޮތަށް ދައްކައިދިނުމުން މުއިއްޒު އަށާއި އަބްދުއްރަހީމަށް މިލިއަނުން ފައިސާ ހުށަހެޅި ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ހާމަ ކުރައްވައިފިއެވެ.

ޕީއެންއެފް ޖަލްސާގައި ހޯމަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ހުސެއިން ވަހީދު ވިދާޅުވީ، މިއަދު ފެނިގެން މިދަނީ ބަދަލު ހިފުމުގެ ރޫހެއް ކަމަށާއި ބަދަލު ހިފުމުގެ ރޫހެއް ނެތް ނަމަ 2016 ވަނަ އަހަރު ހިނގައިދިޔަ ކަންތައްތަކުގެ ތެެރޭގައި ޑރ މުއިއްޒާއި އަބްދުއްރަޙީމާއި މި ދެބޭފުޅުން ހިމެނޭ ވާހަކަ ފުލުހުންގެ ތަހުގީގު ރިޕޯޓުން ނުފެނުނީސް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

"މީގެން މި ބުނަނީ ކީކޭތޯ؟ މީގައި މި ބުނަނީ ޤާނޫނާ ޚިލާފް، ޤަވައިދާ ޚިލާފް ކޯޓު އަމުރެއް ނެރެ، އެ ކޯޓު އަމުރުގެ އެހީގައި ރައީސް ޔާމީން ހިފާ ހައްޔަރުކޮށްގެން ދޫނިދޫގެ ގޮޅިއަކަށް ގެންގޮސް އެބޭފުޅާ ކޮންމެވެސް ގޮތަކަށް މަރާލާފަ ބަޔަކު މީހުން ވެގެން ކަރަށް މަޅިއެއް ފައްތާ ތަނެއްގަ މިހެން އައްސާފަ ބަހައްޓާފަ ދަންޖެހިފަ ހުރި ކަމެއް ނުވަތަ ދަންޖައްސާފަ ހުރި މީހެއްގެ ސިފަ ދައްކާފަ އެހާހިސާބުން އަމިއްލަ އަށް ދަންޖެހި މަރުވީ ކަމަށް ދޭހަވާގޮތަށް ކަންކަން ބަދަލުކުރާނީއޭ،" ހުސެއިން ވަހީދު ވިދާޅުވިއެވެ.

ހުސެއިން ވަހީދު ވިދާޅުވީ އޭނާ އިޝާރާތް ކުރެއްވި ރިޕޯޓަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން 2018 ވަނަ އަހަރު ސޮއިކޮށް އެތާނގެ އެކްޓިންގ ކޮމިޝަނަރ ނަވާޒް ސޮއި ކުރައްވާ ރިލީޒްކޮށްފައިވާ ތަހުޤީޤް ރިޕޯޓެއްގަ ލިޔެފަ ހުރި ވާހަކަތައް ކަމުގައެވެ.

ހުސެއިން ވިދާޅުވީ، މި ރިޕޯޓުގައި މިކަން ކޮށް ނިމުނީމާ އަބްދުއްރަހީމަށާއި ޑރ. މުއިއްޒަށް އެތައް މިލިއަން ރުފިޔާއެއް ލިބޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ފައިސާ ހުށަހެޅި ފަރާތާއި ފައިސާ ލިބޭ ގޮތުގެ ތަފްސީލެއް ހުސެއިން ވަހީދު ހާމައެއް ނުކުރައްވައެވެ.

"އެހެންވީމަ ސުވާލަކީ 2014 ވަނައަހަރުން ފެށިގެން 2016 ވަނަ އަހަރުން ފެށިގެން ހިތުތެރޭގަ ނަފްރަތުތަކެއް އެބަހުއްޓޭ ވަކި ބޭފުޅަކާ ދޭތެރޭގަ،" ހުސެއިން ވަހީދު ވިދާޅުވިއެވެ.

މާމިގިލީ ކޯޓުން އަމުރެއް ނެރެ ޔާމީން ހައްޔަރުކުރަން އުޅުނު ކަމަށް ބުނެ މެޖިސްޓްރޭޓް ނިހާނާއި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ، ޔާމީންގެ ވެރިކަމުގައި އުފުލި އެވެ. އަދި އެ ދެ މީހުން 17 އަހަރަށް ޖަލަށް ލުމަށް 2016 ވަނަ އަހަރު ހުކުމް ވެސް ކުރި އެވެ. ނަމަވެސް މުހުތާޒު އާއި ނިހާނުގެ މައްޗަށް އިއްވި ހުކުމް، ފަހުން ހައި ކޯޓުން ބާތިލު ކުރުމުން އެ ދެ މީހުން މިނިވަންވި އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް