Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ސިޓީ އާއެކު ގުންޑޮގާން ސޮއި ކުރީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި

ބާސެލޯނާ ދޫކޮށް ގުންޑޮގާން އަލުން ސިޓީ އަށް ބަދަލުވާން ބޭނުންވީއިރު، ސިޓީން ވެސް އޮތީ އެކަމަށް އެއްބަސްވެގެންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 އޯގަސްޓު 2024 | ހޮނިހިރު 07:14
ސިޓީގެ އެއްބަސްވުމުގައި ގުންޑޮގާން ސޮއި ކުރަނީ

ސިޓީގެ އެއްބަސްވުމުގައި ގުންޑޮގާން ސޮއި ކުރަނީ

މެންޗެސްޓަރ ސިޓީގެ ކުރީގެ ކެޕްޓަން އިލްކާއީ ގުންޑޮގާން، އަލުން އެ ކުލަބަށް ސޮއި ކޮށްފި އެވެ.

ސިޓީ އާއެކު ސޮއި ކޮށްފައިވާ އެއްބަސްވުން ހަމަވުމުން، އުމުރުން 33 އަހަރުގެ ކުޅުންތެރިޔާާ ބާސެލޯނާ އަށް ބަދަލުވީ މިދިޔަ އަހަރު އެވެ. ބާސެލޯނާ އާއެކު ގުންޑޮގާން ސޮއި ކޮށްފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވައި، ބާސެލޯނާ އިން ބޭނުން ވަނީ ގުންޑޮގާން ދޫކޮށްލަން ކަމަށާއި، އޭނާ ވެސް ހުރީ އެހެން ކުލަބަކަށް ބަދަލުވާން ބޭނުންވެފަ އެވެ.

ބާސެލޯނާ ދޫކޮށް ގުންޑޮގާން އަލުން ސިޓީ އަށް ބަދަލުވާން ބޭނުންވީއިރު، ސިޓީން ވެސް އޮތީ އެކަމަށް އެއްބަސްވެގެންނެވެ. ގުންޑޮގާން އަލުން ސިޓީ އަށް ބަދަލުވެފައިވާއިރު، އެ ކުލަބާ އެކު އޭނާ ސޮއި ކުރީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، އިތުރު އެއް އަހަރަށް އެއްބަސްވުން އައު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

ދެ ވަނަ ފަހަރަށް ސިޓީ އަށް ބަދަލުވުމަށްފަހު ވާހަކަ ދައްކަމުން ގުންޑޮގާން ބުނީ، އަލުން އެނބުރި އޭނާގެ ގެއަށް އާދެވުމުން އުފާވާ ކަމަށެވެ. މީގެ ކުރިން ވެސް ސިޓީ އާއެކު ކާމިޔާބީތަކެއް ހޯދާފައިވާ ގުންޑޮގާން ބުނީ، ސިޓީ އަކީ ދުނިޔޭގައި އޮތް އެންމެ މޮޅު ކުލަބު ކަމަށެވެ.

މީގެ ކުރިން ސިޓީ ގައި ގުންޑޮގާން ހަތް ސީޒަން ހޭދަކޮށްފައިވާއިރު، އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 304 މެޗުގައި 60 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ 14 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. ސިޓީގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ގުންޑޮގާން ވަނީ ބާސެލޯނާ އަށް ބަދަލުވެ އެ ކުލަބަށް ކުޅެދިން 51 މެޗުގައި ފަސް ލަނޑު ޖަހައިފަ އެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު