Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަލީލް ފްލެޓެއް ބައްލަވައިގަތުން

ހެލްތު މިނިސްޓަރު ޑރ. ހަލީލް ހުޅުމާލެއިން 3.1 މިލިއަން ރުފިޔާގެ ފްލެޓެއް ބައްލަވައިގެންފި

އެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ 18 އޮގަސްޓް 2018އިގައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 19 އޯގަސްޓު 2024 | ހޯމަ 14:31
ހެލްތް މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް

ހެލްތް މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ހުޅުމާލެއިން 3.1 މިލިއަން ރުފިޔާގެ ފްލެޓެއް ބައްލަވައިގެންފިއެވެ.

ހަލީލް ބައްލަވައިގަތީ ހުޅުމާލޭގެ އެފްޑަބްލިއު ރެސިޑެންސްގެ ފްލެޓެކެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ބައެއް މައުލޫމާތުތައް ސާފުކުރުމަށް ރާއްޖެއެމްވީން ގުޅާލުމުން މިނިސްޓަރ ވަނީ އެ ކަމުގެ މައުލޫމާތު އެކްސްގައި ހިއްސާކުރައްވާފައިވާނެ ކަަމަށް ވިދާޅުވެފައެވެ.

ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އެފް ޑަބްލިއު ކޮންސްޓްރަކްޝަން އިން ބިނާ ކުރި ފްލެޓަށް ފައިސާ ދައްކަވަން ފެއްޓެވީ 2018އިގައި ކަމަށެވެ. އަދި އެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ 18 އޮގަސްޓް 2018އިގައި ކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި ފްލެޓް ބައްލަވައިގަތުމަށް ބޭނުންވާ އިތުރު ޚަރަދުކޮށްފައި ވަނީ ބީއެމްއެލް އިސްލާމިކް ބޭންކްގެ ލުއި ލޯނަކުން ކަމަށް ވެސް ހަލީލް ވަނީ ފާހަގަކުރައްވާފައެވެ. އެ ލޯނުގެ ފައިސާގެ ތެރެއިން މިއަދާއި ހަމައަށް ނުދައްކާ ވަނީ 1401892.90 ރުފިޔާ ކަމަށް ޚަލީލް ވިދާޅުވިއެވެ.

އެ ފްލެޓް ހަލީލްގެ ނަމަށް ބަދަލުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ސިވިލްކޯޓަށް ހުށަހަޅާފައެވެ. އަދި މި ހިނގާ ޖުލައި މަހުގެ ހަތް ވަނަ ދުވަހު ސިވިލް ކޯޓުން ވަނީ 1،235 އަކަފޫޓްގެ އެ ފްލެޓްގެ އަގު ހަލީލް ދައްކަވާފައިވާ ކަމަށާއި، އެހެންކަމުން އެ ފްލެޓް ހަލީލަށް މިލްކުވާ ކަމަށް ކަނޑައަޅާފައެވެ. މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ހަލީލަކީ ވަނީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރުން އަދާކުރައްވާފައެވެ. މީގެ އިތުރުން އޭނާ އަކީ ވިޔަފާރިވެރިއެކެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު