Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއާ ބޮޑީބިލްޑިން އެންޑް ސްޕޯޓްސް ފިޒީކް

އަޒްނީން، ޖެހި ޖެހިގެން ތިން ވަނަ ފަހަރަށް ރަން މެޑަލް ހޯދައިފި

އިންޑޮނޭޝިއާގައި ކުރިއަށްދާ އޭޝިއާ މުބާރާތުގައި ރާއްޖެ އިން ކާމިޔާބު ކުރި މެޑަލްގެ އަދަދު ވަނީ ތިނަކަށް އަރައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 އޯގަސްޓު 2024 | އާދީއްތަ 06:10
އޭޝިއާ މުބާރާތުގައި ރަން މެޑަލް ހޯދި އަޒްނީން

އޭޝިއާ މުބާރާތުގައި ރަން މެޑަލް ހޯދި އަޒްނީން

އޭޝިއާ ބޮޑީބިލްޑިން އެންޑް ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕް ގައި ވާދަކޮށް ރާއްޖޭގެ އަޒްނީން ރަޝާދު ރަން މެޑަލް ހޯދައިފި އެވެ.

މިއީ އަަޒްނީން، އޭޝިއާ މުބާރާތުގެ ރަން މެޑަލް ހޯދި ތިން ވަނަ ފަހަރެވެ. މީގެ ކުރިން އަޒްނީން ވަނީ މިދިޔަ އަހަރު ރާއްޖޭގައި އޮތް އޭޝިއާ މުބާރާތް އަދި ނޭޕާލުގައި ކުރިއަށް ދިޔަ އޭޝިއާ މުބާރާތުގައި ވެސް ރަން މެޑަލް ހޯދައިފަ އެވެ. އަޒްނީން ރަން މެޑަލް ހޯދާފައި ވަނީ ސްޕޯޓްސް ފިޒީކްގެ 170 ސެންޓިމީޓަރު ކެޓަގަރީންނެވެ.

މިއާ އެކު އިންޑޮނޭޝިއާގައި ކުރިއަށްދާ އޭޝިއާ މުބާރާތުގައި ރާއްޖެ އިން ކާމިޔާބު ކުރި މެޑަލްގެ އަދަދު ވަނީ ތިނަކަށް އަރައިފަ އެވެ. އަޒްނީންގެ އިތުރުން ރާއްޖޭގެ ޢަބްދުﷲ އަޙުސަން ވެސް ވަނީ ރަން މެޑަލް ކާމިޔާބު ކޮށްފަ އެވެ. އެއީ ސްޕޯޓްސް ފިޒީކް 175 ސެންޓިމީޓަރުގެ ބައިންނެވެ. ދެން މި މުބާރާތުގައި ރާއްޖެ އަށް މެޑައްޔެއް ހޯދައިދިނީ ޝާހީން އިބްރާހީމް ދީދީ (ޝާންޓެ) އެވެ. އެއީ 60 ކިލޯގެ ކެޓަގަރީން ރިހި މެޑަލް އެވެ.

މީގެ ކުރިން 2022 ވަނަ އަހަރު ތައިލެންޑުގެ ބެންކޮކުގައި ކުރިއަށް ދިޔަ ވޯލްޑް ބޮޑީބިލްޑިން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ގައި ވާދަކޮށް ވެސް އަޒްނީން ވަނީ ރަން މެޑަލް ހޯދައިފަ އެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު