Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޚާރިޖީ ވަޒީރު ބަޙްރައިން އަށް

ޚާރިޖީ ވަޒީރު ޒަމީރު ބަޙްރެއިނަށް ފުރާވަޑައިގެންފި

މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރުމާއި، ދެ ފަރާތަށް މުހިންމު ދާއިރާތަކުގައި އިތުރަށް އެއްބާރުލުން ދެވިދާނެ ގޮތްތައް ބަލައި މަޝްވަރާ ކުރާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ރާއްޖެ އެމްވީ | 11 އޯގަސްޓު 2024 | އާދީއްތަ 20:26
ފޮރިން މިނިސްޓަރ މޫސާ ޒަމީރު

ފޮރިން މިނިސްޓަރ މޫސާ ޒަމީރު

ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ބަޙްރެއިންގެ ޚާރިޖީ ވަޒީރު ޑރ. އަބްދުއްލަޠީފް ބިން ރަޝީދު އަލް ޒައްޔާނީގެ ދަޢުވަތަކަށް، އާދިއްތަ ދުވަހު ބަޙްރެއިނަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފި ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މި ދަތުރުފުޅުގައި، ވަޒީރު ޒަމީރު ބަޙްރެއިންގެ ޚާރިޖީ ވަޒީރާއެކު މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރައްވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން މި ދަތުރުފުޅާ ބެހޭ ގޮތުން ނެރުނު ބަޔާނުގައި ވެއެވެ.

މި މަޝްވަރާތަކުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރުމާއި، ދެ ފަރާތަށް މުހިންމު ދާއިރާތަކުގައި އިތުރަށް އެއްބާރުލުން ދެވިދާނެ ގޮތްތައް ބަލައި މަޝްވަރާ ކުރާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން، ވަޒީރު ޒަމީރު ބަޙްރެއިން ސަރުކާރުގެ އެހެން އިސް ބޭފުޅުންނާވެސް ބައްދަލުކުރައްވާ ގޮތައް ހަމަޖެހިފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ. މީގެ ތެރޭގައި، ބަޙްރެއިންގެ މާލިއްޔާއާއި ޤައުމީ އިޤްތިޞާދުގެ ވަޒީރު، ތެލާއި ތިމާވެށީގެ ވަޒީރު އަދި ފަތުރުވެރިކަމުގެ ވަޒީރާ ބައްދަލުކުރައްވާ، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަ ޖެހިފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިއަހަރަކީ ދިވެހިރާއްޖެއާއި ބަޙްރެއިނާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރިތާ 44 އަހަރު ފުރޭ އަހަރެވެ.

އިތުރަށް ކިޔާލަން

20 ޖުލައި 2017

މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ

20 ޖުލައި 2017
މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
09 ޖުލައި 2017

އޯއައިސީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު އާސިމް ފުރާވަޑައިގެންފި

09 ޖުލައި 2017
އޯއައިސީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު އާސިމް ފުރާވަޑައިގެންފި
08 ޖުލައި 2017

ރައީސް މައުމޫން ސިންގަޕޫރަށް ފުރާވަޑައިގެންފި

08 ޖުލައި 2017
ރައީސް މައުމޫން ސިންގަޕޫރަށް ފުރާވަޑައިގެންފި
14 މެއި 2017

ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހެޅޭގޮތް ބަދަލުކުރުމަށް އެދި ސަރުކާރުން ސުޕްރީމް ކޯޓަށް ހިނގައްޖެ

14 މެއި 2017
ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހެޅޭގޮތް ބަދަލުކުރުމަށް އެދި ސަރުކާރުން ސުޕްރީމް ކޯޓަށް ހިނގައްޖެ
26 މާރިޗު 2017

މާދަމާގެ ވޯޓު ކާމިޔާބުވާނެ، ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހަޅާނަން: ރައީސް ނަޝީދު

26 މާރިޗު 2017
މާދަމާގެ ވޯޓު ކާމިޔާބުވާނެ، ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހަޅާނަން: ރައީސް ނަޝީދު
23 ފެބުރުއަރީ 2017

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
21 ފެބުރުއަރީ 2017

ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
08 ފެބުރުއަރީ 2017

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017
ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު