Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ލަމީން ޔަމާންގެ މައްސަލާގައި ޖަރުމަނުގެ ގާނޫނަށް ސްޕޭނުން ތަބާވާނެތަ؟

13 ޖުލައި 2024 | ހޮނިހިރު 02:29

ސްޕޭނާއި އިނގިރޭސިން ކުޅޭ ފައިނަލް މެޗު ފަށާނީ ޖަރުމަނު ގަޑިން 9 ޖަހާއިރު އެވެ. މެޗުގެ ނަތީޖާ ނެރެން އިތުރު ވަގުތު ކުޅެން ޖެހިއްޖެނަމަ ޔަމާލަށް ޖަރުމަނުގެ ގާނޫނާ ހިލާފު ވެވޭނެ އެވެ.

ރާއްޖެ އެމްވީ | 13 ޖުލައި 2024 | ހޮނިހިރު 02:29
ލަމީން ޔަމާލް: ފްރާންސް ކޮޅަށް ލަނޑު ޖަހާފައި އުފާ ފާޅުކުރަނީ

ލަމީން ޔަމާލް: ފްރާންސް ކޮޅަށް ލަނޑު ޖަހާފައި އުފާ ފާޅުކުރަނީ

ސްޕޭނާއި އިނގިރޭސިވިލާތް މާދަމާ ރޭ ކުޅޭ ފައިނަލް މެޗުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އެއް ކުޅުންތެރިއަކީ ސްޕޭނުގެ ޒުވާން ފޯވަޑް ލަމީން ޔަމާލަށެވެ.

ބާސެލޯނާ އަށް ކުޅެމުން އަންނަ ޔަމާލަކީ ޔޫރޯގައި ސްޕޭނުގެ އެންމެ އަލިގަދަ ތަރި އެވެ. އޭނާގެ އުމުރަކީ 16 އަހަރެވެ. އޭނާ އަށް 17 އަހަރު ފުރޭނީ ޔޫރޯ ފައިނަލް ނިމޭތާ އެއް ދުވަސް ފަހުންނެވެ. ބޮޑު ފައިނަލަކަށް ނުކުންނައިރު ކުރިމަތިވެފައިވާ ބޮޑު ސުވާލަކީ ޖަރުމަނުގެ ގާނޫނާ ހިލާފަށް ޔަމާލަށް ކުޅެން ޖެހިދާނެ މައްސަލަ އެވެ.

ޖަރުމަނުގެ ގާނޫނު ބުނާ ގޮތުން އުމުރުން 18 އަހަރު ނުވާ އެއްވެސް ކުއްޖަކު ރޭގަނޑު 9ގެ ފަހުން މަސައްކަތް ކުރުމަކީ ގާނޫނީ ކުށެކެވެ. މި ގާނޫނު މިހެން އޮތަސް ފުޓްބޯޅަ ކުޅުންތެރިންނަށް 11 ޖަހަންދެން ކުޅުމުގެ ފުރުސަތު ލިބެ އެވެ. އެކަމަކު އެއީ މެޗު ނިންމާފައި ފެންވަރައި ޓީވީ އިންޓަވިއުދީ ހުރިހާ ކަމެއް ވެސް ނިންމަންޖެހޭ އެންމެ ފަހު ވަގުތެވެ.

ސްޕޭނާއި އިނގިރޭސިން ކުޅޭ ފައިނަލް މެޗު ފަށާނީ ޖާމަނީގެ ގަޑިން 9 ޖަހާއިރު އެވެ. މެޗުގެ ނަތީޖާ ނެރެން އިތުރު ވަގުތު ކުޅެން ޖެހިއްޖެނަމަ ޔަމާލަށް ޖަރުމަނުގެ ގާނޫނާ ހިލާފު ވެވޭނެ އެވެ.

މިހެންވެ މިހާރު އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ ސްޕޭނުގެ އުއްމީދީ ކުޅުންތެރިޔާ ޔަމާލަށް 90 މިނިޓަށް ފަހު ދަނޑުމަތީގައި ބަހައްޓާނެތޯ އެވެ؟ މި ކަމާ ސުވާލު ކުރުމުން ކޯޗު ޑެލަފުއެންޓޭ ބުނީ އެކަން ނުކުރާންވީ ކީއްވެތޯ އެވެ؟

ރޭގަނޑު 11ގެ ފަހުން ޔަމާލް ލައްވައި އެއްވެސް ކަމެއް ކުރުވައިފިނަމަ ޖަރުމަނު ގާނޫނާ ހިލާފުވުމުގެ ކުށުގައި ޔަމާލް 25000 ޔޫރޯއިން ޖޫރިމަނާ ކުރެވޭނެ އެވެ. މިއީ ޔޫރޯއަށް ސްޕޭން ޓީމު އައިއިރު ވެސް އެމީހުންނަށް އެނގޭ ކަމެކެވެ. މިހެންވެ ސްޕޭން ފުޓްބޯޅަ ފެޑަރޭޝަނުން ތިބީ މިފަދަ ކަމެއް ކުރިމަތިވިޔަސް ޖޫރިމަނާ ދައްކަން ތައްޔާރުވެގެންނެވެ. އެއަށްވުރެ އެމީހުންނަށް މުހިންމީ މުބާރާތުގެ ތައްޓެވެ.

ގްރޭޑް 10ގައި ކިޔަވަމުންދާ ޔަމާލް ސްޕޭން ޓީމާއެކު ހުއްޓަސް އޭނާ ދަނީ އޮންލައިންކޮށް ކްލާސްތަކުގައި ބައިވެރިވެ، ޓެސްޓްތައް ފުރިހަމަ ކުރަމުންނެވެ. އަދި ޔޫރޯ އަށް ފަހު އެނބުރި ސްކޫލަށް ދިއުމުގެ ބަދަލުގައި އޭނާ ފުރާނީ ޗުއްޓީ އަށެވެ.

ޔަމާލަކީ އިކުއޭޓިއަލް ގިނީގެ އަންހެނަކާއި މޮރޮކޯގެ ފިރިހެނަކު ކައިވެނިކޮށްގެން ލިބުނު ކުއްޖެކެވެ. އެ ދެމަފިރިން ސްޕޭނަށް ހިޖުރަކޮށް، ޔަމާލް އުޅެ ބޮޑުވީ ބާސެލޯނާ ނިސްބަތްވާ ކެޓަލޯނިއާގެ ކުޑަކުށަ އަވަށެއްގަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

23 ޖުލައި 2018

ޖަރުމަނުގެ ގައުމީޓީމަށް ކުޅޭކަށް ދެން ބޭނުމެއް ނޫން: އޮޒިލް

23 ޖުލައި 2018
ޖަރުމަނުގެ ގައުމީޓީމަށް ކުޅޭކަށް ދެން  ބޭނުމެއް ނޫން: އޮޒިލް
04 ޖުލައި 2018

ވާރލްޑް ކަޕްއިން ކެޓި ނަމަވެސް ޖަރުމަނުގެ ކޯޗަކަށް ދެންވެސް ހުންނާނީ ލޯ

04 ޖުލައި 2018
ވާރލްޑް ކަޕްއިން ކެޓި ނަމަވެސް ޖަރުމަނުގެ ކޯޗަކަށް ދެންވެސް ހުންނާނީ ލޯ
05 ޖޫން 2018

ޖަރުމަނުގެ ސްކޮޑުން ސާނޭއަށް ފުރުސަތެއް ނެތް

05 ޖޫން 2018
ޖަރުމަނުގެ ސްކޮޑުން ސާނޭއަށް ފުރުސަތެއް ނެތް
02 ޖޫން 2018

ޖަރުމަނުގެ ސްކޮޑް ފައިނަލް ކުރަން ލޯ ތައްޔާރުވެއްޖެ

02 ޖޫން 2018
ޖަރުމަނުގެ ސްކޮޑް ފައިނަލް ކުރަން ލޯ ތައްޔާރުވެއްޖެ
17 މެއި 2018

ގޯޓްޒޭ ބާކީކޮށް ޖަރުމަނުގެ ސްކޮޑް އިއުލާންކޮށްފި

17 މެއި 2018
ގޯޓްޒޭ ބާކީކޮށް ޖަރުމަނުގެ ސްކޮޑް އިއުލާންކޮށްފި
15 މެއި 2018

ޖަރުމަނުގެ ގައުމީ ޓީމާއެކު ހަދާފައިވާ އެއްބަސްވުން ލޯ އާކޮށްފި

15 މެއި 2018
ޖަރުމަނުގެ ގައުމީ ޓީމާއެކު ހަދާފައިވާ އެއްބަސްވުން ލޯ އާކޮށްފި
10 މެއި 2018

ގްރީޒްމަންގެ މައްސަލާގައި އެޓްލެޓިކޯއިން ބާސާއަށް އިންޒާރު ދީފި

10 މެއި 2018
ގްރީޒްމަންގެ މައްސަލާގައި އެޓްލެޓިކޯއިން ބާސާއަށް އިންޒާރު ދީފި
28 މާރިޗު 2018

އިންޓަނޭޝަނަލް ފްރެންޑްލީ: ޖަރުމަނުގެ ރެކޯޑު ބްރެޒިލް އިން ނިމުމަކަށް ގެނެސްފި

28 މާރިޗު 2018
އިންޓަނޭޝަނަލް ފްރެންޑްލީ: ޖަރުމަނުގެ ރެކޯޑު ބްރެޒިލް އިން ނިމުމަކަށް ގެނެސްފި
20 ޖެނުއަރީ 2018

ޖަރުމަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ކިމިޗްއަށް

20 ޖެނުއަރީ 2018
ޖަރުމަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ކިމިޗްއަށް
04 އޮކްޓޯބަރު 2017

ނަސްލީ ތަފާތު ކުރުމުގެ މައްސަލާގައި ލާޒިއޯ އަށް އަދަބު ދީފި

04 އޮކްޓޯބަރު 2017
ނަސްލީ ތަފާތު ކުރުމުގެ މައްސަލާގައި ލާޒިއޯ އަށް އަދަބު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް