Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

ޖެސޫސްގެ ފަރާތުން އަބަދު ވެސް ފެންނަނީ ތަފާތު ރޫޙެއް: އާޓެޓާ

8 އޯގަސްޓު 2024 | ބުރާސްފަތި 06:03

އަބަދު ވެސް ޖެސޫސްގެ ފަރާތުން ފެންނަ ހިތްވަރާއި، އޭނާ ދައްކަމުން އަންނަ ރޫޙަކީ ތަފާތު ކަމެއް ކަމަށް އާޓެޓާ ސިފަ ކުރި އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 އޯގަސްޓު 2024 | ބުރާސްފަތި 06:03
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އަދި ޖެސޫސް

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އަދި ޖެސޫސް

އާސެނަލަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް، ގެބްރިއަލް ޖެސޫސްގެ ފަރާތުން އަބަދު ވެސް ފެންނަމުން އަންނަނީ ތަފާތު ރޫޙެއް ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

ވާދަވެރި މެންޗެސްޓަރ ސިޓީގައި ހުރުމަށްފަހު، އުމުރުން 27 އަހަރުގެ ކުޅުންތެރިޔާ އާސެނަލަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އާސެނަލާ އެކު އޭނާ ސޮއި ކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އާސެނަލާ އެކު ޖެސޫސް ވަނީ މިހާތަނަށް ދެ ސީޒަން ހޭދަކޮށްފަ އެވެ. ދެ ސީޒަންގެ ތެރޭގައި އޭނާ ވަނީ އާސެނަލަށް ކުޅެދިން 69 މެޗުގައި 19 ލަނޑު ޖަހައިފަ އެވެ. އާސެނަލްގައި ޖެސޫސް މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ އަކީ އާސެނަލްގެ ކޯޗު އާޓެޓާ އިސްކަން ދެމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ވެސް ކުޅުންތެރިޔެކެވެ.

ޖެސޫސްއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އާޓެޓާ ބުނީ، އޭނާ އެންމެ ފަހުން ވެސް ޖެސޫސް ފެނުމުން ތަފާތު އިޙުސާސެއް ކުރެވުނު ކަމަށެވެ. އަބަދު ވެސް ޖެސޫސްގެ ފަރާތުން ފެންނަ ހިތްވަރާއި، އޭނާ ދައްކަމުން އަންނަ ރޫޙަކީ ތަފާތު ކަމެއް ކަމަށް އާޓެޓާ ސިފަ ކުރި އެވެ. އަބަދު ވެސް އޭނާ އަށް އެކަން އިޙުސާސް ކުރެވޭކަން ފާހަގަކޮށް އާޓެޓާ ބުނީ، ޖެސޫސް އަކީ ތަފާތު ކުޅުންތެރިޔެއް ކަމަށެވެ.

އާސެނަލް އިން އަންނަ ސީޒަނަށް ތައްޔާރުވަމުން އަންނައިރު، ޖެސޫސްގެ ފަރާތުން އިތުރު ތަފާތު ކަންތައްތަކެއް ފެނިގެން ދާނެ ކަމުގެ އުންމީދު ވެސް އާޓެޓާ އަށް އޮވެ އެވެ. އާސެނަލްގެ އެހެން ކުޅުންތެރިންނެކޭ އެއް ފަދައިން ޖެސޫސް ވެސް ބޭނުން ވަނީ ޓީމަށް ކާމިޔާބު ހޯދައިދޭންކަން ފާހަގަކޮށް އާޓެޓާ ބުނީ، ޖެސޫސް އަކީ އޭނާ އަށް މުހިންމު ކުޅުންތެރިޔެއް ކަމަށެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

03 މެއި 2017

ފާއިތުވި ދެ އަހަރަށް ފަހު މޮނަކޯ ފެންނަނީ ތަފާތުކޮށް: އެލެގްރީ

03 މެއި 2017
ފާއިތުވި ދެ އަހަރަށް ފަހު މޮނަކޯ ފެންނަނީ ތަފާތުކޮށް: އެލެގްރީ
29 އެޕްރީލު 2017

ތަފާތު ބޮޑު ނަތީޖާއަކުން މުންޑޫ ބަލިކޮށް ކުނަހަންދޫ ފައިނަލަށް

29 އެޕްރީލު 2017
ތަފާތު ބޮޑު ނަތީޖާއަކުން މުންޑޫ ބަލިކޮށް ކުނަހަންދޫ ފައިނަލަށް
24 އެޕްރީލު 2017

އަލަށް ހަވާލުވި ކޯޗް ނަޒީހު އާއި އެކު ޔޫވީ ތަފާތު ދައްކައިފި

24 އެޕްރީލު 2017
އަލަށް ހަވާލުވި ކޯޗް ނަޒީހު އާއި އެކު ޔޫވީ ތަފާތު ދައްކައިފި
24 އެޕްރީލު 2017

އަބަދުވެސް ތައްޔާރުވަނީ މެޗަކަށްފަހު މެޗަކަށް: ސޮބާ

24 އެޕްރީލު 2017
އަބަދުވެސް ތައްޔާރުވަނީ މެޗަކަށްފަހު މެޗަކަށް: ސޮބާ
19 އެޕްރީލު 2017

ތަފާތު ބޮޑު ނަތީޖާއަކުން މެކާނޯގެ މައްޗަށް ކުޑަހެންވޭރު ކުރި ހޯދައިފި

19 އެޕްރީލު 2017
ތަފާތު ބޮޑު ނަތީޖާއަކުން މެކާނޯގެ މައްޗަށް ކުޑަހެންވޭރު ކުރި ހޯދައިފި
18 އެޕްރީލު 2017

އަބަދުވެސް ހިތް އޮންނާނީ ޗެލްސީގައި: ޓެރީ

18 އެޕްރީލު 2017
އަބަދުވެސް ހިތް އޮންނާނީ ޗެލްސީގައި: ޓެރީ
14 އެޕްރީލު 2017

ޔޫވީ އަކީ މުޅިން ތަފާތު ޓީމަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ: ނަޒީހު

14 އެޕްރީލު 2017
ޔޫވީ އަކީ މުޅިން ތަފާތު ޓީމަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ: ނަޒީހު
18 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ

18 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް