Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން - އިޒްރޭލް ހަނގުރާމަ

އިޒްރޭލުން ޚާން ޔޫނިސް އާއި ދާރުލް ބަލާހް ގައި 12 ފަލަސްތީން މީހުން ޝަހީދު ކޮށްލައިފި

ދާރުލް ބަލާހްގެ އިރުމަތީ ސަރަޙައްދުތަކުގައި ހަމާސްގެ ހަނގުރާމަވެރިން ގެންދަނީ އިޒްރޭލުގެ ބާރުތަކާ ކުރިމަތިލާ ރައްދު ހަމަލާ ދެމުން ކަމަށް ޚަބަރުތައް ބުނެއެވެ.

ރާއްޖެ އެމްވީ | 23 އޯގަސްޓު 2024 | ހުކުރު 10:44
ޣައްޒާގެ ދާރުލް ބަލާހް އިން ފަލަސްތީން މީހުން އެތަން ހުސްކޮށް ދަނީ

ޣައްޒާގެ ދާރުލް ބަލާހް އިން ފަލަސްތީން މީހުން އެތަން ހުސްކޮށް ދަނީ

އިޒްރޭލުން ހުކުރު ދުވަހު ހެދުނު ހަމަލާދީ ޚާން ޔޫނިސް އާއި ދާރުލް ބަލާހް ގައި 12 ފަލަސްތީން މީހުން ޝަހީދު ކޮށްލައިފިއެވެ.

ހުކުރު ދުވަހު ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދު ކޮށްލިއިރު ޚާން ޔޫނިސްއާއި ދާރުލް-ބަލާހުގައި އިޒްރޭލުން ހިންގާ އަނިޔާވެރި އަމަލުތައް ގެންދަނީ ފުޅާ ކުރަމުންނެވެ.

އިޒްރޭލު ސިފައިން ދާރުލް ބަލާހް ސިޓީއަށް ވަނީ ވަދެގަނެފައެވެ. އިޒްރޭލު ސިފައިންގެ ހަރަކާތްތް އިރުމަތީ ސަރަޙައްދުގައި ވަރުގަދަ ކޮށްފައިވާ އިރު އެ ސިޓީގައި ދިރިއުޅޭ ފަލަސްތީނުގެ އާއިލާތައް ވަނީ ހުޅަނގު ފަރާތުގައި ބަންދުވެ ތާށިވެފައި ކަމަށް އަލް ޖަޒީރާ އިން ރިޕޯޓް ކޮށްފައި ވެއެވެ.

އެ ސަހަރަހައްދުގެ މީހުންނާ ހަވާލާދީ އަލް ޖަޒީރާ އިން ބުނެފައިވަނީ ހުކުރު ވިލޭރެއާ ހުކުރު ދުވަހުގެ ހެނދުނު އެތައް ފަހަރެއްގެ މަތިން އެ ސިޓީ އަށް އިޒްރޭލް ސިފައިން ބޮން އަޅާފައިވާ ކަމަށެވެ. ހުއްޓުމެއް ނެތި ބާރު ގޮވުންތަކުގެ އަޑު އިވެމުންދާ ކަމަށް އެމީހުން ބުނެފައިވެއެވެ. ކޮންމެ ގަޑިއިރަކު އިޒްރޭލުގެ ޑްރޯންތަކުގެ އަޑު އިވެމުންދާ ކަމަށްވެސް ބުނެއެވެ. އެ ސިޓީގެ އިރުމަތީ ސަރަޙައްދުތަކުގައި ހަމާސްގެ ހަނގުރާމަވެރިން ގެންދަނީ އިޒްރޭލުގެ ބާރުތަކާ ކުރިމަތިލާ ރައްދު ހަމަލާ ދެމުން ކަމަށް ޚަބަރުތައް ބުނެއެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އިޒްރޭލް ސިފައިން ވަނީ ޚާން ޔޫނިސް އަށް އަރާ އެ ސިޓީގައިވެސް ހަރަކާތްތެރިވާން ފަށާފައެވެ. އިޒްރޭލު ސިފައިން އެތަނުގެ 19 ބްލޮކް ހުސްކުރުމަށް އަމުރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ އަމުރާ އެކު އެތަންތަނުގެ ރައްޔިތުން މިހާރު ދަނީ ޚާން ޔޫނިސްގެ ހުޅަނގުން އޮންނަ މަވާސީއާ ކައިރިއަށް ހިޖުރަ ކުރަމުންނެވެ. އެމީހުން ބުނެފައިވަނީ ބިރުވެރި ކަމާ، ހާސްކަމާ ވަރުބަލި ކަމާ ނުތަނަވަސްކަން މުޅި ސަރަހައްދުގެ އެންމެންނަށް އިހްސާސް ކުރެވިފައިވާ ކަމަށެވެ.

އަނެއްކޮޅުން ޕޯލިއޯ ބަލި ޣައްޒާ އިން ފެނިފައިވުމާއެކު ބަލިފެތުރުން ކޮންޓްރޯލް ކުރެވޭތޯ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އާއި އދ ގެ ކަމާ ބެހޭ އިދާރާތަކުން މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ. ފަލަސްތީނު ރެފިއުޖީންނާބެހޭ އދ. ގެ އޭޖެންސީ (އަންރުވާ) އިން ބުނެފައިވަނީ މި މަހުގެ ފަހުކޮޅު ޣައްޒާގެ ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ދޭން ފަށާނެ ކަމަށެވެ.

އދ. އަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު ލިންޑާ ތޯމަސް-ގްރީންފީލްޑް ވަނީ އދ. ގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން މެދުއިރުމަތީގައި ހަމަޖެހުން ގެނައުމަށް ގޮވާލައްވާފައެވެ. އަދި ހަނގުރާމަ ހުއްޓާލުމާއި ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމުގެ އެއްބަސްވުމެއް "މިހާރު ފެންނަ ހިސާބުގައި އޮތް ކަމަށް" އޭނާ ވިދާޅުވެފައިވެއެވެ.

އޮކްޓޯބަރު 7 ގެ ފަހުން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މަދުވެގެން 40،265 މީހުން ޝަހީދުވެ، 93،144 މީހުން ވަނީ ޒަޚަމްވެފައިވެއެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
07 ޖެނުއަރީ 2017

އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި

07 ޖެނުއަރީ 2017
އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު