Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަބްދުއްރަޙީމް

އަބްދުއްރަޙީމް ޔާމީނަށް ކުރުދޮށިން ދީފި، ގޮވާލީ ކުޅަނދުރު ހަތައަށް އޮށްގާ ނުއުކުމަށް

ޖަލްސާގައި އަބްދުއްރަޙީމް ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ޔާމީނަށް އަމާޒު ކުރައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 އޯގަސްޓު 2024 | ބުދަ 06:32
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން އަދި ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމު އަބްދުﷲ (އަދުރޭ)

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން އަދި ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމު އަބްދުﷲ (އަދުރޭ)

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޕީއެންސީގެ ޗެއަރމަން އަދި ކުރިން ރައީސް ޔާމީނުގެ އެންމެ އަރިސްކޮށް އުޅުއްވާ އަބްދުއްރަޙީމް އަބްދުﷲ ވަރުގަދަ ބަހުގެ ޙަމަލާތަކެއް އަމާޒު ކުރައްވައިފިއެވެ.

އަންގާރަ ދުވަހުގެރޭ ޕީއެންސީން ބޭއްވި ޖަލްސާގައި އަބްދުއްރަޙީމް ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ޔާމީނަށް އަމާޒު ކުރައްވާފައެވެ.

Advertisement - newsAdvertisement

އަބްދުއްރަޙީމް ވިދާޅުވީ، އޭނާއަށް ނިސްބަތްކޮށް ދެކެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ބެލުމާމެދު މައްސަލައެއް ނެތް ކަމަށާއި، ނަމަވެސް ރައީސް ޔާމީނުގެ މައްޗަށް ކުރެވޭ ތުހުމަތުތައްވެސް ބަލަން ޖެހޭނެ ކަމަށެވެ.

އެގޮތުން ބަލާއިރު، ވެރިކަމުގެ ދައުރު ފުރިހަމަ ކުރައްވައި ރައީސް ޔާމީނު ފައިބާވަޑައިގެންނެވިއިރު 500 މިލިއަނުން އެކައުންޓުގައި ފައިސާ ހުރި ކަމަށާއި، އެއީ ކޮންތާކުން ހޯދި ފައިސާއެއްތޯ އަބްދުއްރަޙީމް ވަނީ ސުވާލު ކުރައްވާފައެވެ.

އެ ފައިސާގެ ތަފްސީލާއި ފައިސާ ހޯދި ގޮތް ރައްޔިތުންނަށް ކިޔައިދޭން ޖެހޭނެކަމަށްވެސް އަބްދުއްރަޙީމް ވިދާޅުވިއެވެ.

އަބްދުއްރަޙީމް ވަނީ ކުޅަނދުރު ހަތަޔަށް އޮއްގާ ނުއުކުމަށްވެސް ރައީސް ޔާމީނަށް ގޮވާލައްވާފައެވެ.

އެހެންނަމަވެސް މީގެ ކުރިން އަބްދުއްރަޙީމްވެސް ވަނީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ދައުވާތަކެއްކަމަށް އެތައް ފަހަރަކު ވިދާޅުވެފައެވެ.

އޭގެ އިތުރުން، އެމްއެމްޕީއާރްސީއާ ގުޅޭ ދައުވާތައް ރައީސް ޔާމީނުގެ މައްޗަށް ސާބިތު ކުރެވޭނެ އެއްވެސް ޤާނޫނީ ހަމައެއްވެސް ނޯންނާނެ ކަމަށް އަބްދުއްރަޙީމް ވިދާޅުވެފައިވެއެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
28 ޖެނުއަރީ 2017

ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި

28 ޖެނުއަރީ 2017
ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު