Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޓަރނެޓްގެ އަގު

އިންޓަރނެޓްގެ އައު ސިޔާސަތު މެއި 27 ގައި އިއުލާން ކުރަން ފަސްކޮށްފި

ސަރުކާރުގެ އައު ސިޔާސަތުތައް މެއި މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރު އިއުލާން ކުރާނެ ކަމަށް ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 25 މެއި 2021 | އަންގާރަ 07:14
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ

އިންޓަރނެޓްގެ ޚިދުމަތާ ގުޅޭ ސަރުކާރުގެ އައު ސިޔާސަތުތައް 27 މެއި 2021 ވާ ބުރާސްފަތި ދުވަހު އިއުލާން ކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޓަރނެޓްގެ ޚިދުމަތާ ގުޅޭ ސަރުކާރުގެ އައު ސިޔާސަތުތައް މެއި މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރު އިއުލާން ކުރާނެ ކަމަށެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، އިންޓަނެޓް އަގުހެޔޮކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވަނީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާ ފެށިގެން އައި އިރާ އަޅާބަލާއިރު މިހާރު ގިނަ ކަންތައްތަކެއް ރަނގަޅުވެ ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވާފައެވެ. އެެހެންނަމަވެސް އަދިވެސް ރަނގަޅުކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖެއާއި ބޭރުދުނިޔެއާއި ސަބްމެރީން ފައިބަރ އޮޕްޓިކް ކޭބަލުން ގުޅާލުމުގެ އިތުރުން، ރާއްޖޭގެ އެތެރޭގައި ވެސް މިވަނީ ފައިބަރ ނެޓްވަރކްތައް ޤާއިމުކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ އަދިވެސް ރަނގަޅުކުރަން ޖެހޭ ކަންތައްތައް ގިނަ ކަމަށެވެ. އެގޮތުން އިންޓަނެޓުގެ އަގާއި ފެންވަރަކީ އެކަމަކާ މެދު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް އެއް ކަންތައް ކަމަށެވެ. އެހެންވެ އެކަމަށް ރިއާޔަތްކޮށް އިންޓަރނެޓް ޚިދުމަތުގެ އަގުތަކާއި ފެންވަރަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ޓެކްނޮލޮޖީ މިނިސްޓަރ ކަމަށް އަލަށް އައްޔަންކުރައްވާފައިވާ ޝައުނާ މިހެން ވިދާޅުވި އިރު، އެއީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. މި ސަރުކާރުގައި އެ މިނިސްޓްރީއާ އެންމެ ފުރަތަމަ ހަވާލުވެ ހުންނެވި މަލީހް ޖަމާލް ވެސް ވަނީ ތަކުރާރުކޮށް ހަމަ އެހެން ވިދާޅުވެފައެވެ. އެހެންނަމަވެސް ވެރިކަމަށް ތިން އަހަރު ވީ އިރުވެސް އެކަމުގެ އެއްވެސް އަލިމަގެއް ނުފެނި އާންމުންގެ ވަރަށް ބޮޑެތި ފާޑުކިޔުން ވަނީ އެމަނިކުފާނަށް އަމާޒުވެފައެވެ. އެންމެ ފަހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ވަކިކުރީ ވެސް އެފަދަ މައްސަލަތަކުގައެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭއާއި ބޭރުދުނިޔެއާއި ގުޅުވާލަދޭ އިތުރު ސަބްމެރީން ކޭބަލްތައް ކުރިމަގުގައި ޤާއިމުކުރުމަކީ ވެސް މުވާސަލާތީ ޚިދުމަތްތަކުގެ އަގުތަކާއި ފެންވަރަށް ހެޔޮބަދަލުތައް ގެނައުމަށްޓަކައި ސިޔާސަތުތަކުގެ ތެރެއިން ކުރެވެމުންދާ މަސައްކަތެއް ކަމަށެވެ. އެ ބަދަލުތަކުގެ ހެޔޮ އަސަރު ދިވެހި އިޤްތިސާދަށް ލިބި، ދިވެހިން އެދޭ ތަރައްގީ ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އިންޓަރނެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިރިއުޅޭ ގޭތެރެއަކީ ކުދިންނަށް ރައްކާތެރި ތަނަކަށް ހެދުން މުހިންމު!

ދިރިއުޅޭ ގޭތެރެއަކީ ކުދިންނަށް ރައްކާތެރި ތަނަކަށް ހެދުން މުހިންމު!

04 ނޮވެމްބަރު 2025
ދުނިޔެ އިން އައިޓީ ޚިދުމަތް ކެނޑުނީ ކީއްވެ؟ ތަޖުރިބާކާރުން ބުނަނީ މުޅިން ހައްލުވާން ހަފްތާތަކެއް ނަގާނެ ކަމަށް!

ދުނިޔެ އިން އައިޓީ ޚިދުމަތް ކެނޑުނީ ކީއްވެ؟ ތަޖުރިބާކާރުން ބުނަނީ މުޅިން ހައްލުވާން ހަފްތާތަކެއް ނަގާނެ ކަމަށް!

20 ޖުލައި 2024
ހަމައެއްލަމައެއް ނެތި އިންޓަރނެޓް ދޫކުރިހެން އޭއައި ދޫކުރަންވެއްޖެއްޔާ ދެން ވާނީ ކިހިނެއް؟

ހަމައެއްލަމައެއް ނެތި އިންޓަރނެޓް ދޫކުރިހެން އޭއައި ދޫކުރަންވެއްޖެއްޔާ ދެން ވާނީ ކިހިނެއް؟

27 އެޕްރީލު 2024
އިންޓަނެޓަށް ހެޔޮ ބަދަލެއް، ޚިދުމަތުގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަނީ

އިންޓަނެޓަށް ހެޔޮ ބަދަލެއް، ޚިދުމަތުގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަނީ

17 ޖުލައި 2023
ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަނެޓާއި ދިރާގު ޓީވީގެ ޚިދުމަތް މ. ވޭވަށަށް

ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަނެޓާއި ދިރާގު ޓީވީގެ ޚިދުމަތް މ. ވޭވަށަށް

01 އޯގަސްޓު 2022

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު