Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަނުން އިޒްރޭލަށް ހަމަލާދިނުން

ޔަމަނުގެ އަސްކަރިއްޔާ އިން ތެލް އަވީވަށް ދިން ޑްރޯން ހަމަލާ އާއެކު އިޒްރޭލު ސިއްސުވާލައިފި

ހުކުރު ދުވަހު ދިން މި ހަމަލާގައި އެކަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޔަމަންގެ އަސްކަރިއްޔާގެ ތަރުޖަމާނު ބުނެފައިވަނީ، އިތުރު ހަމަލާތައް ދޭނެ ކަމަށާއި ތެލް އަވީވް އަކީ ރައްކައުތެރި ސަރަހައްދެއްގެ ގޮތުގައި ނުބެލުމަށް އަންގާ އިއުލާން ކުރާ ކަމަށެވެ.

ރާއްޖެ އެމްވީ | 19 ޖުލައި 2024 | ހުކުރު 09:24
19 ޖުލައި 2024 ގައި ޓެލް އަވީވް އަށް ދިން ޑްރޯން ހަމަލާ - ސީން އިސްރާއީލުގެ އަސްކަރިއްޔާއިން ބަލާފާސްކުރަނީ

19 ޖުލައި 2024 ގައި ޓެލް އަވީވް އަށް ދިން ޑްރޯން ހަމަލާ - ސީން އިސްރާއީލުގެ އަސްކަރިއްޔާއިން ބަލާފާސްކުރަނީ

ޔަމަނުގެ އަސްކަރިއްޔާ އިން އިޒްރޭލުގެ ވެރިރަށް ތެލްއަވީވަށް ދިން ޑްރޯން ހަމަލާއާ އެކު އިޒްރޭލު ސިއްސުވާލައިފިއެވެ.

އިޒްރޭލުގެ އެއަރ ޑިފެންސް ސިސްޓަމް ފޫއަޅުވާލުމަށް ފަހު ހުކުރު ދުވަހު ދިން މި ހަމަލާ އަމާޒުވީ ތެލްއަވީވް ގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް އޮފީސް ކައިރިއަށް ކަމަށް ޚަބަރުތައް ބުނެއެވެ.

ޔަމަންގެ ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސާރީ ވަނީ ތެލް އަވީވް އަށް ހަމަލާ ދިން ކަން ކަށަވަރު ކޮށްދީފައެވެ.

ޔަމަންގެ އަސްކަރިއްޔާގެ ފަރާތުން ޔަހްޔާ ސާރީ ޓީވީ މެދުވެރިކޮށް ހުކުރު ދުވަހު ދިން ބަޔާނެއްގައި ބުނެފައިވަނީ، ތެލް އަވީވް އަކީ މިހާރު ރައްކައުތެރި ސަރަހައްދެއްގެ ގޮތުގައި ނުބެލުމަށް ޔަމަންގެ އަސްކަރިއްޔާ އިން އަންގާ އިއުލާން ކުރާ ކަމަށެވެ. ޔަމަންގެ އަސްކަރިއްޔާ އިން އިތުރު ހަމަލާތައް ދޭނެ ކަމަށާއި، ތެލް އަވީވް އަކީ ޔަހޫދީން ފަލަސްތީންގެ ބިމުން ހިފާފައިވާ ސަރަހައްދެއް ކަމަށް ދެކޭތީ، ތެލް އަވީވް ގެ އެންމެ ފުނަށް ހަމަލާތައް ދޭނެ ކަމަށްވެސް ސާރީ ބުނެފައިވެއެވެ.

ސާރީ ހާމަ ކުރި ގޮތުގައި ޔަމަންގެ އަސްކަރިއްޔާ އިން ތެލް އަވީވަށް ދިން ހަމަލާގައި ބޭނުން ކުރީ ޔަފާ ނަމަކަށް ކިޔާ އަން މޭންޑް އުޅަނދެކެވެ. މިއީ މިބާވަތުގެ އުޅަނދެއް ބޭނުން ކޮށްގެން ހަމަލާ ދިން ފުރަތަމަ ފަހަރު ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ސާރީ ބުނި ގޮތުގައި މި ހަމަލާ އަކީ ފަލަސްތީން ރައްޔިތުންގެ ހައްގުގައި ދިން ހަމަލާ އެއް ކަމަށާ ހަމަލާގެ ހުރިހާ މަގްސަދެއް ވަނީ ކާމިޔާބު ކަމާ އެކު ހާސިލްވެފައި ކަމަށެވެ.

ޔަމަންގެ އަސްކަރިއްޔާ އިން އިޒްރޭލަށް ދޭ ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށާއި، އެއީ ފަލަސްތީނުގެ ހިތްވަރުގަދަ ޖިހާދީންގެ ހައްގުގައި ދޭ ހަމަލާތަކެއް ކަމަށްވެސް ސާރީ ބުނެފައިވެއެވެ.

"ގާޒާ ގައި ހިންގަމުންދާ އުދުވާނުތައް ނުހުއްޓާހާ ހިނދަކު އަދި ގާޒާ ބަންދުކޮށްފައި އޮތް އޮތުން ނުނިމޭހާ ހިނދަކު އަހަރެމެންގެ އޮޕަރޭޝަން ނުހުއްޓާނަން،" ސާރީ ބުނެފައިވެއެވެ.

އަނެއްކޮޅުން އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެފައިވާ ގޮތުގައި ޑްރޯން ހަމަލާ އަށް އެއަރ ޑިފެންސް ސިސްޓަމް ހުރަސް ނޭޅީ ކީއްވެގެންތޯ ބެލުމަށް މިހާރު ވަނީ ތަހުގީގެއް ފަށާފައެވެ.

މި ހަމަލާގައި އިޒްރޭލު ރައްޔިތަކު މަރުވެ، އެތައް ބަޔަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށްވެސް އިޒްރޭލުގެ އަސްކަރިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.

އިޒްރޭލުގެ އޮފިޝަލުންނާ ހަވާލާ ދީ ބައެއް މީޑީއާ ތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ޑްރޯން ވެއްޓި ގޮވީ، އެމެރިކާގެ ކޮންސިލޭޓް އޮފީހާއި ސަތޭކަ މީޓަރެއްހާ ގާތުގައި ހުރި އިމާރާތަކަށެވެ.

މި ހަމަލާއާ އެކު އިޒްރޭލުގެ ބޮޑުވަޒީރު އެމެރިކާ އަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ކުއްލި ގޮތަކަށް ވަނީ ކެންސަލް ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
29 ޖެނުއަރީ 2017

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު