Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ހަތް ލަނޑުގެ ބޮޑު މޮޅާއެކު، ބާސެލޯނާގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް

އައު ކޯޗު ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބާސެލޯނާ އެއް ވަނައިގައި އޮތީ ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓު ހޯދައިގެންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 އޯގަސްޓު 2024 | ހޮނިހިރު 19:16
މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ސްޕެނިޝް ލީގުގައި ރެއާލް ވަޔަޑޮލިޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބާސެލޯނާގެ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ވަޔަޑޮލިޑާ ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 7-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ތިން ލަނޑު ޖެހިއިރު، އަނެއް ހަތަރު ލަނޑު ޖެހީ ފަހު ހާފުގަ އެވެ.

މެޗު ފަށައިގެން 20 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ރަފީނިއާ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޕައު ސުބާސީ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ބާސެލޯނާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ޕޮޮލެންޑުގެ ރޮބާޓް ލެވަންޑޯސްކީ އެވެ. އޭނާ އެ ލަނޑު ޖެހީ ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބާސެލޯނާގެ ތިން ވަނަ ލަނޑު ޖެހީ ޖޫލްސް ކޫންޑޭ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ބާސެލޯނާގެ ހަތަރު ވަނަ ލަނޑު ޖެހީ ރަފީނިއާ އެވެ. މެޗުގެ 64 ވަނަ މިނެޓުގައި ރަފީނިއާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ލެވަންޑޯސްކީ އެވެ. އޭގެ ފަހުން 72 ވަނަ މިނެޓުގައި ރަފީނިއާ ވަނީ އޭނާގެ ތިން ވަނަ ލަނޑު ޖަހައި ހެޓްރިކް ހަމަކޮށް، ބާސެލޯނާގެ ލީޑު ފަސް ލަނޑަށް ފުޅާ ކޮށްފަ އެވެ. އެ ލަނޑު އޭނާ ޖެހީ ޔަމާލް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގެ 83 ވަނަ މިނެޓުގައި ބާސެލޯނާގެ ހަ ވަނަ ލަނޑު ޖެހީ ސްޕެއިންގެ ޑެނީ އޮލްމޯ އެވެ. މެޗުގައި ބާސެލޯނާގެ ހަތް ވަނަ ލަނޑު ފެރާން ޓޮރޭސް ޖެހީ 85 ވަނަ މިނެޓުގަ އެވެ.

މިއީ އައު ސީޒަންގެ ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ކުޅުނު ހަތަރު ވަނަ މެޗެވެ. އައު ކޯޗު ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބާސެލޯނާ އެއް ވަނައިގައި އޮތީ ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓު ހޯދައިގެންނެވެ.

ސްޕެނިޝް ލީގުބާސެލޯނާރެއާލް ވަލޮޑޮލިޑް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު