Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްއެމްޕީއާރްސީގެ ހިޔާނާތް

އެމްއެމްޕީއާރްސީ ހިޔާނާތް ބައްލަވާނެ ކަމަށް ވިދާޅުވުމާއެކު، ރައީސް މުއިއްޒު ވަށައިގެން ތިއްބެވި ބޭފުޅުންގެ މޫނުފުޅުމަތިން މާޔޫސްކަން

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުން ގެއްލުނު ހުރިހާ ފައިސާއެއް ހޯދައި، އެ ވައްކަމުގައި ކޮންމެ މީހަކު ބައިވެރިވެފައި އޮތަސް އެމީހަކަށް އަދަބު ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މި ހިޔާނާތާ ގުޅިގެން ރައްޔިތުންނަށް ގިނަ ކަންކަން ސާފުކޮށްދޭން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 ޖުލައި 2024 | ހޮނިހިރު 09:16
ޕީއެންސީން ބޭއްވި ހިނގާލުމެއްގެ ތެރެއިން

ޕީއެންސީން ބޭއްވި ހިނގާލުމެއްގެ ތެރެއިން

މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ހިޔާނާތަކީ އެމްއެމްޕީއާރްސީގެ ހިޔާނާތެވެ. މި ހިޔާނާތުގެ މައްސަލަ ފެންމަތިވެ ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިޔައިރު ވެސް ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަދިވެސް ވަނީ ލިބޭ ގޮތް ނުވެފައެވެ. މައްސަލާގައި ޝާމިލްވާ އެންމެނާ ހަމައަށް ގާނޫނު އަރާ ހަމައެއްނުކުރެއެވެ. ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތް މިމައްސަލާއާ ގުޅިގެން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުން ގެއްލުނު ހުރިހާ ފައިސާއެއް ހޯދައި، އެ ވައްކަމުގައި ކޮންމެ މީހަކު ބައިވެރިވެފައި އޮތަސް އެމީހަކަށް އަދަބު ދެއްވާނެ ކަމަށެވެ.

ނަމަވެސް މިއީ ކުރެވިދާނެ ކަމެއްކާމެދު ގިނަ ރައްޔިތުން މިހާރު ވެސް ދަނީ ސުވާލު އުފައްދަމުންނެވެ. ސަބަބެއް ވެސް ނެތިއެއް ނޫނެއެވެ.

މި ހިޔާނާތާ ގުޅިގެން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓެއް 12 މެއި 2021 ގައި މަޖިލީހުން ފާސްކުރިއެވެ. މަޖިލީހުން އާންމުކުރި ލިސްޓުގައި މީހާގެ ނަމާއި މަގާމުތަކުގެ އިތުރުން ތަފުސީލެއް ނެތް ނަމަވެސް ނަމާއި ފޮޓޯ އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން އެ މީހުންނަށް ލިބުނު އަދަދު ހިމެނޭ ލިސްޓެއް ލީކުކޮށްލިއެވެ. އެ ލިސްޓުގައި 18 އަދި 19 ވަނަ މަޖިލީހުގެ ގިނަ މެންބަރުން ހިމެނެ އެވެ. މިއަދު އެލިސްޓުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ މިސަރުކާރުގެ އިސްބޭފުޅުންނެވެ.

މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން އެމަނިކުފާނު ވިދާޅުވީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަންޖެހޭ ކަމަށެވެ.

ނަމަވެސް ރައީސް މުއިއްޒު އެވިދާޅުވި ފަދައިން މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގުކުރެވިދާނެ ކަމާމެދު ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ. ޔާމީން ވިދާޅުވެފައިވަނީ އެކަން އިއުލާން ކުރެއްވި ރޭގައި ޖަލްސާގައި ތިއްބެވި ބޭފުޅުންގެ މޫނުފުޅު މަތިން އުފާވެރިކަމުގެ މަންޒަރު ނުފެންނަ ކަމަށެވެ.

ޔާމީން ވިދާޅުވީ މި ހިޔާނާތާ ގުޅިގެން ރައްޔިތުންނަށް ގިނަ ކަންކަން ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

އެގޮތުން ގެއްލުނު ފައިސާގެ އަދަދާއި، ދައުލަތަށް ހޯދާނެވަރާއި ހަގީގީ ކުއްވެރިންނަކީ ކޮބައިތޯއާއި ލިސްޓުގައި ހިމެނޭ ހުރިހާ އެންމެންގެ ވަނަވަރު ހާމަވާންޖެހޭ ކަމަށެވެ. ފުލުހުން މި ތަހުގީގު ހިނގަންޖެހޭއިރު، ގާނޫނުގެ ކުރިމަތީގައި އެންމެން ވެސް ހަމަހަމަވާންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޓޫރިޒަމަށް ރަށެއް ނަގާފައި، ފައިސާގެ ގޮތުގައި އެމްއެމްޕީއާރްސީއަށް ދޭނީ ޗެކެއްކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ ދެން އެ ފައިސާ ނަގުދަށް ވެގެން ނުކުތީ ކިހިނެތްތޯ ސުވާލު އުފައްދަންޖެހޭ ކަމަށެވެ. އަދި ފައިސާ ނުކުތީ ލޮރީގައިތޯ ނުވަތަ ކުދިކުދި ޕިކަޕުގައިތޯ ބަލަންޖެހޭ ކަމަށާއި، ބޭންކިންގެ ނިޒާމު މިކަމުގައި އިހުމާލުވެފައި އޮތީ ކިހައިވަރަކަށްތޯ ބަލަންޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

މީގެ 10 އަހަރުކުރިން ހިންގި ހިޔާނާތުގެ މައްސަލާގައި ރައްޔިތުން ބޭނުންވާ ފަދަ ނަތީޖާއެއް މިހާތަނަށް އައިރު ލިބިފައެއް ނުވެއެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ވެސް ހުކުމްކޮށްފައިވަނީ ޔާމީންގެ އިތުރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށެވެ.

ޔާމީނަށް ކުރި ދެ ހުކުމް ވެސް މަތީ ކޯޓުން ބާތިލްކޮށްފައިވާއިރު، އަދީބަށް ކުރި 20 އަހަރުގެ ޖަލު ހުކުމް ލުއި ކުރުމަށްފަހު އޭނާ ވަނީ މިނިވަންކޮށްފައެވެ. އަދި މިއަދުގެ ސަރުކާރުން މިމައްސަލާގެ އެންމެ ފުނަށް ދާނެ ކަމަށް ބުނި ނަމަވެސް އެންމެ ފުރަތަމަ ފިޔަވަޅު އަޅަންޖެހޭނީ ރައީސް މުއިއްޒުއާ އެންމެ އަރިހުން އުޅުއްވާ ބޭފުޅުންގެ ހިސާބުންނެވެ. އެކަން އެގޮތަށް ނުވާނަމަ ރައީސް މުއިއްޒު ރައްޔިތުންނަށްޓަކައި މި ހިޔާނާތް ތަހުގީގު ކުރާނެ ކަމަށް ވިދާޅުވާ ވިދާޅުވުމަކީ ވެސް ރައްޔިތުންގެ ލޮލުގައި އަޅުވާ އަދުނެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު