Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާގައި އޮތީ ރަނގަޅު ސްކޮޑެއް: ލަޕޯޓާ

ޓީމުގައި ތިބި ކުޅުންތެރިންނަކީ ކޯޗު ހަންސީ ފްލިކް އަދި ޓީމުގެ އިސްވެރިން ވެސް އިތުބާރު ކުރާ ކުޅުންތެރިން ކަމަށް އޭނާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 އޯގަސްޓު 2024 | އަންގާރަ 06:39
ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ

ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ

ސްޕެއިންގެ ބާސެލޯނާގައި އޮތީ ރަނގަޅު ސްކޮޑެއް ކަމަށް އެ ކުލަބުގެ ރައީސް ޖޯން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ސީޒަން ފެށުމުގެ ގޮތުން ބާސެލޯނާ އިން ކުޅެމުން އަންނަ ގެމްބާ ޓްރޮފީ މެޗަށްފަހު އެވެ. މޮނާކޯއާ ދެކޮޅަށް ކުޅުނު އެ މެޗުން ބާސެލޯނާ ވަނީ ބަލިވެފަ އެވެ. މިއީ 12 އަހަރުގެ ތެރޭގައި އެ މެޗުން ބާސެލޯނާ ބަލިވި ފުރަތަމަ ފަަހަރެވެ. އެ މެޗަށްފަހު ބާސެލޯނާގެ ބައެއް ސަޕޯޓަރުން ވަނީ ނިކޯ ވިލިއަމްސް އެ ކުލަބަށް ސޮއި ކުރުމަށް ބޭނުންވާ ކަމަށް ބުނެ، ލަޕޯޓާ އަށް ގޮވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ލަޕޯޓާ ވިދާޅުވީ، ބާސެލޯނާގައި މިވަގުތު އޮތީ ރަނގަޅު ސްކޮޑެއް ކަމަށެވެ. ޓީމުގައި ތިބި ކުޅުންތެރިންނަކީ ކޯޗު ހަންސީ ފްލިކް އަދި ޓީމުގެ އިސްވެރިން ވެސް އިތުބާރު ކުރާ ކުޅުންތެރިން ކަމަށް އޭނާ ބުންޏެވެ. އަދި މަސައްކަތް ކުރަންވީ، ރަނގަޅަށް ޓީމު އެކުލަވާލައި، ކުރިއަށް އޮތް ސީޒަންގައި ކާމިޔާބީތައް ހޯދުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.

ބާސެލޯނާ އިން ވަނީ އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބައެއް ކުޅުންތެރިންގެ ސޮއި ވެސް ހޯދައިފަ އެވެ. އެގޮތުން އާރްބީ ލައިޕްޒިގަށް ކުޅެމުން އައި ސްޕެއިންގެ ޑެނީ އޮލްމޯގެ ސޮއި އެ ކުލަބުން ވަނީ ހޯދައިފަ އެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

19 ފެބުރުއަރީ 2017
ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު