Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔޫސުފް މާނިއު މުހައްމަދު

މަޤާމުން އިސްތިއުފާ ދިނީ ވަޒީފާގެ މަސްއޫލިއްޔަތެއް ނެތި ބޮޑު މުސާރައެއް ނަގަން ބޭނުން ނުވާތީ: މާނިއު

25 ޖުލައި 2024 | ބުރާސްފަތި 08:42

ކޮމިޝަނަރުގެ މަޤާމުން ކުއްލި ގޮތަކަށް ވަކި ކުރެއްވުމުން ހައިރާންކަމެއް ލިބިލެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 ޖުލައި 2024 | ބުރާސްފަތި 08:42
މާނިއު ކަސްޓަމްސްގެ ސީޖީއަކަށް އައްޔަންކުރެއްވި ދުވަހު ފަތްކޮޅު އަރުވަނީ

މާނިއު ކަސްޓަމްސްގެ ސީޖީއަކަށް އައްޔަންކުރެއްވި ދުވަހު ފަތްކޮޅު އަރުވަނީ

ސްޓޭޓް މިނިސްޓަރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވީ ވަޒީފާގެ މަސްއޫލިއްޔަތެއް ނެތި ބޮޑު މުސާރައެއް ނަންގަވަން ބޭނުން ނުވާތީކަމަށް ކުރީގެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ފަހުން ބަދަލުކުރެއްވި ޔޫސުފް މާނިއު މުހައްމަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްގެ މަގާމަށް މާނިއު އައްޔަންކުރެއްވީ 20 ނޮވެމްބަރު 2023 ގައެވެ. ‏މި މަޤާމަށް ޔޫސުފް މާނިޢު މުޙައްމަދު އައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ. ނަމަވެސް ދާދި ފަހުން މަޖިލީހުގެ ކޮމިޓީގައި މާނިއު ދެއްކި ބައެއް ވާހަކަތަކަށް އާންމުންގެ ފާޑުކިއުންތައް އަމާޒުވެ، ކަސްޓަމްސްއިން އަމަލުކުރަމުން އަންނަ ބައެއް އުސޫލުތަކަށް ބަދަލު ގެންނަވާ ވާހަކަ ދެއްކެވި ފަހުން މާނިއު ވަނީ ކުއްލި ގޮތަކަށް އެ މަގާމުން ވަކިކުރައްވާފައެވެ.

Advertisement - newsAdvertisement

އަދި މާނިއު އައްޔަންކުރެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށެވެ. މާނިއު ކަސްޓަމްސްއިން ވަކިކުރި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެއެވެ. ސަރުކާރުން ބުނެފައިވަނީ މާނިއު ކަސްޓަމްސްގެ ސީޖީކަމުން ވަކިކޮށް ހޯމްލޭންޑަށް ބަދަލުކުރެއްވީ ރައީސްއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ. އޭނާ ބަދަލުކުރެއްވީ 22 ޖުލައިގައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން މާނިއު ވިދާޅުވީ، ކޮމިޝަނަރުގެ މަޤާމުން ކުއްލި ގޮތަކަށް ވަކި ކުރެއްވުމުން ހައިރާންކަމެއް ލިބިލެއްވި ކަމަށާއި، އެ ބަދަލު ގެންނެވީ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ.

އޭގެ އިތުރުން، ހޯމް މިނިސްޓްރީގައި މިހާރުވެސް 6 ވަރަކަށް ސްޓޭޓް މިނިސްޓަރުން ތިއްބަވާއިރު، އެހައި ގިނަ ސްޓޭޓް މިނިސްޓަރުން ކުރައްވަން މަސައްކަތްތައްވެސް ނުހުންނާނެކަން މާނިއު ފާހަގަ ކުރެއްވިއެވެ.

މާނިއު ވިދާޅުވީ އިސްތިއުފާ ދެއްވީވެސް އެ ސަބަބާހުރެ ކަމަށެވެ. އެގޮތުން އިސްތިއުފާ ދެއްވީ މަޤާމުގެ މުސާރަ "ޙަލާލުވާ މިންވަރުގެ" މަސްއޫލިއްޔަތުތަކެއް ނެތުމުންކަމަށް މާނިއު ވިދާޅުވިއެވެ.

ވަކިން ޚާއްސަކޮށް ސަރުކާރުގެ ވިސްނުމަކީ ހަރަދުކުޑަކުރުން ކަމަށްވާއިރު، 20،000 ރުފިޔާގެ މުސާރައެއްދީގެން ކުރެވެން އޮތް މަސައްކަތެއް ކުރަން 45،000 ރުފިޔާ ދީފައި ސްޓޭޓް މިނިސްޓަރުންތަކެއް އައްޔަން ކުރުން އެއީ އެއީ ޒަމީރު ޤަބޫލު ކުރައްވާކަމެއް ނޫންކަމަށްވެސް މާނިއު ވިދާޅުވިއެވެ.

ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދުރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
25 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި
23 ސެޕްޓެމްބަރު 2025

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!

23 ސެޕްޓެމްބަރު 2025
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!
21 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން

21 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން
15 ސެޕްޓެމްބަރު 2025

ދައުރުން ބޭރު ޖަލްސާއެއް އަންގާރަ ދުވަހަށް ވެސް ތާވަލް ކޮށްފި، ޖަލްސާގެ އެޖެންޑާ އަދި ހާމައެއް ނުކުރޭ

15 ސެޕްޓެމްބަރު 2025
ދައުރުން ބޭރު ޖަލްސާއެއް އަންގާރަ ދުވަހަށް ވެސް ތާވަލް ކޮށްފި، ޖަލްސާގެ އެޖެންޑާ އަދި ހާމައެއް ނުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް