Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތަރައްގީއާއެކު ރައްޔިތުން

ޕީޕީއެމްގެ ހަރަކާތަށް މުވައްޒަފުން ނުނެރުމުން ތިނަދޫ އެސްޓީއޯ މެނޭޖަރު ވަޒީފާއިން ވަކިކޮށްފި

13 އޯގަސްޓު 2017 | އާދީއްތަ 13:11

"ތަރައްގީއާއެކު ރައްޔިތުން" ހަރަކާތުގައި ބައިވެރިނުވޭ

| 13 އޯގަސްޓު 2017 | އާދީއްތަ 13:11
ގދ. ތިނަދޫގައި ޕީޕީއެމް އިން ބޭއްވި ހަރަކާތުގެ ތެރެއިން

ގދ. ތިނަދޫގައި ޕީޕީއެމް އިން ބޭއްވި ހަރަކާތުގެ ތެރެއިން

ޕީޕީއެމް އިން އިންތިޒާމް ކޮށްގެން ގދ. ތިނަދޫގައި ހޮނިހިރު ދުވަހު ބޭއްވި ހަރަކާތަށް ތިނަދޫ އެސްޓީއޯ ބްރާންޗުގެ މުވައްޒަފުން ނުނެރުނު ކަމަށް ބުނެ އެ ބްރާންޗުގެ މެނޭޖަރު ވަޒީފާއިން ވަކިކޮށްފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމްގެ ހިނގާލުމަށް މުވައްޒަފުން ނެރުމަށް ތިނަދޫ އެސްޓީއޯ ބްރާންޗުގެ މެނޭޖަރު އަހުމަދު ލުތުފީ އަށް އެންގުމުން ވެސް އޭނާ އެކަން ކޮށްފައެއް ނުވެ އެވެ. މުވައްޒަފުންނަށް އެ ހަރަކާތުގައި ބައިވެރިވުމަށް ބާރުނޭޅުމުގެ އިތުރުން، އޭނާ ވެސް އެ ހަރަކާތުގައި ބައިވެރިނުވާ ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް، ކުއްލިއަކަށް އާދިއްތަ ދުވަހު އޭނާ ވަޒީފާއިން ވަކިކޮށް ހަވާލުކުރި ސިޓީގައި ބުނެފައިވަނީ، ކުންފުނީގެ އޮނިގަނޑަށް ގެނައި ބަަދަލެއްގެ ސަބަބުން އޭނާ އަދާކުރަމުންދިޔަ ވަޒީފާ އުވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަހުމަދު ލަތީފަކީ ތިނަދޫ ކައުންސިލްގެ މެންބަރު މަރިޔަމް ނަރީމާން ޝަރީފްގެ ފިރިމީހާ އެވެ. ތިނަދޫ ކައުންސިލްގައި މުޅިން ތިބެނީ އެމްޑީޕީ ކައުންސިލަރުންނެވެ.

ޕީޕީއެމް އިން ތިނަދޫގައި ހަރަކާތެއް ބޭއްވިއިރު، އެ ދާއިރާގެ ދެ މެންބަރުން ވެސް ވަނީ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަންނަވާފަ އެވެ. އެގޮތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގަންނަވާފަ އެވެ.

"ތަރައްގީއާއެކު ރައްޔިތުން" ގެ ނަމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕީޕީއެމް އިން ބޭއްވި ހަރަކާތްތަކުގައި ސަރުކާރުގެ ކުންފުނިތަކާއި ސިވިލް ސަރވިސް މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން ބައިވެރިކުރުވި ކަމަށް ބުނެ އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި، އެސްޓީއޯއާއި، ސްކޫލްތަކާއި، ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންގެ ހާޒިރީ ބަލައިގެން އެ ހަރަކާތްތަކުގައި ބައިވެރިކުރުވާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މީގެ ކުރިން ޕީޕީއެމް އިން ބޭއްވި ޖަލްސާތަކުގައި ވެސް، ހާޒިރީ ބަލައިގެން ވަކި ކޯޑްތަކެއް ދީގެން ކުންފުނިތަކާއި ސިވިލް ސަރވިސް މުވައްޒަފުން ބައިވެރިކުރުވާފައިވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް