Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު

އިނގިރޭސި ޕްރިމިއާ ލީގު: ލިވަޕޫލް އަދި ވެޓްފޯޑްގެ މެޗު އެއްވަރުވެގެން ނިމިއްޖެ.

މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ވަނީ ފެނިގެން ގޮސްފަ.

| 12 އޯގަސްޓު 2017 | ހޮނިހިރު 15:54
ލިވަޕޫލުގެ އެމްެރޭ ކޭން ވެޓްފޯޑްގެ ގޯލަށް ހަމަލާއެއް އަމާޒުކުރަނީ

ލިވަޕޫލުގެ އެމްެރޭ ކޭން ވެޓްފޯޑްގެ ގޯލަށް ހަމަލާއެއް އަމާޒުކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ލިވަޕޫލާއި ވެޓްފޯޑް ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ލިވަޕޫލް އަދި ވެޓްފޯޑް ބައްދަލު ކުރި މި ފޯރިގަދަމެޗު އެއްވަރުވީ 3-3 ގެ ނަތީޖާއިންނެވެ.

ވެޓްފޯޑްގުގެ އަމިއްލަ ދަނޑުގައި ކުޅެވުނު މި މެޗުގައި ދެޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، މި މެޗުގެ ވަރަށް ކުރީކޮޅު ވެޓްފޯޑުން ވަނީ ލަނޑުޖަހާ ލީޑުނަގާފައެވެ. ހޮލީބަސްގެ އެހީތެރިކަމާއެކު މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ސްޓެފާނޯ އޮކާކާއެވެ.

ސެޓެފާނޯ އޮކާކާގެ ލަނޑުން ވެޓްފޯޑް ލީޑުނަގާފައި ވަނިކޮށް މެޗުގެ 29 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 29 ވަނަ މިނެޓުގައި އެމެރޭ ކޭންގެ އެހީތެރިކަމާއެކު މި ލަނޑު ޖަހައިދިނީ މަނޭއެވެ.

ވެޓްފޯޑުން ދެވަނަ ފަހަރަށް މެޗުގެ ލީޑުނަގާފައި ވަނީ 32 ވަނަ މިނެޓުގައި ފްރާންސްގެ މިޑްފީލަޑަރ އަބްޑޯލާއޭ ޑޮކޯރާއެވެ.

ވެޓްފޯޑް ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ގެ ކުޅުން ނިމުނުއިރު، މެޗުގެ ފަހުހާފު ފެށިގެން މާ ގިނައިރުތަކެއް ނުވަނީސް ލިވަޕޫލުން ވަނީ ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ދެވަނަ ލަނޑުޖަހާ މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަ ކޮށްފައެވެ. މި ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ރޮބާޓޯ ފާމީނިއޯއެވެ.

މި ލަނޑަށް ފަހު ލިވަޕޫލުގެ ކުޅުން އިތުރަށް ރަނގަޅުކުރިއިރު އެޓީމުގެ ތިންވަނަ ލަނޑު ޖަހާ ލީޑުނެގީ މެޗުގެ 57 ވަނަ މިނެޓުގައި ލިވަޕޫލާ އަލަށް ގުޅުނު މޮހަމެޑް ސަލާއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ފާމީނިއޯ ދިން ރީތިޕާހެއް ގޯލްތެރެއަށް ވައްދާލައިގެންނެވެ.

ސަލާގެ މި ލަނޑާއެކު ލިވަޕޫލް ލީޑުގައި އޮވެ މެޗު ނިމެންދަނިކޮށް މެޗުގެ އެންމެ ފަހު މިނެޓުގައި ވެޓްފޯޑުން ވަނީ ލަނޑެއްޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އުރުގުއޭ ޑިފެންޑަރ މިގޭލް ބްރިޓޮސްއެވެ.

ދެޓީމް އެއްވަރުވެގެން މެޗު ނިމުނު އިރު މި މެޗަކީ މި ދެޓީމު ވެސް މިފަހަރުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުކަން ފާހަގަ ކޮށްލެވެއެވެ.

ލިވަޕޫލުން ދެން އެންމެ އަވަހަށް ކުޅޭނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފްގައި ޖަރުމަނުގެ ހޮފެންހެއިމްއާ ދެކޮޅަށް މިމަހުގެ 15 ގައި ކުޅޭ މެޗެވެ. އަދި ވެޓްފޯޑް ދެން ބައްދަލުކުރާނީ ރަށުންބޭރުގައި އޭއެފްސީ ބޯންމައުތްއާއެވެ. މި މެޗު ކުޅޭނީ އަންނަ ހަފްތާ ހޮނިހިރު ދުވަހުއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު