Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަމީތާއި ސައުދު ހައްޔަރު ކުރުނ

އަމީތާއި ސައުދުގެ ބަންދަށް އިތުރު ހަތަރު ދުވަސް

12 އޯގަސްޓު 2017 | ހޮނިހިރު 13:42

ކުރިއަށް އޮތް ހަތަރު ދުވަސް ތެރޭގައި މައްސަލަ ޕީޖީއަށް ފޮނުވަން އަމުރުކޮށްފައިވޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 12 އޯގަސްޓު 2017 | ހޮނިހިރު 13:42
މެމްބަރު އަމީތު ފުލުހުންގެ ލޯންޗަށް އަރާވަޑައިގަންނަވަނީ

މެމްބަރު އަމީތު ފުލުހުންގެ ލޯންޗަށް އަރާވަޑައިގަންނަވަނީ

މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ބަންދަށް ހަތަރު ދުވަސް އިތުރު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އެ ދެ މެމްބަރުންގެ ބަންދުގެ މުއްދަތު ހޮނިހިރު ދުވަހު އިތުރުކޮށްފައި ވަނީ އެމީހުން ބަންދުގައި ބަހައްޓަން މީގެކުރިން އަމުރު ކޮށްފައިވާ 15 ދުވަސް ހަމަ ވުމުން އިތުރަށް ބަންދުގައި ބަހައްޓައިދޭން ފުލުހުން ކޯޓުގައި އެދުމުންނެވެ.

Advertisement - newsAdvertisement

އަމީތާއި ސައުދުގެ ބަންދަށް ހަތަރު ދުވަސް އިތުރު ކުރި ނަމަވެސް އެ ދެ މެމްބަރުންގެ ދިފާއީ ވަކީލުން ވިދާޅުވީ ފުލުހުން ކޯޓުގައި އެދުނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމުގެ އަމުރެއް ނެރެދިނުމަށް ކަމަށެވެ.

" އެހެން ނަމަވެސް އެ ފަރާތްތަކުގެ ވާހަކަތަކަށް ބައްލަވާ ފަނޑިޔާރު ނިންމެވީ އެގޮތަށް ބަންދުގައި ބެހެއްޓެން ނެތް ކަމަށް. އަދި މައްސަލަ ޕީޖީއަށް ވެސް ފޮނުވާފައިނުވާތީއާ އެއްކޮން ހަތަރު ދުވަހުގެ މުއްދަތައް ބަންދު ކުރުމަށް. އަދި އެއާއެކު އަމުރު ކުރެއްވި މި މުއްދަތުގެ ތެރޭގައި މައްސަލަ ޕީޖީ އަށް ފޮނުވަން،" އަމީތުގެ ދިފާއީ ވަކީލް އަލީ ޒާހިރު ވިދާޅުވި އެވެ.

އަމީތު ހައްޔަރު ކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ރެ އެވެ. އޭނާ ހައްޔަރު ކުރީ ގޭގައި ހުންނަވަނިކޮށް ފުލުހުން އެގެއަށް ގޮހެވެ.

އަމީތު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ، ހައްޔަރުކުރުމަށް އަމުރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީޙުންކަނޑައަޅާފައިވާ ބަޔަކު، ފުލުހުންގެ ސަފުތައް ފަޅާލައިރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގެންފައި ވާތީ އެވެ.

ސައުދު ހައްޔަރު ކޮށްފައިވަނީ އޭނާ ހޯދުމަށް ފުލުހުން އިއުލާން ކުރުމުން އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރުވުމުންނެވެ. އޭނާގެ މައްޗަށް ވެސް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ނޫން ގޮތުގައި ހުންނަވަ އި މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގަތުމެވެ.

މިމަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހުގެ އިދާރާއަށް ވަން ކަމަށް ބުނެ މަޖިލީހުގެ އިދިކޮޅު ބައެއް މެންބަރުން ދަނީ ފުލުސް އޮފީހަށް ހާޒިރު ކުރަމުންނެވެ.

އަމީތާއި ސައުދުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ. އޭނާގެ ބަންދަށް ވެސް 15 ދުވަސް ހަމަވުމުން އިތުރު ހަތަރު ދުވަސް ވަނީ އިތުރު ކޮށްފަ އެވެ. ސައުދާއި އަމީތުގެ އިތުރުން ވަހީދުގެ ބަންދަށް 15 ދުވަސް އިތުރު ކޮށްފައިވާ މައްސަލަ ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އަމީތާއި ސައުދުގެ އަޑުއެހުންތައް ވަނީ ފަށާފަ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް