Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީއެންސީގެ ޑްރާމާ

ޕީއެންސީ ހަރުގެ ޖަލްސާއިން ފެނިގެން ދިޔައީ ފާޑެއްގެ ޑްރާމާއެއް ކުޅުނުތަން، އާސަންދަ ކަނޑާފަވެސް އެ ޑްރާމާ ކުޅޭނެ - ދީދީ

ކާޑު ލިމިޓް ކުރިން އޮތްގޮތަށް ރުޖޫއުކުރުމަކީ ރައީސްގެ ހެޔޮފުޅުކަންކަމަށް ދެއްކުމަކީ ސީދާ އޮޅުވާލުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 އޯގަސްޓު 2024 | ބުދަ 02:51
އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް ދީދީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ

އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް ދީދީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ޕީއެންސީގެ ހަރުގެ ޖަލްސާއިން ފެނިގެންދިޔައީ ފާޑެއްގެ ޑްރާމާއެއް ކުޅުއްވިތަން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ދީދީ ވިދާޅުވީ ހަރުގެ ޖަލްސާ ބާއްވަން މުޅި ހިސާބުގަނޑަށް މީހުން އެއްކުރަން ވެގެން މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާ މީހުން ގެނައުމަށް މަޖުބޫރުކުރި ކަމަށާއި، ޖަލްސާއަށް ނާންނަ މުވައްޒަފުންނާ މެދު ފިޔަވަޅުއަޅާނެކަމަށް ބުނެ ބިރުދައްކާފައިވާ ކަމަށެވެ. ދީދީ ވިދާޅުވީ އެތަނުން ފެނިގެން ދިޔައީ ފާޑެއްގެ ޑްރާމާއެއް ކުޅުނު މަންޒަރު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހެޔޮފުޅުކަމުން ކާޑު ލިމިޓް ކުރިންވެސް އޮތްގޮތަށް ރުޖޫއަކުރިކަމަށް ދެއްކުމަށް މަސައްކަތް ކުރި ކަމަށާއި، އެއީ ސީދާ ރައްޔިތުންނަށް އޮޅުވާލަން ވެގެން ކުރިކަމެއް ކަމަށް ދީދީ ވިދާޅުވިއެވެ.

ދީދީ ވިދާޅުވީ މަޖިލިސް ތެރެއިން ދެކެވެމުން އަންނަ ވާހަކައަކީ އާސަންދައަކީ އެންމެނަށް ދޭންޖެހޭ އެއްޗެއް ނޫންކަމުގެ ވާހަކަ ކަމަށާއި، އާސަންދައާއި ކާޑުގެ ސަބްސިޑީވެސް ދޭންޖެހޭނީ ހައްގުވެރި ފަރާތަށް ކަމަށެވެ. އެހެންކަމުން އާސަންދަ ކަނޑާލުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭއިރު، އެންސްޕާއިން އާސަންދަ އުވާލަން އިއުލާން ކުރުމުން ރައްޔިތުންނަށް އިންތިހާއަށް ކަންބޮޑުވެ އެވާހަކަ ދައްކާނެ ކަމަށެވެ.

އަދި މިއާއެކު އަނެއްކާވެސް ސަރުކާރުން ޑްރާމާއެއް ކުޅުއްވާނެ ކަމަށާއި، ކުއްލިއަކަށް އެއީ ރައީސްގެ ސިޔާސަތެއް ނޫންކަމަށް ބުނެ ސަރުކާރުން އެވާހަކަ ދައްކާނެ ކަމަށެވެ.

ދީދީ ވިދާޅުވީ މި ސަރުކާރުން ކުރާ ކަންކަން ސިފަވަނީ ތާކުންތާކު ނުޖެހޭ ބޮޑު ޖޯކެއްގެ ގޮތުގައި ކަމަށެވެ. ދެރައީ ރާއްޖޭގެ މާލީ ކަންކަން މެނޭޖްނުކުރެވުމުގެ ސަބަބުން ފައިނޭންޝިއަލް އިންސްޓިޓިއުޝަނުންނާއި ބޭންކްތަކުން ކަންބޮޑުވުން އޮއްވާ ގައުމީ ބޭންކުގެ އަގުވައްޓާލުމުގެ ސަބަބުން ރައްޔިތުންނާއި ބޭންކަަށް އޮތް މާލީ ލޮޅުންތައް އައުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާޙިމް ދީދީމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު