Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން އިސްރާއީލް ހަނގުރާމަ

ޔަހޫދީ ލަޝްކަރުން ގާޒާ ސިޓީ ގައި ގަތުލުއާއްމު ހިންގާ މުޅި އެ ސިޓީ ސުންނާފަތި ކޮށްލައިފި

ހަނގުރާމަ ނިމުމަކަށް ގެނެވޭތޯ ގަތަރުގައި ކުރެވޭ މަޝްވަރާތަކުން އެއްވެސް އަލިމަގެއް ފެންނާނެ ކަމަކަށް ނުބެލެވޭ.

ރާއްޖެ އެމްވީ | 12 ޖުލައި 2024 | ހުކުރު 04:47
އިޒްރޭލުން ދިން ހަމަލާތަކަށް ފަހު ގާޒާގެ ޝުޖާޔާ ސިޓީގައި އިމާރާތްތައް ސުންނާފަތިވެފައި

އިޒްރޭލުން ދިން ހަމަލާތަކަށް ފަހު ގާޒާގެ ޝުޖާޔާ ސިޓީގައި އިމާރާތްތައް ސުންނާފަތިވެފައި

ޔަހޫދީ ސިފައިން ގާޒާ ސިޓީ އަށް އަރާ އެތަނުގައި ގަތުލުއާއްމު ހިންގާ މުޅި އެ ސިޓީ ސުންނާފަތި ކޮށްލައިފިއެވެ.

ގާޒާ ސިޓީގެ ވަޒަންވެރިން ރޮއިޓާސް އަށް ކިޔައިދިން ގޮތުގައި ޔަހޫދީ ސިފައިންނާއި ފަލަސްތީނުގެ ހަނގުރާމަވެރިންނާ ދެމެދު އެ ސިޓީގައި ހިނގަމުންދާ ހަނގުރާމައަކީ މިހާތަނަށް ހިނގާ އެންމެ ވަރުގަދަ ކުރިމަތިލުންތަކެވެ. ބަޑީގެ އަޑުފައްގަނޑާއި، ގޮވުންތަކުގެ އަޑުފައްގަނޑު މުޅި ސިޓީގެ ތެރެއިން އިވެމުންދާ އިރު މުޅި ސިޓީތެރޭގައި ވަނީ ދުން ބޯވެފައި ކަމަށް ރޮއިޓާސް އިން ބުނެފައިވެއެވެ.

ޔަހޫދީ ސިފައިންގެ ހަމަލާތަކުން މުޅި ޝުޖާޔާ ސަރަހައްދު ފުނޑުފުނޑު ވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. ވެއްޓި ފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ހޯދުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ.

ހަމާސް އިން ބުނެފައިވަނީ ވައިގެ މަގުން 45 ހަމަލާ ގާޒާ ސިޓީ އަށާއި ރަފަހް ސިޓީ އަށް ޔަހޫދީ ސިފައިން ދީފައިވާކަމަށެވެ.

އެއާއެކު ގާޒާގެ މެދުތެރޭގައި އޮންނަ ނުސީރަތު ރެފިއުޖީ ކޭމްޕަށް އަނެއްކާ ހަމަލާދީ ފަލަސްތީނުގެ އެތައް ބަޔަކު ވަނީ މަރުވެފައެވެ.

ގާޒާ ސިޓީގެ ތާލަ އަލް-ހަވާ އަށް ޔަހޫދީ ސިފައިން ދިން ހަމަލާގައި މަދުވެގެން ފަލަސްތީނުގެ 50 މީހުން ވަނީ މަރުވެފައެވެ. އެއާ އެކު އެ ސަރަހައްދުން އެންމެ ފައިބައިގެން ދިއުމަށް ޔަހޫދީ ސިފައިން ވަނީ އަމުރު ކޮށްފައެވެ.

މި ސަރަހައްދު ދޫކޮށް ދިއުމަށް އަމުރު ކުރުމުން އަމިއްލަ ގެދޮރު ދޫކޮށް ނުކުމެގެން ދާ މީހުންގެ ގަޔަށް ވެސް ޔަހޫދީ ސިފައިން ބަޑިޖަހާ މަރަމުންދާ ކަމަށް މަންޒަރު ދުއް މީހުންނާ ހަވާލާދީ ޚަބަރުތައް ބުނެއެވެ.

ހަމާސް އިން ބުނެފައިވަނީ، ގާޒާ ސިޓީގެ އިރުމަތީ ޑިސްޓްރިކްޓް ކަމަށްވާ ޝުޖާޔާ އިން ޔަހޫދީ ލަޝްކަރު ފައިބައިގެން ދިޔައިރު އާންމުންގެ 300 އަށް ވުރެ ގިނަ ގެ މުޅިން ހަލާކު ކޮށް ސުންނާފަތި ކޮށްލާފައިވާ ކަމަށެވެ.

ގާޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނެފައިވާ ގޮތުގައި ގާޒާ ސިޓީގެ ޝުޖާޔާގެ 85 އިން ސައްތަ އިމާރާތްތައް ވަނީ ފުނޑުފުނޑުވެފައެވެ. އެއާއެކު 120،000ށް ވުރެ ގިނަ މީހުންގެ ބޯހިޔާވަހިކަން ވަނީ ގެއްލިފައެވެ.

ސިވިލް ޑިފެންސް އޭޖެންސީގެ ތަރުޖަމާނު ހާމަ ކޮށްފައިވާ ގޮތުގައި މަރުވެފައިވާ 60 މީހެއްގެ ހަށިގަނޑު ޝުޖާޔާގެ ފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުން ވަނީ ފެނިފައެވެ. އަދިވެސް މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ޔަހޫދީ ސިފައިން ވަނީ ޝުޖާޔާ ސަރަހައްދުގެ ސިއްހީ ޚިދުމަތްދޭ ތަންތަނާއި ވިޔަފާރި ކުރާ ތަންތަންވެސް ހަލާކުކޮށް ސުންނާފަތި ކޮށްފައެވެ.

ގާޒާ ސްޓްރިޕްގެ އެކި ސަރަހައްދު ތަކަށް ބުރާސްފަތި ދުވަހު ދިން ހަމަލާތަކުގައި މަދުވެގެން ފަލަސްތީނުގެ 26 މީހުން މަރުވެފައިވާ ކަމަށް އަލްޖަޒީރާއިން ވަނީ ބުނެފައެވެ.

ހަނގުރާމަ ނިމުމަކަށް ގެނެވޭތޯ ގަތަރުގައި ކުރެވެމުންދާ މަޝްވަރާތަކަށް ކަނޑައެޅި ވަގުތު ހަމަވެގެން އަންނަ އިރު އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ނުފެންނަ ކަމަށް ޚަބަރުތައް ބުނާއިރު، އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، ހަމާސް މުޅިން ނައްތާ ނުލެވެނީސް ހަނގުރާމަ ހުއްޓުމަކަށް ނުގެންނާނެ ކަމަށެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފެށި ގާޒާ ހަނގުރާމައިގައި އިޒްރޭލުން ވަނީ މަދުވެގެން ފަލަސްތީނުގެ 38،345 މީހުން މަރާލާފައެވެ. އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 88،295ށް ވުރެ މައްޗަށް ވަނީ ގޮސްފައެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު