Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިސަރުކާރުން ދޮގު ހެދުން

މި ސަރުކާރުން ފާޅުގައި ދޮގު ހަދަމުން ދަނީ ރައްޔިތުން ސިޔާސީ ނިޒާމާމެދު ފޫހިކޮށްލުމަށް: މެންބަރު މީކާއީލް

2 އޯގަސްޓު 2024 | ހުކުރު 11:31

މި ނިޒާމާމެދު ރައްޔިތުން ފޫހިކޮށްލުމުގެ ވަރަށް ރޭވުންތެރިކަމާމެދު ހަރަކާތްތަކެއް ހިންގާ

އަމްނާ އިމާދު
އަމްނާ އިމާދު | 2 އޯގަސްޓު 2024 | ހުކުރު 11:31
އެމްޑީޕީ ހަރުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވާހަކަދައްކަވަނީ

އެމްޑީޕީ ހަރުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ފާޅުގައި ދޮގު ހަދަމުން ދަނީ ރައްޔިތުން ސިޔާސީ ނިޒާމާމެދު ފޫހިކޮށްލުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި މެންބަރު މީކާއީލް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށްފަހު ރާއްޖެ މިހާރު އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ. މިސަރުކާރުގެ އަނިޔާވެރިކަން މި 8 މަސް ދުވަހުގެ ތެރޭގައި ނުފެނުނު ނަމަވެސް އެމަންޒަރު އަދި ފެންނާނެ ކަމަށް މެންބަރު މީކާއީލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މެންބަރު މީކާއީލް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ކަންކަމާއި ސިޔާސީ ޕާޓީތަކާ އަދި ސަރުކާރު ހިނގާ މި ނިޒާމާމެދު ރައްޔިތުން ފޫހިކޮށްލުމުގެ ވަރަށް ރޭވުންތެރިކަމާމެދު ހަރަކާތްތަކެއް ހިންގާ ކަމަށާއި، ޕީއެންސީގެ ހަރުގެ ޖަލްސާތަކުން އެކަން ސާބިތުވާ ކަމަށެވެ. އެއީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކަޅާ ހުދުން ސާފުކޮށް ފެންނަން ހުންނަ ކަންކަމުގައި ފާޅުކަން ބޮޑު ގޮތެއްގައި ދޮގު ހަދާ މަންޒަރު ފެންނަ ކަމަށާއި، އެއީ ރައްޔިތުން ސިޔާސީ ނިޒާމާމެދު ފޫކޮށްލުމަށް ކުރާ ކަމެއް ކަމަށް މެންބަރު މީކާއީލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް މިހައި ބޮޑަށް ދޮގު ހަދާ ސަރުކާރެއް ނާންނަ ކަމަށެވެ.

ރައީސް މުއިއްޒު ހައްދަވާފައިވާ ދޮގުތަކަށް އަލިއަޅުއްވާލައްވައި މެންބަރު މީކާއީލް ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވުމަށް ކުރީ ސަރުކާރުން ދީފައިވާ ފްލެޓާއި، ގޯތިތައް ދިންތާކުން ދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަން ވެސް އޮޅުވާލާފައިވާ ކަމަށެވެ. އޮކްޓޫބަރު މަހުގެ ތެރޭގައި ފުލެޓުތައް ދޫކުރާނެ ކަމަށް މިސަރުކާރުން ބުނި ނަމަވެސް އެ ބުނާ އޮކްޓޫބަރު މަސް ނާންނާނެ ކަމަށް މެންބަރު މީކާއީލް ވިދާޅުވިއެވެ. ޑޮލަރު ރޭޓް ދަށް ކުރާނެ ކަމަށް ވިދާޅުވި ނަމަވެސް މިހާރު ފެނިގެންދަނީ ކޮވިޑް-19ގެ ދަތިހާލުގައި ވެސް ޑޮލަރު ރޭޓު މައްޗަށް ނާރާ މިންވަރަށް ޑޮލަރު ރޭޓް މައްޗަށް އަރާ މަންޒަރު ކަމަށް މެންބަރު މީކާއީލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ވަޒީފާއިން ބިރު ނުދައްކާނެ ކަމަށް މިސަރުކާރުން ބުނި ނަމަވެސް އެމްޑީޕީގެ ޕޯޑިއަމްގައި ޤުރުއާން ކިޔަވައިދިނީތީ އެޗްޑީސީގައި މަސައްކަތް ކުރި މުވައްޒަފެއް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

މެންބަރު މީކާއީލް ވިދާޅުވީ ރައްޔިތުން ސިޔާސީ ނިޒާމަށް ފޫހިވާ މިންވަރަކަށް ސަރުކާރަށް ވައްކަން ކުރަން ފަސޭހަވާ ކަމަށާއި، ސަރުކާރަށް އެހެން ނާޖާއިޒް ފާއިދާތައް ހޯދަން ފަސޭހަވާ ކަމަށެވެ. އަދި މިކަންކަމަށް ފުރުސަތު ނުދިނުމަށް މެންބަރު މީކާއީލް ގޮވާލެއްވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް