Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ފަލަސްތީންގެ ގާޑަކު ބަޑިޖަހާ ބަންދުގައި ހުރި އިޒްރޭލު މީހަކު މަރާލައިފި

ބަޑި ޖެހުމުގެ ސަބަބުން ބަންދުގައި ތިބި އިޒްރޭލުގެ އިތުރު ދެ އަންހެނުންނަށް ސީރިއަށް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް ވަނީ ބުނެފައެވެ.

ރާއްޖެ އެމްވީ | 13 އޯގަސްޓު 2024 | އަންގާރަ 01:58
އަބޫ އުބައިދާ - ގަސަމް ބްރިގޭޑްސްގެ ތަރުޖަމާނު

އަބޫ އުބައިދާ - ގަސަމް ބްރިގޭޑްސްގެ ތަރުޖަމާނު

ފަލަސްތީނުގެ ބަންދުގައި ހުރި އިޒްރޭލު މީހެއްގެ ގަޔަށް ގާޑަކަށް ހުރި މީހާ ބަޑިޖަހާ މަރާލައިފިއެވެ.

ހަމާސް އިން ބަންދުކޮށްފައި ތިބި އިޒްރޭލު މީހުންނާ ދިމާލަށް ބަޑިޖެހުމުގެ އެހެން ހާދިސާ އެއްގައި އިތުރު ދެ މީހަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

ޙަމާސްގެ އަސްކަރީ ގޮފި ކަމުގައިވާ އަލް-ޤައްސާމް ބްރިގޭޑްގެ ތަރުޖަމާނު އަބޫ އުބައިދާ މިހާދިސާގެ މައުލޫމާތު ހާމަކުރީ ހޯމަ ދުވަހުއެވެ.

އޭނާ ހާމަ ކުރި ގޮތުގައި ވަކިވަކިން ހިނގި މި ދެ ހާދިސާގައި، މީހުން ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ދެ ގާޑުން ބަންދުގައި ތިބި މީހުންނާ ދިމާލަށް ބަޑިޖެހީއެވެ. ބަޑި ޖެހުމުގެ ސަބަބުން ފިރިހެނަކު ވަގުތުން މަރުވީ ކަމަށް އަބޫ އުބައިދާ ބުނެފައިވެއެވެ.

މީގެ އިތުރުން، ބަޑިޖެހި އަނެއް ހާދިސާގައި ބަންދުގައި ތިބި އިޒްރޭލުގެ ދެ އަންހެނަކަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ތަރުޖަމާނު ބުނެފައިވެއެވެ.

މިހާދިސާ ހިނގިގޮތް ތަހުގީގު ކުރުމަށް ކޮމިޓީއެއް އެކުލަވާލާފާއިވާ ކަމަށާއި، ތަފްސީލްތައް ފަހުން ހާމަ ކުރާނެ ކަމަށްވެސް ގަސަމް ބްރިގޭޑްސް އިން ވަނީ ބުނެފައެވެ.

ހަމާސް އިން ބަންދުކޮށްފައިވާ އިޒްރޭލް ބައެއްގެ ގަޔަށް ބަޑިޖެހުމުގެ ހާދިސާ މިހިނގީ ޣައްޒާ ސިޓީގައި ހުރި އަލް-ތާބައީން ސްކޫލުގެ ނަމާދުކުރާ ތަނަށް ފަތިސް ނަމާދު ވަގުތު އިސްރާއީލުން ދިން ހަމަލާއެއްގައި 120 އަށްވުރެ ގިނަ ފަލަސްތީން މީހުން ޝަހީދުވި ނުރައްކާތެރި ގަތުލުއާއްމު ހިނގާފައިވަނިކޮށްނެވެ.

މި ގަތުލުއާއްމަށް އިޝާރާތްކުރަމުން އަބޫ އުބައިދާ ބުނީ، މި ޤަތުލުއާންމުތަކާއި އޭގެ ނަތީޖާއެއްގެ ގޮތުން ބަންދުގައި ތިބި ޒަޔަނިސްޓުންގެ ފުރާނައަށް ކުރިމަތިވާ ނުރައްކާތަކުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ ޒަޔަނިސްޓް ދައުލަތުގެ ސަރުކާރުން ކަމަށެވެ.

އިޒްރޭލުން ޣައްޒާ އަށް ހުއްޓުމެއް ނެތި ދެމުންދާ ހަމަލާ ތަކުގައި ފަލަސްތީނުގެ 40،000 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ ޝަހިދުވެފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އިޒްރޭލުން ބުނެފައިވަނީ ހަމާސްގެ ހައްޔަރުގައި 100 ށް ވުރެ ގިނަ އިޒްރޭލް މީހުން ތިބި ކަމަށާއި އޭގެ ތެރެއިން 50 މީހުން ދުނިޔޭގައި ތިބި ކަމަށް ބެލޭ ކަމަށެވެ.

ހަމާސް އިން ބުނެފައިވަނީ ގާޒާ ގެ އެކި ސަރަހައްދުތަކަށް އިޒްރޭލް ސިފައިން ބޮން އަޅާ ދިން ހަމަލާ ތަކުގައި ބަންދުގައި ތިބި އިޒްރޭލުގެ އެތައް ބަޔަކު މަރުވެފައިވާ ކަމަށެވެ.

ހަމާސް އިން އެތައް ފަހަރަކު ބުނެފައިވަނީ ހަނގުރާމަ ހުއްޓާލާ ގާޒާ އިން އިޒްރޭލް ސިފައިން މުޅިން ފޭބުމަށް އެއްބަސްވާނަމަ ބަންދުގައި ތިބި އިޒްރޭލް އެންމެން ދޫކޮށްލާނެ ކަމަށެވެ.

އެހެން ނަމަވެސް ގޮތްދޫނުކުރައްވާ އިޒްރޭލުގެ ބޮޑުވަޒީރު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ހަނގުރާމައިން ފުރިހަމަ ކާމިޔާބު ހޯދާ ނިންމާލާނީ ހަމާސް އެކީ ނައްތާލުމަށްފަހުގައި ކަމަށެވެ. އެއީ ޚުދު ނަތަންޔާހޫގެ ކެބިނެޓް ގައި ހިމެނޭ ބައެއް ވަޒީރުންވެސް ދެކޭ ގޮތުގައި ހާސިލް ކުރެވިދާނެ ކަމެއް ނޫނެވެ.

އިތުރަށް ކިޔާލަން

24 ޖޫން 2017

ފަޔަރ ސޭފްޓީ ހުރި ގޮތުން ލަންޑަންގެ ހަތަރު އިމާރާތަކުން މީހުން ހުސްކޮށްފި

24 ޖޫން 2017
ފަޔަރ ސޭފްޓީ ހުރި ގޮތުން ލަންޑަންގެ ހަތަރު އިމާރާތަކުން މީހުން ހުސްކޮށްފި
17 ޖޫން 2017

ގަތަރާ މެދު ހުރި "ކަންބޮޑުވުންތައް" ވަރަށް އަވަހަށް އެކުލަވާލުމަށް ފަހު އެގައުމާ ހިއްސާ ކުރާނެ: ސައުދީ ފޮރިން މިނިސްޓަރު

17 ޖޫން 2017
ގަތަރާ މެދު ހުރި "ކަންބޮޑުވުންތައް" ވަރަށް އަވަހަށް އެކުލަވާލުމަށް ފަހު އެގައުމާ ހިއްސާ ކުރާނެ: ސައުދީ ފޮރިން މިނިސްޓަރު
13 ޖޫން 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި

13 ޖޫން 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި
08 ޖޫން 2017

ގަތަރުން އީރާނާ އެކު ބާއްވާ ހުރިހާ ގުޅުމެއް ކަނޑާލާން ޖެހޭ: ބަހުރެއިން

08 ޖޫން 2017
ގަތަރުން އީރާނާ އެކު ބާއްވާ ހުރިހާ ގުޅުމެއް ކަނޑާލާން ޖެހޭ: ބަހުރެއިން
23 މެއި 2017

ޕާކް ގުން-ހައިގެ މައްޗަށް އުފުލުނު ހުރިހާ ދައުވާތަކަށް އިންކާރު ކުރައްވައިފި

23 މެއި 2017
ޕާކް ގުން-ހައިގެ މައްޗަށް އުފުލުނު ހުރިހާ ދައުވާތަކަށް އިންކާރު ކުރައްވައިފި
21 އެޕްރީލު 2017

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އިންޑޮނީޝިއާގައި ހުރި އެންމެ ބޮޑު މިސްކިތަށް ޒިޔާރަތް ކުރައްވައިފި

21 އެޕްރީލު 2017
އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އިންޑޮނީޝިއާގައި ހުރި އެންމެ ބޮޑު މިސްކިތަށް ޒިޔާރަތް ކުރައްވައިފި
10 އެޕްރީލު 2017

ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން

10 އެޕްރީލު 2017
ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
04 ޖެނުއަރީ 2017

ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި

04 ޖެނުއަރީ 2017
ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު