Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކިޝިދާ މަގާމް ދޫކޮށްލައްވާނެ ކަމަށް ވިދާޅުވުން

ޖަޕާން ގެ ވެރިކަން ކުރާ ޕާޓީ އަށް އައު ފެށުމެއް ބޭނުންވާ ކަމަށް ވިދާޅުވެ، ބޮޑުވަޒީރު އިތުރު ދައުރަކަށް ކުރިމަތި ނުލައްވާނެ ކަން އިއުލާން ކުރައްވައިފި

އިތުރު ދައުރެއް ބޭނުން ނުވާކަން ބޮޑުވަޒީރު އިއުލާން ކުރެއްވި އިރު ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ ކަރަޕްޝަންގެ ތުހުމަތު ތަކުގެ ސަބަބުން ބޮޑުވަޒީރުގެ މަގްބޫލްކަން ޖަޕާންގައި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

ރާއްޖެ އެމްވީ | 14 އޯގަސްޓު 2024 | ބުދަ 09:25
ޖަޕާނުގެ ބޮޑުވަޒީރު ކިޝިދާ

ޖަޕާނުގެ ބޮޑުވަޒީރު ކިޝިދާ

ޖަޕާންގެ ބޮޑު ވަޒީރު ފުމިއޯ ކިޝިދާ އޭނާގެ ޕާޓީގެ ރިޔާސަތައް އިތުރު ދައުރަކަށް ކުރިމަތި ނުލައްވާނެ ކަން އިއުލާން ކުރެއްވުމާއެކު ޖަޕާން އަށް އައު ބޮޑު ވަޒީރެއް އަންނާނެ ކަމަށް ބެލެވިއްޖެއެވެ.

ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ ވިދާޅުވެފައިވަނީ ވެރިކަންކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) އަށް "އައު ފެށުމެއް" ބޭނުންވާތީ، އެޕާޓީގެ ވެރިޔަކަށް އަލުން އިންތިޚާބުވުމަށް ކުރިމަތިނުލައްވާނެ ކަމަށެވެ.

ސެޕްޓެމްބަރު މަހު އެލްޑީޕީ އަށް އައު ލީޑަރެއް އިންތިޚާބު ކުރުމުގެ ފުރުސަތު ދެއްވާ ބޮޑު ވަޒީރު ޕާޓިގެ ލީޑަރޝިޕް އިން ދުރަށް ވަޑައިގަންނަވާތީ އުރުމުން 67 އަހަރުގެ ކިޝީދާ ބޮޑު ވަޒީރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ވަނީ ބެލެވިފައެވެ.

2021 އިން ފެށިގެން ޖަޕާންގެ ބޮޑުވަޒީރުކަން ކުރައްވަމުން ގެންދަވާ ކިޝިދާ މަގާމް ދޫކޮށްލައްވާނެ ކަމަށް ވިދާޅުވިއިރު ޕާޓީއާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލައަކާއި، ޖަޕާންގައި ދިރިއުޅުމުގެ ޚަރަދުތައް މައްޗަށް ދިއުމާއި، ޔެން ގެ އަގު ދަށްވަމުން ދިއުމާ ގުޅިގެން ކިޝިދާ އަށް ޖަޕާންގައި އޮތް ތާއީދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ސާވޭ ތަކުން ފެންނަ ގޮތުގައި ކިޝިދާގެ އެޕްރޫވަލް ރޭޓިން ވޭތުވެދިޔަ މަހު ވަނީ 15.5 އިންސައްތައަށް ދަށްވެފައެވެ. މިއީ 10 އަހަރަށްވުރެ ދިގު މުއްދަތެއްގައި ބޮޑުވަޒީރަކަން ކުރެއްވި ބޭފުޅަކަށް އެޕްރޫވަލް ރޭޓިން އެންމެ ދަށުން ލިބުނު ފަހަރުކަން ވަނީ މީޑިއާ ރިޕޯޓްތަކުގައި ފާހަގަ ކޮށްފައެވެ.

"ކުރިއަށް އޮތް ޕާޓީގެ ރައީސްކަމަށް މީހަކު ހޮވުމުގެ އިންތިޚާބުގައި، ލިބަރަލް ޑިމޮކްރެޓިކް ޕާޓީ ބަދަލުވާނެކަން ރައްޔިތުންނަށް ދައްކަން ޖެހޭ،" ކިޝިދާގެ ނިންމުން އިއުލާން ކުރައްވަމުން ބުދަ ދުވަހު އޮތް ނޫސް ކޮންފަރެންސްގައި ވިދާޅުވިއެވެ.

1995 ވަނަ އަހަރުން ފެށިގެން ޖަޕާންގެ ވެރިކަން މައިގަނޑު ގޮތެއްގައި ކުރަމުން އައިސްފައިވަނީ އެލްޑީޕީ އިން ނެވެ. އެހެން ނަމަވެސް 2025 ވަނަ އަހަރު އޮންނަ އާންމު އިންތިޚާބު ކިޝީދާގެ ލީޑަރޝިޕްގައި އެލްޑީޕީ އަށް ކާމިޔާބު ކުރެވިދާނެ ކަމާ މެދު ޕާޓީގެ މެމްބަރުންގެ މެދުގައި ވަނީ ޝައްކު އުފެދިފައެވެ.

މިކަން މިހެން އޮތް އިރުވެސް ކިޝީދާ އިތުރު ދައުރަކަށް ކުރިމަތި ނުލައްވާނެ ކަމަށް އިއުލާން ކުރެއްވުމުން ޕާޓީގެ ލީޑަރުންނަށް ބޮޑު ޝޮކެއް ލިބިގެން ދިޔަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިތުރަށް ކިޔާލަން

09 ޖޫން 2017

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު
09 ޖޫން 2017

އިނގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީއަށް އޯވަރޯލް މެޖޯރިޓީ ގެއްލޭނެ ކަމަށް ބެލެވެން ފަށައިފި

09 ޖޫން 2017
އިނގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީއަށް އޯވަރޯލް މެޖޯރިޓީ ގެއްލޭނެ ކަމަށް ބެލެވެން ފަށައިފި
13 މެއި 2017

ޑީއާރްސީގައި އެބޯލާ ބަލީގެ އައުޓްބްރޭކް އިއުލާންކޮށްފި

13 މެއި 2017
ޑީއާރްސީގައި އެބޯލާ ބަލީގެ އައުޓްބްރޭކް އިއުލާންކޮށްފި
26 މާރިޗު 2017

ޔޫކޭ އިންޑިޕެންޑެންޓް ޕާޓީގެ ހަމައެކަނި މެމްރު ޕާޓީން އިސްތިއުފާދެއްވައިފި

26 މާރިޗު 2017
ޔޫކޭ އިންޑިޕެންޑެންޓް ޕާޓީގެ ހަމައެކަނި މެމްރު ޕާޓީން އިސްތިއުފާދެއްވައިފި
25 މާރިޗު 2017

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު