Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފ.އަތޮޅު ވޮލީ މުބާރާތް

ފ.އަތޮޅު ވޮލީ މުބާރާތް: ދެ ވަނަ މެޗުގައި ވެސް ފީއަލީގެ ދެ ޓީމު މޮޅުވެއްޖެ

ފީއަލީގެ ދެ ޓީމު ވެސް ވަނީ ދަރަނބޫދޫގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 އޯގަސްޓު 2024 | ބުރާސްފަތި 06:25
ފީއަލީ އަދި ދަރަނބޫދޫ ކުޅުނު މެޗުގެ ތެރެއިން

ފީއަލީ އަދި ދަރަނބޫދޫ ކުޅުނު މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ ފ.އަތޮޅު ވޮލީ ބޯޅަ މުބާރާތުގައި ކުޅުނު ދެ ވަނަ މެޗުގައި ވެސް، ފީއަލީގެ ފިރިހެން ޓީމާއި އަންހެން ޓީމު މޮޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ހަވީރު މަގޫދޫ އައުޓް ޑޯ ވޮލީ ކޯޓުގައި ފީއަލީގެ ފިރިހެން ޓީމު ނުކުތީ ދަރަނބޫދޫއާ ދެކޮޅަށެވެ. އެ މެޗު ފީއަލީން ކާމިޔާބު ކުރީ ތިން ސެޓު އެއް ސެޓުންނެވެ. އެއީ މެޗުގެ ފުރަތަމަ ސެޓު ދަރަނބޫދޫ އިން ކާމިޔާބު ކޮށްފައި ވަނިކޮށް، ފަހަތުން އަރައި ތިން ސެޓު ހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ސެޓު ދަރަނބޫދޫ އިން ކާމިޔާބު ކުރީ 25-20 އިންނެވެ. ނަމަވެސް ފީއަލީން ވަނީ 17-25 އިން ދެ ވަނަ ސެޓު ކާމިޔާބު ކޮށްފަ އެވެ. ދެން ކުޅުނު ތިން ވަނަ ސެޓު ފީއަލީން 19-25 އިން ކާމިޔާބު ކުރިއިރު، ހަތަރު ވަނަ ސެޓު ކާމިޔާބު ކުރީ 18-25 އިންނެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގައި ބުދަ ދުވަހުގެ ރޭ ފީއަލީ ނުކުތީ ދަރަނބޫދޫއާ ދެކޮޅަށެވެ. އެ މެޗު ފީއަލީން ކާމިޔާބު ކޮށްފައި ވަނީ ތިން ސެޓު ދެ ސެޓުންނެވެ. ވާދަވެރި ކުޅުމަށްކަށްފަހު މެޗުގެ ފުރަތަމަ ސެޓު ފީއަލީން ކާމިޔާބު ކުރީ 25-22 އިންނެވެ. ނަމަވެސް ދެން ކުޅުނު ދެ ވަނަ ސެޓު ދަރަނބޫދޫ އިން ވަނީ ފަރަގު ބޮޑުކޮށް ކާމިޔާބު ކޮށްފަ އެވެ. އެއީ ދެ ވަނަ ސެޓު 10-25 އަދި ތިން ވަނަ ސެޓު 12-25 އިންނެވެ. ނަމަވެސް ފީއަލީން ވަނީ 25-22 އިން ހަތަރު ވަނަ ސެޓު ކާމިޔާބު ކޮށްފަ އެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަސް ވަނަ ސެޓު ފީއަލީން ކާމިޔާބު ކޮށްފައި ވަނީ 15-11 އިންނެވެ.

މުބާރާތުގައި ބުރާސްފަތި ދުވަހުގެ ހަވީރު އަދި ރޭގަނޑު ވެސް މެޗުތައް ކުރިއަށް ދާނެ އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު