Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލާމަރުކަޒީ ނިޒާމް

ލާމަރުކަޒީ ނިޒާމް ފުނޑާލުމަކީ ޚުދުމުހުތާރު ވެރިކަމެއްގައި އަބަދުވެސް ފެންނާނެ ސިފަތައް - ޝަމާއު

މަސައްކަތްތައް ކުރުމުގެ ފުރުސަތު ނުދިނުން ފަދަ އުނދަނގޫތަކާއި ޕީޕީއެމްގެ ކުރީގެ ސަރުކާރުގައި ވެސް ދިމާވި ކަމަށް ޝަމާއު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 އޯގަސްޓު 2024 | ހޯމަ 18:17
އެމްޑީޕީން ހޯމަ ދުވަހުގެ ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގެ ތެރެެއިން

އެމްޑީޕީން ހޯމަ ދުވަހުގެ ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގެ ތެރެެއިން

ލާމަރުކަޒީ ނިޒާމް ފުނޑާލުމަކީ ޚުދުމުހުތާރު ވެރިކަމެއްގައި އަބަދުވެސް ފެންނާނެ ސިފަތައް ކަމަށް މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީން ހޯމަ ދުވަހުގެ ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ކައުންސިލް މެމްބަރުންގެ އަދަދު މަދުކުރުމާއި މެދު ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވަމުން ޝަމާއު ވަނީ އެއީ މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު ހުންނެވި ޕީއެންސީ، ޕީޕީއެމް ފިކުރުގެ ބޭފުޅުންނަށް ވެރިކަން ލިބޭ ކޮންމެ ފަަހަރަކު ފެނިގެންދާ މަންޒަރެއް ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމާއި މެދު މިހާރުގެ ރައީސް މުއިއްޒު ވާހަކަދައްކަވަނީ އެކި ފަހަރު އެކި ގޮތްގޮތަށް ކަމަށް ޝަމާއި ވިދާޅުވިއެވެ. ރައީސް މުއިއްޒު އަކީ ފަހުގެ ތާރީހުގައި އެންމެ ގިނަ ދުވަހު ހައުސިން މިނިސްޓްރީގައި މަސައްކަތްކުރެއްވި ބޭފުޅާ ކަމަށް ވާއިރު ވަޒީރު ކަމުގައި ހުންނަވައިގެން ވެސް، މީގެ ކުރިން ވެސް ރައީސް މުއިއްޒު ހުރިހާ ބާރެއް މުށުތެރެއަށް ޖަމާކުރަން އުޅުއްވި މަންޒަރު ދެކެވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެގޮތަށް މި ސަރުކާރުންވެސް ރައްޔިތުންގެ އަޑު އަހަން ބޭނުން ނުވާ ކަމަށާއި ރައްޔިތުންގެ މަޝްވަރާ ބޭނުން ނުވާ ކަމަށެވެ.

ލާމަރުކަޒީ ޤާނޫނަކީ އެންމެ ގިނަ އިސްލާހުތައް ގެނައި ޤާނޫނު ކަމަށް ވާއިރު އެ ބަދަލުތައް ޕީޕީއެމް، ޕީއެންސީން ގެނެސްފައި ވަނީ ކައުންސިލްތަކުގެ ބާރު ކަނޑުވާލަން ކަމަށް ޝަމާއު ވަނީ ވިދާޅުވެފައެވެ. އެގޮތުން ކައުންސިލްތަކަށް ޤާނޫނުތަކުން ލިބިދީފައި އޮތް ބާރުތައް ނަގާ، ކައުންސިލްތަކުގެ ބާރުވެރިކަން ކުޑަ ކުރުމަށް ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ވެސް މުއިއްޒު މަސައްކަތް ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. މުއިއްޒުގެ ހައުސިން މިނިސްޓަރކަމުގައި މާލެ ސިޓީ ކައުންސިލަށް ވެސް ދިމާވީ އެފަދަ ދަތިތައް ކަމަށް ޝަމާއު ވަނީ ފާހަގަކުރައްވާފައެވެ.

ގޭންގާއި ފުލުހުންގެ ބާރުގެ ބޭނުންކޮށްގެން ކައުންސިލްތަކަށް އުނދަނގޫތައް ކުރުވާ، ކައުންސިލުން ވަންނާނެ ތަނެއް ނެތް މިންވަރަށް ހާލަތު ގޯސްކޮށްލި ކަމަށް ޝަމާއު ވަނީ ވިދާޅުވެފައެވެ. މުސާރަތައް ކުޑަކުރުމާއި، މަސައްކަތްތައް ކުރުމުގެ ފުރުސަތު ނުދިނުން ފަދަ އެތައް އުނދަނގުލަކާއި އޭރުވެސް ކުރިމަތިލާން ޖެހުނު ކަމަށް ޝަމާއު ވިދާޅުވިއެވެ.

ރައްޔިތުން ތަމްސީލްކުރަން ގިނަ މީހުން ކައުންސިލްގައި ތިބެން ނުޖެހޭ ކަމަށާއި ކައުންސިލްގެ ސައިޒްކުޑަކުރަން ޤާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ދާދިފަހުން ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ގިނަ އަދަދެއްގެ ކައުންސިލަރުން ތިއްބެވުމުން ދައުލަތުގެ ބަޖެޓުން އެ ފަރާތްތަކަށް މުސާރަ ދިނުމަށް ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަަމަށެވެ. އެއީ އެންމެ އެކަށީގެންވާ ގޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ކައުންސިލްތައް ނުކަތާ މިންވަރަށް ބޮޑުވެފައިވާ ކަމަށާއި އެއީ ޚަރަދު ބޮޑު ނިޒާމެއް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން ރަށެއްގެ 300 މީހުން 500 މީހުންގެ ރަށެއްގައި 3 މީހުން 5 މީހުން ހޮވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ދަރުބާރު ފެކްޝަނުގެ ސަރުކާރަށް ލާމަރުކަޒީ ނިޒާމެއް ނުހިންގޭނެ: އަބްދުﷲ ޝާހިދު

ޕީޕީއެމްގެ ދަރުބާރު ފެކްޝަނުގެ ސަރުކާރަށް ލާމަރުކަޒީ ނިޒާމެއް ނުހިންގޭނެ: އަބްދުﷲ ޝާހިދު

21 އެޕްރީލު 2017
ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީއްސުރެ ލާމަރުކަޒީ ނިޒާމް އައީ ހަލާކުކުރަމުން: ޝިފާޒް

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީއްސުރެ ލާމަރުކަޒީ ނިޒާމް އައީ ހަލާކުކުރަމުން: ޝިފާޒް

21 އެޕްރީލު 2017
ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު

ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު

30 މާރިޗު 2017
ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު

ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު

17 މާރިޗު 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު