Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްއާރުސީއެމް

ނޫސްވެރިންނަށް އަނިޔާކޮށްފައިވާ މައްސަލަ ބަލަން އެޗްއާރުސީއެމުން ނިންމައިފި

ހައްޔަރުކުރި ނޫސްވެރިންނަށް ފުލުހުންވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 13 އޯގަސްޓު 2017 | އާދީއްތަ 07:30
 26 ޖުލައި 2017 ގައި ފުލުހުން ނޫސްވެރިން ހައްޔަރުކޮށްގެން ގެންދަނީ

26 ޖުލައި 2017 ގައި ފުލުހުން ނޫސްވެރިން ހައްޔަރުކޮށްގެން ގެންދަނީ

މިއަހަރުގެ ޖުލައި 26 ގައި އެމްޑީޕީ ހަރުގޭގައި ބޭއްއްވި ހަރަކާތެއް ކަވަރު ކުރަމުން ދިޔަ ނޫސްވެރިންނަށް އަނިޔާ ކޮށްފައި ވާތީ އެ މައްސަލަ ބަލަން ހިއުމަން ރައިޓްސް ކަމިޝަން އޮފް މޯލްޑިވްސް(އެޗްއާރުސީއެމް) އިން ނިންމައިފިއެވެ.

އެޗްއާރުސީއެމުން މިގޮތަށް ނިންމީ ރާއްޖެޓީވީގެ ނޫސްވެރިންނާއި އެހެން ސްޓޭޝަންތަކުގެ ނޫސްވެރިން ހައްޔަރުކޮށް، ރާއްޖެޓީވީގެ ކެމެރާ އާއި ލައިވް އިކިއުޕްމެންޓަށް ފުލުހުން ގެއްލުން ދިނުމުން އެކަން ބަލައިދިނުމަށް އެދި އެމުއައްސަސާއަށް ހުށައެޅި މައްސަލަ ބަލައިދިނުމަށް އެދުމުންނެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ 30 ޖުލައި 2017 ވަނަ ދުވަހު އެޗްއާރުސީއެމްއަށް ހުށައެޅި މައްސަލައިގެ ޖަވާބުގައި އެ މުއައްސަސާއިން ބުނެފައިވަނީ "2007 ޖުލައި 26 ވަނަ ދުވަހު ރާއްޖެޓީވީގެ 3 ނޫސްވެރިންނާއި އިތުރު ބައެއް ސްޓޭޝަންތަކުގެ ނޫސްވެރިން، ނޫސްވެރިކަން އަންގައިދޭ ކާޑު އަޅައިގެން އެމްޑިޕީ ހަރުގޭގެ ތެރޭގައި ތިއްބާ އެއްވެސް އިންޒާރެއް ދިނުމެއް ނެތި އެތަނަށް ވަދެ ނޫސްވެރިންގެ ތަކެއްޗަށް ގެއްލުންދީ ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށް ކަމިޝަނުން ނިންމާފައިވާ ވާހަކަ ދަންނަވާ ކަމަށެވެ."

އެމައްސަލަ އެޗްއާރުސީއެމުން ބަލާނީ "އެންޓި ޓޯޗާ ގާނޫނު 2013" ގެ ދަށުންނެވެ.

އެރޭ ނޫސްވެރިން ހައްޔަރު ކުރުމަށް ފަހު ފުލުހުން ބުނެފައި ވަނީ ހައްޔަރުކުރީ ފުލުހުންގެ ދައުރަށް ހުރަސް އެޅުމުން ކަމަށެވެ.

އެހެން ނަމަވެސް ފުލުހުން ރާއްޖެޓީވީގެ ޖާނަލިސްޓް މުރުޝިދު ހައްޔަރުކުރީ އޮން ކެމެރާގައި ލައިވްގައި ހުއްޓައެވެ. މަންޒަރު ފެނުނު ގޮތުގައި އެމްޑީޕީގެ ހަރުގެ ތެރޭގައި މުރުޝިދު ހުއްޓައި ފުލުހުން އައިސް މުރުޝިދު ކޮއްޕާލައި ލައިވް ކަނޑާލަން ވަނީ އަންގާފައެވެ .އަދި މުރުޝިދު ހައްޔަރު ކުރުމަށް ފަހު ފުލުހުން އަނިޔާކުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވެސް ވަނީ ދައުރުވެފައެވެ. މުރުޝިދަށް އެރޭ ފުލުހުން ދީފައިވާ އަނިޔާއަށް ފަރުވާ ހޯދުމަށް އޭނާ ވަނީ އަވައްޓެރި ސްރީލަންކާއަށް ގޮސް ފަރުވާ ވެސް ހޯދާފައެވެ.

ފުލުހުން އެރޭ ހައްޔަރު ކުރި ނޫސްވެރިންގެ ތެރޭގައި މުރުޝިދުގެ އިތުރުން ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމާއި ކެމެރާމަން އަހްމަދު މަމްދޫހު ހިމެނެއެވެ. އަދި އެކި މީޑިއާތަކުގެ ޖުމްލަ ހަތް ނޫސްވެރިން ފުލުހުން އެރޭ ހައްޔަރު ކުރިއެވެ. އެހެން ނަމަވެސް ފަހުން ވަނީ ހައްޔަރު ކުރި ނޫސްވެރިން ދޫކޮށްލާފައެވެ.

ރާއްޖެ ޓީވީން ވަނީ ފުލުހުންގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. ރާއްޖެޓީވީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެޓީވީގެ ނޫސްވެރިންނާއި އެހެން ސްޓޭޝަންތަކުގެ ނޫސްވެރިން ހައްޔަރުކޮށް، ރާއްޖެޓީވީގެ ކެމެރާ އާއި ލައިވް އިކުއިޕްމެންޓަށް ފުލުހުން ގެއްލުން ދިނުމުން އެކަން އިންތިހާއަށް ކުށްވެރިކުރާ ކަމަށެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު