Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފުވާދު ޝުކޫރު ޝަހީދުވުން

އިޒްރޭލުން ލުބުނާންގެ ވެރިރަށް ބެއިރޫތަށް ދިން ހަމަލާގައި ހަމާސް ގެ އިސް ކޮމާންޑަރަކު ޝަހީދުވެއްޖެ ކަމަށް އެ ޖަމާއަތުން ބުނެފި

31 ޖުލައި 2024 | ބުދަ 20:33

މި ހަމަލާގައި ޝަހީދު ވެފައިވަނީ އިސް ކޮމާންޑަރ ފުވާދު ޝުކޫރު ކަމަށް ހިޒްބުﷲ އިން ބުނެފައިވެއެވެ.

ރާއްޖެ އެމްވީ | 31 ޖުލައި 2024 | ބުދަ 20:33
ފުވާދު ޝުކޫރު އަވަހާރަކޮށްލާފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހު ބެއިރޫތަށް އިޒްރޭލުން ދިން ޑްރޯން ހަމަލާއެއްގަ

ފުވާދު ޝުކޫރު އަވަހާރަކޮށްލާފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހު ބެއިރޫތަށް އިޒްރޭލުން ދިން ޑްރޯން ހަމަލާއެއްގަ

އިޒްރޭލުން ލުބުނާންގެ ވެރިރަށް ބެއިރޫތަށް އަންގާރަ ދުވަހު ދިން ހަމަލާގައި ހަމާސް އިސް ކޮމާންޑަރަކު ޝަހީދުވެއްޖެ ކަމަށް އެ ޖަމާއަތުން ބުނެފިއެވެ.

ބެއިރޫތުގެ ދެކުނުގެ ސަރަހައްދެއްގައި ހުންނަ ހިޒްބުﷲ ގެ މަރުކަޒަކަށް ޑްރޯން ބޭނުން ކޮށްގެން ދިން ތިން މިސައިލް ހަމަލާ އަކީ ހިޒްބުﷲ ގެ ކޮމާންޑަރަކަށް އަމާޒު ކޮށް ދިން ހަމަލާ އެއް ކަމަށް އިޒްރޭލުން ބުނެފައިވެއެވެ.

އިޒްރޭލުން ހާމަ ކޮށްފައިވަނީ ހަމަލާ އަމާޒު ކުރި ކޮމާންޑަރަކީ އިޒްރޭލުން ހިފާފައިވާ ގޯލާން ހައިޓްސް އަށް ހޮނިހިރު ދުވަހު ދިން ހަމަލާގައި އިސް ދައުރެއް އަދާ ކުރި ފަރާތް ކަމަށެވެ.

ހޮނިހިރު ދުވަހުގެ ހަމަލާ އިޒްރޭލުން ހިޒްބުﷲ ގެ ބޮލުގައި އެޅުވި ނަމަވެސް އެ ޖަމާއަތުން ބުނެފައިވަނީ ހިޒްބުﷲ އާ ހަމަލާއާ ގުޅުމެއް ނެތް ކަމުގައެވެ.

އަންގާރަ ދުވަހުގެ ރޭ އިރާކޮޅު ބެއިރޫތަށް ދިން ހަމަލާގައި އިޒްރޭލުން ޓާގެޓް ކުރި ހިޒްބުﷲ ގެ ކޮމާންޑަރ މުހްސިން ޝުކޫރު ހަމަލާއިން ސަލާމަތްވި ކަމަށް އޭއެފްޕީ އާއި ރޮއިޓާސް އިން ކުރިން ބުނި ނަމަވެސް ބުދަ ދުވަހު ހިޒްބުﷲ އިން ވަނީ އޭނާ މި ހަމަލާގައި ޝަހީދުވެއްޖެ ކަމަށް ބުނެފައެވެ.

މުހުސިން ޝުކޫރު އަށް ފުއާދު ޝުކޫރު ގެ ނަމުންވެސް މުޚާތަބް ކުރޭވޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އޭނާ އަކީ ހިޒްބުﷲ ގެ އަސްކަރީ ބައިގެ އެންމެ އިސް އެއް ފަރާތް ކަމަށާއި އަދި ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ ގެ މުޝީރެއް ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

ފުއާދު ޝުކޫރަކީ އެމެރިކާ އިން ހޯދަން ބޭނުންވާ އަދި އޭނާ އާ ބެހޭ މައުލޫމާތު ދޭ ފަރާތަކަށް 5 މިލިއަން ޑޮލަރު ހުށަހަޅާފައިވާ ފަރާތެކެވެ. އެމެރިކާ އިން ބުނެފައިވަނީ ބެއިރޫތުގައި ހުރި އެމެރިކާގެ މެރިން ބެރެކްސް އަށް 1983 ވަނަ އަހަރު ދިން ހަމަލާ ގައި އިސް ދައުރެއް އަދާ ކުރީ ފުއާދު ޝުކޫރު ކަމަށެވެ. އެ ހަމަލާގައި 241 އެމެރިކާ ސިފައިން މަރުވެފައިވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހިޒްބުﷲ ގެ ޝޫރާ ކައުންސިލް ހުންނަ އާންމުން ދިރިއުޅޭ ބައިބޯ ހިސާބަކަށް އިޒްރޭލުން ދިން މިހަމަލާގައި އާންމުންގެ ހަތަރު މީހުން މަރުވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އެއްބަނޑު އެއްބަފާ ކުޑަ ދެކުދިންނާއި ދެ އަންހެނުން ކަމަށް ލުބުނާންގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. އިޒްރޭލުގެ މި ހަމަލާގައި ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް