Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން އިސްރާއީލް ހަނގުރާމަ

އަލް-މަވާސީ ކޭމްޕަށް ބޮންއެޅި ހާދިސާގައި މަރުވެފައިވާ މީހުންގެ ހަށިތައް އަދިވެސް ހޯދަނީ

14 ޖުލައި 2024 | އާދީއްތަ 09:10

ޝާތީ ރެފިއުޖީ ކޭމްޕްގެ މިސްކިތަކަށް ހަމަލާދީ ނަމާދު ކުރަން ތިބި ބަޔަކު ވެސް ވަނީ މަރާލާފައެވެ.

ރާއްޖެ އެމްވީ | 14 ޖުލައި 2024 | އާދީއްތަ 09:10
އަލް-މަވާސީ ކޭމްޕުގައި ޒަޚަމްވެފައިވާ މީހުން އުފުލައިގެން ގެންދާ މަންޒަރު

އަލް-މަވާސީ ކޭމްޕުގައި ޒަޚަމްވެފައިވާ މީހުން އުފުލައިގެން ގެންދާ މަންޒަރު

އަލް-މަވާސީ ރެފިއުޖީ ކޭމްޕަށް ޔަހޫދީ ސިފައިން ބޮން އެޅުމުގެ ސަބަބުން މަރުވި މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި އަދި ވެސް އެތައް ބަޔަކު ވީ ނުވީއެއް ނޭގި ގެއްލިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ބުނެފިއެވެ.

މިހާތަނަށް ހާމަވެފައިވާ އަދަދު ތަކަށް ބަލާއިރު ހަމަލާގައި ފަލަސްތީނުގެ 90 މީހުން މަރުވެ އިތުރު 300 މީހުން ޒަޚަމްވެފައިވެއެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި މަރުވެފައި ތިއްބާ ފެންނަ ތުއްތު ކުދިން ފާހަގަ ކުރަން ނޭނގޭ ވަރަށް ވަނީ ކުދިކުދިވެފައި ކަމަށެވެ.

އިޒްރޭލުން މި ހަމަލާއަކީ ހަމާސްގެ މިލިޓަރީ ކޮމާންޑަރު މުހައްމަދު ދީފް މަރާލަން ދިން ހަމަލާއެއް ކަމަށް ބުނުމަށްފަހު އިޒްރޭލުގެ ބޮޑު ވަޒީރު ފަހުން ވިދާޅުވެފައިވަނީ އޭނާ މި ހަމަލާގައި މަރުވި ކަން ޔަގީން ނުކުރެވޭ ކަމަށާއި އެހެން ނަމަވެސް މަރާލަން ހަމަލާ ދެވުމަކީވެސް އިޒްރޭލަށް ފައިދާ ހުރި ކަމެއް ކަމުގައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ވަގުތީ ހިޔަލެއްގެ ގޮތުގައި ގާއިމް ކޮށްފައިވާ މަވާސީ ކޭމްޕަށް ޔަހޫދީ ސިފައިން ހަމަލާ ދިން އިރު މިތަނަކީ ރައްކައުތެރި ތަނެއް ކަމަށް އިޒްރޭލުން އޮތީ ކަނޑައަޅާފައެވެ.

މި ހަމަލާ ވަނީ އދ އިތުރުން މެދުއިރުމަތީގެ ގައުމުތަކުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

އަނެއްކޮޅުން ޔަހޫދީ ފައުޖުތަކުން ވަނީ ގާޒާ ސިޓީގެ ޝާތީ ރެފިއުޖީ ކޭމްޕްގެ މިސްކިތަކަށް ހަމަލާދީ އެ މިސްކިތުގައި ނަމާދަށް ތިބި މީހުން ހިމެނޭ ގޮތުން 20 މީހުން މަރާލާފައެވެ.

ޔަހޫދީ ސިފައިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް 38،443 ފަލަސްތީން މީހުން ވަނީ މަރުވެފައެވެ. އޭގެ އިތުރުން ޔަހޫދީ ސިފައިންގެ ހަމަލާތަކުގައި 88،481 މީހުން ވަނީ ޒަޚަމްވެފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

12 މާރިޗު 2018

ކަތަމަންޑޫ އެއާޕޯޓަށް ޖައްސަން އުޅުނު ބަންގްލަދޭޝްގެ ބޯޓު ވެއްޓުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 39 އަށް އަރައިފި

12 މާރިޗު 2018
ކަތަމަންޑޫ އެއާޕޯޓަށް ޖައްސަން އުޅުނު ބަންގްލަދޭޝްގެ ބޯޓު ވެއްޓުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 39 އަށް އަރައިފި
26 ޖެނުއަރީ 2018

ދެކުނު ކޮރެއާގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 37އަށް އަރައިފި

26 ޖެނުއަރީ 2018
ދެކުނު ކޮރެއާގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 37އަށް އަރައިފި
26 ޑިސެމްބަރު 2017

ކަޝްމީރުގެ އިންޑިއާ އާ ވީ ފަޅިން ދިން ހަމަލާތަކެއްގައި ޕާކިސްތާނުގެ ތިން ސިފައިން މަރުވެފައިވާ ކަމަށް އެގައުމުން ބުނެފި

26 ޑިސެމްބަރު 2017
ކަޝްމީރުގެ އިންޑިއާ އާ ވީ ފަޅިން ދިން ހަމަލާތަކެއްގައި ޕާކިސްތާނުގެ ތިން ސިފައިން މަރުވެފައިވާ ކަމަށް އެގައުމުން ބުނެފި
20 ސެޕްޓެމްބަރު 2017

މެކްސިކޯއަށް އައި ބިންހެލުމުގައި 220 މީހުން މަރުވެފައިވާ އިރު، އަދަދު އިތުރުވާނެ ކަމަށް ބެލެވޭ

20 ސެޕްޓެމްބަރު 2017
މެކްސިކޯއަށް އައި ބިންހެލުމުގައި 220 މީހުން މަރުވެފައިވާ އިރު، އަދަދު އިތުރުވާނެ ކަމަށް ބެލެވޭ
11 ޖުލައި 2017

ބަޣްދާދީ މަރުވެފައިވާކަމަށް އައިއިސްއިން އެއްބަސްވެއްޖެ

11 ޖުލައި 2017
ބަޣްދާދީ މަރުވެފައިވާކަމަށް އައިއިސްއިން އެއްބަސްވެއްޖެ
04 ޖުލައި 2017

ޕާކިސްތާނުގައި ތެޔޮ ޓޭންކަރު ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު 250 އަށް އަރައިފި

04 ޖުލައި 2017
ޕާކިސްތާނުގައި ތެޔޮ ޓޭންކަރު ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު 250 އަށް އަރައިފި
02 ޖުލައި 2017

ދިމިޝްގަށް ތިން ކާރު ބޮމުގެ ހަމަލާ، ހަތް މީހުން މި ހާދިސާގައި މަރުވި

02 ޖުލައި 2017
ދިމިޝްގަށް ތިން ކާރު ބޮމުގެ ހަމަލާ، ހަތް މީހުން މި ހާދިސާގައި މަރުވި
26 ޖޫން 2017

ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ނުފެނޭ

26 ޖޫން 2017
ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ނުފެނޭ
17 ޖޫން 2017

ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި 58 މީހުން މަރުވެފައިވާ ކަމަށް ނިންމައިފި

17 ޖޫން 2017
ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި 58 މީހުން މަރުވެފައިވާ ކަމަށް ނިންމައިފި
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް