އިޒްރޭލުން ހިފާފައިވާ މަޖްދަލް ޝަމްސަށް ދިން ރޮކެޓް ހަމަލާ އަކީ ހިޒްބުﷲ އިން ދިން ހަމަލާ އެއް ނޫން ކަމަށް އެ ޖަމާއަތުން ބުނެފި
އިޒްރޭލުން ބުނެފައިވަނީ މިއީ ހިޒްބުﷲ އިން ދިން ހަމަލާއެއް ކަމަށެވެ. މި ހަމަލާގައި 9 މީހުން މަރުވި ކަމަށް އިޒްރޭލުން ބުނެފައިވެއެވެ.

މަޖްދަލް ޝަމްސް - ލުބުނާނުގެ ބޯޑަރު ހުރަސްކޮށް ދިން ރޮކެޓް ހަމަލާއަށްފަހު
މަޖްދާލް ޝަމްސް އަށް ހޮނިހިރު ދުވަހު ހަވީރު ދިން ރޮކެޓް ހަމަލާތަކަކީ ހިޒްބުﷲ އިން ދިން ހަމަލާތަކެއް ނޫން ކަމަށް އެ ޖަމާއަތުގެ އިސް އޮފިޝަލެއް ކަމަށްވާ މުހައްމަދު އަފީފް ރޮއިޓާސް އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.
އިޒްރޭލުގެ ޑިފެންސް ފޯސް އިން ބުނެފައިވަނީ އުތުރު އިޒްރޭލަށް 30 ރޮކެޓް އެރި ކަމަށާއި، އެ ހަމަލާ އައީ ލުބުނާނުން ކަމަށާއި އެއީ ހިޒްބުﷲ އިން ދިން ހަމަލާއެއް ކަމަށެވެ.
އިޒްރޭލުން ހިފާފައިވާ ގޯލާން ހެއިޓްސްގެ މަޖްދާލް ޝަމްސް ގެ ފުޓްބޯޅަ ދަނޑަށް އެރި މިސައިލް ގެ ސަބަބުން 9 މީހުން މަރުވި ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެފައިވެއެވެ.
މި ހަމަލާ އާ ގުޅިގެން އިޒްރޭލް ގެ ބޮޑު ވަޒީރު ވަނީ އޭނާގެ އަސްކަރީ ސެކްރެޓަރީ ރޯމަން ގޮފްމަން އާ މަޝްވަރާ ކުރައްވާފައި ކަމަށް ނަތަންޔާހޫގެ އޮފީހުން އެކްސް ގައި އާންމު ކުރި ބަޔާނެއްގައި ބުނެފައިވެއެވެ.




