Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގދ.ވާދޫ

މުވައްޒަފުންނަށް މުސާރަ ނުދޭތާ ހަތަރު މަސްވެ، ވާދޫ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ހުއްޓިފައި

މަސައްކަތަށް މަޑު ޖެހެމުން އައިސް، މިދިޔަ ހަފުތާ އިން ފެށިގެން މަސައްކަތް ވަނީ އެއްކޮށް ކަހަލަ ގޮތަކަށް މަޑު ޖެހިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 އޯގަސްޓު 2024 | ބުރާސްފަތި 10:08
ގދ ވާދޫ - ވާދޫ ސްކޫލުގައި އައު އިމާރާތެއް ޤާއިމު ކުރުމުގެ މަސައްކަތް ފެށީ ނިމުނު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން

ގދ ވާދޫ - ވާދޫ ސްކޫލުގައި އައު އިމާރާތެއް ޤާއިމު ކުރުމުގެ މަސައްކަތް ފެށީ ނިމުނު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން

ގދ. ވާދޫގައި ހުންނަ ޖަމާލުއްދީން ސްކޫލްގެ އައު އިމާރާތް ޤާއިމު ކުރުމުގެ މަސައްކަތް މަޑު ޖެހި، އެ މަސައްކަތް ކުރާ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަ ބޮޑުވެއްޖެ އެވެ.

ވާދޫ ސްކޫލުގައި އައު އިމާރާތެއް ޤާއިމު ކުރުމުގެ މަސައްކަތް ފެށީ ނިމުނު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުންނެވެ. ވާދޫ އިން ވާހަކަ ދެއްކި ރައްޔިތަކު ބުނީ، ކުރީ ސަރުކާރުގައި ފެށި އެ މަސައްކަތް ވަރަށް ބާރު ދުވެލީގައި ކުރިއަށް ދިޔަ ކަމަށެވެ. އަދި މަސައްކަތް ނިމޭނެ ކަމަށް އަންދާޒާ ކޮށްފައިވާ ތާރީޚަށްވުރެ ކުރިން، އެ މަސައްކަތް ނިމޭނެ ކަމަށް ވެސް ލަފާ ކުރެވުނު ކަމަށް އޭނާ ބުންޏެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް ވެރިކަން ބަދަލުވެ، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރު އައި ފަހުން އެ މަސައްކަތަށް މަޑު ޖެހުން އަންނަމުން ދިޔަ ކަމަށް އެ މީހާ ވަނީ ފާހަގަ ކޮށްފަ އެވެ. މަސައްކަތަށް މަޑު ޖެހެމުން އައިސް، މިދިޔަ ހަފުތާ އިން ފެށިގެން މަސައްކަތް އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. މަސައްކަތް ހުއްޓި، އެ މަޝްރޫއުގައި މަސައްކަތް ކުރަމުން އަންނަ މީހުން މަސައްކަތަށް ނުނިކުންނަނީ މުސާރަ ނުދޭތާ އެތައް ދުވަހެއް ވުމުން ކަމަށް ވެސް އޭނާ ބުންޏެވެ. އެގޮތުން ބައެއް މީހުންނަށް މުސާރަ ނުދޭތާ ހަތަރު ވަރަކަށް މަސް ދުވަސް ވެފައިވާ ކަމަށް އޭނާ ބުންޏެވެ.

މުސާރަ ނުދޭތީ މަސައްކަތަށް އައިސް ތިބި މީހުން މަދުވަމުން މަދުވަމުން ގޮސް، މިހާރު ތިބީ ގާތް ގަނޑަކަށް ފަސް ވަރަކަށް މީހުންނެވެ. އޭނާ ބުނީ އެމީހުން ވެސް މިހާރު ކުރަމުން އަންނަނީ ރަށު ތެރޭގައި އެކި އެކި ކަހަލަ މަސައްކަތް ހޯދައިގެން، އެ ތަންތަނުގެ މަސައްކަތް ކަމަށެވެ. އެހެން ނަމަވެސް، މީގެ ދެ ދުވަހެއް ކުރިން ސްކޫލް އައު އިމާރާތުގެ މަސައްކަތް ކޮންމެ ވެސް ވަރަކަށް ކުރަން ފެށި ކަމަށް ފާހަގަ ކުރި އެވެ. ނަމަވެސް އެފަދަ ބޮޑު މަޝްރޫއަކާ ބަލާއިރު، އެއީ މަސައްކަތް ކުރިއަށް ދާން ޖެހޭ ދުވެލި ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ރައީސް ޑޮކްޓަރު މުޢިއްޒުގެ ސަރުކާރު އައި ފަހުން ރަށް ރަށުގައި ތަރައްޤީގެ މަޝްރޫއުތައް ކުރިއަކަށް ނުދެ އެވެ. ކުރީ ސަރުކާރުން ރަށް ރަށުގައި ފަށާފައިވާ ތަރައްޤީގެ މަޝްރޫއުތައް ވެސް ހުއްޓިފައިވާ ކަމުގެ ކަންބޮޑުވުންތައް ރަށް ރަށުގެ ކައުންސިލުންނާއި، ރައްޔިތުން ވެސް އަންނަނީ ކުރަމުންނެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު