Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސަރަހައްދަށް ދިމާވެފައިވާ ގޮންޖެހުންތައް

ގޯއްޗާއި ފްލެޓް ދެއްވުން، ކޯޓު މަރުހަލާއަކުން ނަމަވެސް އަވަސްކުރުމަށް ރައީސްގެ އަރިހުން އާޒިމް އެދިވަޑައިގެންފި

11 އޯގަސްޓު 2024 | އާދީއްތަ 08:58

ފްލެޓްތައް ދެއްވާ އިރު ފްލެޓްތަކަށް ކުރިމަތި ލީ އިރުގެ ހާލަަތަށް ބެއްލެވުން ވަރަށް މުހިންމު ކަމަށް އާޒިމް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 11 އޯގަސްޓު 2024 | އާދީއްތަ 08:58
 ރައީސް ޑރ.މުހައްމަދު މުއިއްޒު މާލެ ސިޓީ ކައުންސިލާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވާހަކަވަނީ

ރައީސް ޑރ.މުހައްމަދު މުއިއްޒު މާލެ ސިޓީ ކައުންސިލާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވާހަކަވަނީ

ނިމިދިޔަ ސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓް ދެއްވުން ކޯޓު މަރުހަލާއަކުން ނަމަވެސް އަވަސްކޮށްދެއްވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަރިހުން މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް އެދިވަޑައިގެންފިއެވެ.

އާޒިިމް އެފަދައިން އެދިވަޑައިގަންނަވާފައި ވަނީ އާދިއްތަ ދުވަހު ރައީސް ޑރ.މުހައްމަދު މުއިއްޒު މާލެ ސިޓީ ކައުންސިލަށް ވަޑައިގަތުމުން، ކަންބޮޑުވުންތައް ހިއްސާކުރައްވަން ލިބުނު ފުރުސަތުގައެވެ.

Advertisement - newsAdvertisement

މާލެ ސަރަހައްދަށް ދިމާވެފައިވާ މައްސަލަތައް ރައީސް މުއިއްޒު އާއި މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވަނީ އެ ބައްދަލުވުމުގައި ހިއްސާކުރައްވާފައެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ހިއްސާކުރެއްވީ މާލޭގެ ބޯހިޔާވަހިކަމުގެ ވާހަކައެވެ.

ނިމިދިޔަ ސަރުކާރުން ދޭން ނިންމި ފްލެޓާއި، ގޯތި ލިބުނު މީހުންގެ ލިސްޓުގައި ނަން އޮތް މީހުން، މާލެ ސިޓީ ކައުންސިލާއި ބައްދަލުކޮށް އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މީހުން ތަކުރާރުކޮށް ސިޓީ ކައުންސިލަށް ގޮސް އެ ކަންބޮޑުވުންތައް ހުށަހަޅާ ކަމަށާއި، ދަފްތަރުގައި ހިމެނުމަށް އެދި ހުށަހަޅާފައިވާ މީހުންގެ ވެސް ކަންބޮޑުވުންތަކެއް ހުރި ކަަމަށް އާޒިމް ވިދާޅުވިއެވެ. އެއްވެސް މީހެއްގެ އަތުން ފްލެޓެއް ނޫނީ ގޯއްޗެއް އަތުނުލައްވާނެ ކަަމަށް ރައީސް ވިދާޅުވެފައިވާ ކަމަށާއި އެކަން ކުރުމަށް ރައީސަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

އާޒިމް ވިދާޅުވީ ނިމިދިޔަ ސަރުކާރުން ދޭން ނިންމި 4000 ފްލެޓްގެ މައްސަލަ އެއް ނެތް ފަރާތްތަކަށް ވީހާވެސް އަވަހަށް އެ ފްލެޓް ލިބޭނެ ގޮތް ހައްދައްވާދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މައްސަލަތައް ހުރި ފަރާތްތަކަށް ވަކިވަކިން ބައްދަލުކޮށް އެކަން ސާފުކޮށްދޭން ވާނެ ކަމަށް ޤަބޫލުކުރައްވާކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އަދި ފްލެޓްތައް ދެއްވާ އިރު ފްލެޓްތަކަށް ކުރިމަތި ލީ އިރުގެ ހާލަަތަށް ބެއްލެވުން ވަރަށް މުހިންމު ކަމަށް އާޒިމް ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން އިމާރާތް ކުރަން ފެށި 4000 ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓާ ގުޅޭ ގޮތުން އޭސީސީން ހިންގި ތަހުގީގުގައި 60 އިންސައްތަ މީހުން ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅިއެވެ. ނިމިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި 21،000 މީހުން ފްލެޓަށް ކުރިމަތިލިއެވެ. އޭގެ ތެރެއިން 12،000 މީހުންނަށް ފްލެޓް ލިބޭ ކަމަށް ކަނޑައެޅިއެވެ. އޭގެ ތެރެއިން ފުރަތަމަ ފްލެޓް ދޭން ނިންމީ 4000 މީހުންނަށެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ވަނީ ހުޅުމާލެ 2 އަދި އަލަށް ހިއްކާ ހުޅުމާލޭ 3 އަކާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 ގޯތި ދޭން ނިންމާފައެވެ. އޭގެ ތެެރެއިން ގިނަ ބަޔަކަށް ރަޖިސްޓަރީ އާއި ބައެއް މީހުންނަށް ބިންތައް އޭރު ވެސް ހަވާލުކުރިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް