Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސެންޑާސްގެ ބަހުގެ ހަމަލާތަކެއް ނަތަންޔާހޫ އަށް

ނަތަންޔާހޫ އަކީ މުޖްރިމެއް އެކަންޏެއް ނޫން އެއީ ބޮޑު ދޮގުވެރިއެއް: އެމެރިކާގެ ސެނެޓަރ ބާރނީ ސެންޑާސްގެ

ސެންޑާސް އަކީ ނަތަންޔާހޫގެ ތަގްރީރް ބޮއިކޮޓް ކުރެއްވި ސެނެޓްގެ މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރެކެވެ.

ރާއްޖެ އެމްވީ | 25 ޖުލައި 2024 | ބުރާސްފަތި 15:25
ވޮޝިންޓަންގައި ހުންނަ ޔޫއެސް ކެޕިޓަލް ކައިރީގައި ފަލަސްތީނަށް ތާއީދުކުރާ މުޒާހަރާއެއްގައި އެކްޓިވިސްޓުން ބައިވެރިވަނީ

ވޮޝިންޓަންގައި ހުންނަ ޔޫއެސް ކެޕިޓަލް ކައިރީގައި ފަލަސްތީނަށް ތާއީދުކުރާ މުޒާހަރާއެއްގައި އެކްޓިވިސްޓުން ބައިވެރިވަނީ

އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުގައި އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ބުދަ ދުވަހު ދެއްވި ތަގުރީރާ ގުޅިގެން ސެނެޓަރ ބާނީ ސެންޑާސް ގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ނަތަންޔާހޫ އަށް ދީފިއެވެ.

އެމެރިކާގެ ސެނެޓްގައި މިނިވަން މެމްބަރެއްގެ ގޮތުގައި ވާރމޮންޓް ތަމްސީލް ކުރައްވާ ސެންޑާސް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ފަލަސްތީނުގެ ހާލަތާ ބެހޭ ގޮތުން އެމެރިކާގެ ސެނެޓް ގައި ނަތަންޔާހޫ އިތުރުފުޅު ހައްދަވައިގެން ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ލިޔުއްވާފައިވެއެވެ.

އެމެރިކާގެ ކޮންގްރެސްގައި ނަތަންޔާހޫ ދެއްކެވި ވާހަކަ ފުޅުގައި އޭނާގެ ހައްދުފަހަނަ އެޅި ސަރުކާރުން ގާޒާ ގައި ހިންގާމުންދާ ގަތުލުއާއްމު ވަރަށް ބޮޑަށް ދިފާއު ކުރައްވާފައިވެއެވެ. ނަތަންޔާހޫގެ ތަގުރީރަށް ކޮންގްރެސްގެ މެމްބަރުންގެ ތަރުހީބު ލިބިވަޑައިގަތަސް އިމާރާތުގެ ބޭރުގައި އެތައް ހާސް އާންމުން ގެންދިޔައީ ނަތަންޔާހޫ އާ ދެކޮޅަށް މުޒާހަރާ ކޮށް އެނާ އަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށް ގޮވަމުންނެވެ.

ޚާއްސަ ކޮށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން، ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމުގެ އަމުރެއް ނެރުމަށް މަސައްކަތް ކުރަމުންދާ ފަރާތަކުން އެމެރިކާގެ ޑިކޮކްރަސީގެ އެންމެ މުހިންމު އެއް މުއައްސަސާގައި ތަގުރީރު ކުރުމުގެ ފުރުސަތު ދިނުމުންވެސް މީހުން ވަނީ ރުޅި އައިސް ފާޑު ކިޔާފައެވެ.

ނަތަންޔާހޫ ދެއްވި ތަގުރީރުގައި ގާޒާގެ އިންސާނީ ހާލަތުގެ ވާހަކަ އަށް ބީރު ކަންފަތެއް ދެއްވުމަށް ފަހު، ގާޒާ އަށް ފޯރުކޮށްދޭ އެހީގެ ކަންކަމަށް ހުރަސް ނާޅާ ކަމަށް ވިދާޅުވިއެވެ. ނަތަންޔާހޫ ސެނެޓް އާއި ކޮންގްރެސްގެ ޖޮއިންޓް ސެޝަން ގައި ގޮވާލެއްވީ އިޒްރޭލަށް ފޮނުވަން ހުރި ހަތިޔާރު ފޮނުވުމުގެ ކަންކަން އަވަސް ކޮށްދެއްވުމަށެވެ.

ސެންޑާސް އަކީ ނަތަންޔާހޫގެ ތަގްރީރް ބޮއިކޮޓް ކުރެއްވި ސެނެޓްގެ މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރެކެވެ.

އަންގާރާ ދުވަހު ސެނެޓްގައި ސެންޑާސް ވަނީ ނަތަންޔާހޫގެ ސެޝަން ބޮއިކޮޓް ކުރައްވާ ސަބަބު ވިދާޅުވެފައެވެ. އޭނާ އެ ދުވަހު ސެނެޓް ތަޅުމުގައި ވިދާޅުވީ އިޒްރޭލުން ވަނީ ބައިނަލް އަގްވާމީ ގާނޫނުތަކަށާއި އެމެރިކާގެ ގާނޫނު ތަކުގެ މައްޗަށާއި އަދި އާންމު އިންސާނީ އަޚްލާގީ މިންގަނޑުތަކުގެ މައްޗަށް ފައިން އަރާފައި ކަމުގައެވެ. އެހެން ކަމުން ނަތަންޔާހޫ އަށް އެމެރިކާގެ ސެނެޓަށް ދައުވަތު ދީގެން ނުވާނެ ކަމަށް ވެސް ސެންޑާސް ވިދާޅުވިއެވެ.

ސޭންޑާސް ވިދާޅުވީ، ގާޒާ އިން ފެންނަނީ ފަހުގެ ތާރީޚްގައި ދުނިޔޭން ފެންނަ އެންމެ ބޮޑު އިންސާނީ ކާރިސާ ކަމަށާއި އެހާލަތައް ގާޒާ ދިއުމުގައި އެމެރިކާގެ ޓެކްސް ފައިސާ އާއި އެމެރިކާގެ ހަތިޔާރު އެހީވެދީފައިވާ ކަމުގައެވެ.

ނަތަންޔާހޫ އަކީ ކަނާތުފިޔައިގެ ހައްދުފަހަނަ އެޅި ފިކުރުގެ މީހެއް ކަމަށާއި، އެނާ އަކީ ހަނގުރާމައިގެ މުޖްރިމެއް ކަމަށާއި، މުޅި ހަޔާތް ހޭދަ ކޮށްފައިވަނީ ފަނާ ކުރުމަށާއި، އިޒްރޭލް އާއި ފަލަސްތީނު ދެ ދައުލަތެއްގެ ގޮތުގައި ގާއިމް ކުރުމަށް ކުރެވޭ އުއްމީދު ނައްތާލުމަށާއި ސުލްހައިގެ ދޮރު ބަންދު ކުރުމަށް ކަމަށް ސެންޑާސް ވިދާޅުވިއެވެ.

އެމެރިކާގެ ސެނެޓަރ، ބާނީ ސެންޑާސްބެންޖަމިން ނަތަންޔާހޫއިޒްރޭލްއެމެރިކާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު