Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތައް

"6 މަސް ދުވަސް ތެރޭވެސް ހުޅުމާލެ ސަހަރާ ފުރިދާނެ، 150000 މީހުން ވަޅުލެވޭނެ ޖާގަ ބޭނުންވޭ"

ފައިސާގެ ދަތިކަން ހުރުމުން މާލެ ސިޓީ ކައުންސިލުން ކުރަން ބޭނުންވާ ކަންކަން ކުރުމަށް ވަރަށް ބޮޑެތި ދަތިތަައް ދިމާވާ ކަމަށް އާޒިމް ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 11 އޯގަސްޓު 2024 | އާދީއްތަ 09:24
 ރައީސް މާލެ ސިޓީ ކައުންސިލާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން

ރައީސް މާލެ ސިޓީ ކައުންސިލާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން

މިހާރު މިދާގޮތުން 6 މަސް ދުވަސް ތެރޭވެސް ހުޅުމާލެ ސަހަރާ ފުރިދާނެކަމަށާއި މާލެ ސަރަހައްދުން 150000 މީހުން ވަޅުލެވޭނެ ޖާގަ ބޭނުންވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް އެފަދައިން ވިދާޅުވީ ރައީސް ޑރ.މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މެމްބަރުންނާއި އެކު ބޭއްވެވި ބައްދަލުވުމުގައި، މާލެ ސަރަހައްދަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އާޒިމް ވަނީ ސަހަރާތައް ފުރުމުގެ މައްސަލަ އަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ވިދާޅުވެފައެވެ. ހުޅުމާލެ އަދި މާލެ އަށް ބަލާއިރު ދެ އަހަރެއްހާ ދުވަސްތެރޭގައި ހުރިހާ ސަަހަރާއެއް ފުރޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމަށް ވާނަމަ އެ ސަހަރާތައް އިތުރަށް ބޭނުން ނުކުރެވޭނެކަން އާޒިމް ވަނީ ފާހަގަކުރައްވާފައެވެ. އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާ އާޒިމް ވިދާޅުވީ ގުޅީފަޅު އަދި ހުޅުމާލެ ފޭސް 2 ފަދަ ތަންތަނުން 150000 މީހުން ވަޅުލެވޭނެ ޖާގަ ހަމަޖެއްސުން މުހިންމު ކަމަށެވެ. ކުރިއަށް އޮތްތަނުގައި މާލެ ސަރަހައްދުގައި މީހުން ވަޅުލެވޭނީ ބްރިޖަކުން ދެވޭ ހިސާބުގައި ހުރި ތަންތަނުގައި ކަމަށާއި މާލޭގައި އެކަން ކުރެވޭނެ ޖާގައެއް ނޮއޮންނާނެ ކަމަށް ވެސް މޭޔަރ ވަނީ ވިދާޅުވެފައެވެ. ކަނޑުދަތުރެއްކޮށްފައި މީހުން ވަޅުލުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެކަން އާޒިމް ވަނީ ފާހަގަކުރައްވާފައެވެ. އާޒިމް ވަނީ ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ ބިންތައް އެއް ސަރަހައްދެއްގައި ޤާއިމްކުރެވޭނެ މަގު ޤާއިމްކުރުން މުހިންމު ކަމަށް ވެސް ވިދާޅުވެފައެވެ.

އާޒިމް ވަނީ ސިޓީ ކައުންސިލްގެ އިތުރު މަސައްކަތްތަކަށް ވެސް އަލިއަޅުވާލައްވާފައެވެ. ހުޅުމާލެ މާލެސިޓީ ކައުންސިލާއި ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށާއި އެކަމާއި މެދު އެޗްޑީސީ އާއި އެކު މަޝްވަރާކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެ މަޝްވަރާތައް ކުރަމުންދާއިރު، މާލެ ސިޓީ ކައުންސިލަށް 50،000 އަކަފޫޓޫގެ ބިމެއް ބޭނުންވާނެކަން ފާހަގަކޮށްފައިވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އެ ބިމުގެ ކުލި ނުނަގާ ގޮތަށް އެ ބިން ދިނުން މުހިންމުކަމަށް އާޒިމް ވިދާޅުވިއެވެ. ފައިސާގެ ދަތިކަން ހުރުމުން މާލެ ސިޓީ ކައުންސިލުން ކުރަން ބޭނުންވާ ކަންކަން ކުރުމަށް ވަރަށް ބޮޑެތި ދަތިތަައް ދިމާވާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. ސިޓީ ކައުންސިލް އަށް އެކަށޭނެ އިމާރާތެއް ނެތުމުން ޚިދުމަތް ދިނުމަށް ގޮންޖެހުންތަކާއި ދިމާވާ ކަމަށާއި، އިމާރާތްތައް ބަދަލުކުރަން ޖެހުމުން އާއްމުންނާއި ގުޅުން ހުރި މުހިންމު ލިޔެކިޔުންތައް ގެއްލޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

މާލެ ސިޓީ އަށް ތިމާވެށީގެ މައްސަލަތަކެއް ވެސް ދިމާވެފައިވާކަން އާޒިމް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި އުދަ އެރުން ފަދަ ކަންކަން ހުރި އިރު، އެ ކަންކަން ހައްލުކުރުމަށް ބޮޑެތި ޚަރަދުތަކެއް ހިނގާނެތީ، އެކަން ކުރެވޭނީ ސަރުކާރާއި ގުޅިގެން ކަަމަށް އާޒިމް ވިދާޅުވިއެވެ. މާލެ ސަރަހައްދަށް އުދައެރުމާއި ބޮޑެތި ރާޅުތައް ޖެހުމުގެ ސަބަބުން އާއްމުންނާއި މުދަލާއި ތަކެއްޗަށް ވަރަށް ބޮޑެތި ގެއްލުންތައް ވާކަމަށް ފާހަގަކުރައްވާ އާޒިމް ވަނީ އެކަމާއި މެދު އެކަށީގެންވާ ދިރާސާއެއް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން މާލެ ސަރަހައްދުގައި ބަނދަރުގެ ދަތިކަން ވަރަށް ބޮޑުކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މާލެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ޕޯޓް ބަދަލުކުރުމުގެ ވާހަކަ މި ސަރުކާރުން ދައްކާފައިވާއިރު އެކަމަކީ ކުރީ ސަރުކާރުން ވަރަށް ބޮޑު ޕްލޭނެއް ހަދާފައިވާ ކަމެއްކަން އާޒިމް ފާހަގަކުރެއްވިއެވެ. އޭރު ޕްލޭން އިންފްރާސްޓްރަކްޗަރ އާއި ހިއްސާކޮށްފައިވާނެ ކަމަށާއި އެ ޕްލޭން ސިޓީ ކައުންސިލަށް ލިބޭނެ މަގުފަހިކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ޚަރަދުތަކެއް ސަލާމަތްކުރެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން މާލެ ސަރަހައްދުގައި ވެހިކަލްތައް ކެޕޭސިޓީ ކަނޑައެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ދާ ކަަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. މާލޭގެ ޓްރެފިކް މެނޭޖްނުކޮށްފި ނަމަ އަނެއްކާވެސް މާލެ ތޮއްޖެހުން އިތުރުވާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު