Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނައީމާ މޫސާގެ މަރު

ނައީމާ މަރާލުމުގެ ޕްލޭން ހެދި މިހާކަމަށް ދައުލަތުން ތުހުމަތުކުރާ ހަސަން ފަވާޒު ދައުވާއަށް އިންކާރު ކޮށްފި

15 އޯގަސްޓު 2024 | ބުރާސްފަތި 06:27

މި އަޑުއެހުމުގައި ދައުލަތުން ވަނީ 3 ދައުވާ އިއްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 އޯގަސްޓު 2024 | ބުރާސްފަތި 06:27
ނައީމާ މޫސާ މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ޙަސަން ފަވާޒް

ނައީމާ މޫސާ މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ޙަސަން ފަވާޒް

ނައީމާ މަރާލުމުގެ ޕްލޭން ހެދި ފަރާތްކަމަށް ދައުލަތުން ތުހުމަތުކުރާ ހަސަން ފަވާޒަށް ދައުވާތައް އިއްވައިފިއެވެ.

މި އަޑުއެހުމުގައި ދައުލަތުން ވަނީ 3 ދައުވާ އިއްވާފައެވެ. އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ އިތުރުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާއެވެ.

Advertisement - newsAdvertisement

ޙަސަން ފަވާޒުގެ މައްޗަށް ކުރާ ދައުވާތަކަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ. އެގޮތުން އެ އަމަލު ކުރުމަށް ދުރާލާ ރާވައި އެހީތެރިވެދިނުމަށް ހަސަން ފަވާޒު އެއްވެސް ކަމެއް ކޮށްފައިނުވާނެކަަމަށާއި، ނައީމާ މަރާލައި ހެކި ރައްކާތެރި ކުރުމަށް އޭނާ އެހީތެރިވެދީފައި ނުވާނެކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.

ދިފާއީ ވަކީލު ވިދާޅުވީ، ދިފާއަށް ހެކި ހުށަހެޅޭނީ ދައުލަތުން ހުށަހަޅާފައިވާ ލިއެކިއުންތަކުގެ ތެރެއިން ނުލިބިވާ ރިޕޯޓުތައް ލިބުމުން ކަމަށެވެ.  އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، އޮގަސްޓު މަސް ނިމުމުގެ ކުރިން އެ ރިޕޯޓުތައް ހުށަހެޅުއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެހެންކަމުން ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދެފަރާތުން ހެކި ހާމަ ކުރުމެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި ނަޢީމާ މޫސާއަކީ ސިހުރު ހަދާ މީހެއްކަމަށް ބުނެ އޭނާ މަރާލުމަށް ގަސްތުކޮށް އެކަން ކުރާނެ ގޮތް ރާވައި، ނަޢީމާ މޫސާ މަރާލުމަށްޓަކައި ރާވައި، ސިހުރު ހަދާ މީހުން ގަތުލުކުރުމަކީ އެމީހުން ފާފަވެރިވާނެކަމެއް ނޫންކަމަށް މި މައްސަލައިގައި ހިމެނޭ ހަސަން ފަވާޒު ވަނީ ވިސްނައިދީފައެވެ.

އަދި ޙަސަން ފަވާޛް ނަޢީމާ މޫސާ މަރާލުމަށް ދުވަހެއް ކަނޑައަޅައި، އެ ޢަމަލު ހިންގުމަށް ބޭނުންވާ ތަކެތި ހޯދައިދީ، 6 އެޕްރީލް 2023 ދުވަހުގެ ދަންވަރު 01:00 އާއި 03:30 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދުއްވާ ކާރުގައި އެމީހުން ނ.މަނަދޫ، އަންނާރުމާގެއަށް ގެންދިޔަކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

އޭގެ އިތުރުން، އެމީހުން ނަޢީމާ މޫސާއަށް ހަމަލާދޭން އެގެއަށް ވަނީއްސުރެ ނަޢީމާ މޫސާ މަރާލަންދެން އެމީހުންނަށް ފޯނުން ގުޅައިގެން ޙަސަން ފަވާޒު އިރުޝާދުދީ، އެމީހުން އެއްބަސްވެފައިވާ ގޮތަށް އަޚުޒަމް ޢަބްދުއްޝަކޫރު އާއި ޢަބްދުލްވާޙިދު ރިފާސް ނަޢީމާ މޫސާގެ ކަރަށާއި ބުރަކަށީގެ އެކި ތަންތަނަށް ވަޅިން ހަމަލާދިންކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ނަޢީމާ މޫސާ މަރާލުމުން، އެމީހުން ބަލައި އަންނާރުމާގެއަށް ޙަސަން ފަވާޒު ގޮސް އެމީހުން ގޮވައިގެން ހެކި ނައްތާލުމަށްޓަކައި ނ.މަނަދޫ ނާމަގު ސަރަޙައްދަށް ގެންގޮސްދީ، އެމީހުން ހެކި ނައްތާ ނިމުމުން، ނާމަގު ސަރަޙައްދަށް ބަލައިގޮސް އެމީހުންގެ ގެއަށް ގެންގޮސްދީ، ނަޢީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން އެމީހުންނަށް މަސްތުވާތަކެތި ފޯރުކޮށްދީފައިވާކަމަށްވެސް ދައުލަތުން ކުރާ ދައުވާގައި ބުނެފައިވެއެވެ. އެގޮތުން ވަޅެއް ކޮނުމަށްފަހު އެމީހުންގެ ޖިންސާއި އަންނައުނުތައް އަންދާލާފައިވާކަމަށް ދައުލަތުން ބުނެއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

05 ޖޫން 2017

ކަރަންޓް ބިލް ބޮޑުކޮށް ހެދިކަމަށް ބުނެ ފެެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު ވަކިކޮށްފި

05 ޖޫން 2017
ކަރަންޓް ބިލް ބޮޑުކޮށް ހެދިކަމަށް ބުނެ ފެެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު ވަކިކޮށްފި
24 އެޕްރީލު 2017

ދެކޮޅު ހެދިއަސް، މަރުގެ ހުކުމް ތަންފީޒް ކުރާނަން: ރައީސް ޔާމީން

24 އެޕްރީލު 2017
ދެކޮޅު ހެދިއަސް، މަރުގެ ހުކުމް ތަންފީޒް ކުރާނަން: ރައީސް ޔާމީން
23 އެޕްރީލު 2017

ޔާމީނު ރަޝީދު މަރާލުމުގެ އަމަލަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދިން ހަމަލާއެއް: ޓްރާންސްޕޭރެންސީ މޯލްޑިވްސް

23 އެޕްރީލު 2017
ޔާމީނު ރަޝީދު މަރާލުމުގެ އަމަލަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދިން ހަމަލާއެއް: ޓްރާންސްޕޭރެންސީ މޯލްޑިވްސް
08 އެޕްރީލު 2017

ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު

08 އެޕްރީލު 2017
ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު
01 އެޕްރީލު 2017

ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ

01 އެޕްރީލު 2017
ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ
27 މާރިޗު 2017

އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން ސިޒޭރިއަން ހެދި މީހާ ވެންޓިލޭޓަރުން ނަގައިފި

27 މާރިޗު 2017
އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން ސިޒޭރިއަން ހެދި މީހާ ވެންޓިލޭޓަރުން ނަގައިފި
22 މާރިޗު 2017

ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް

22 މާރިޗު 2017
ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް
17 މާރިޗު 2017

ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް

17 މާރިޗު 2017
ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް