Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިސްޓަރު ތާރިގަށް ރައްދު ދިނުން

ރަށްރަށަށް ބޭނުން ނުވާ ވަރުގެ އިންޖީނުގެ ތަކާއި އޮފީސްތައް އަޅާފައި އެބަހުރި ކަމަށް މިނިސްޓަރު ތާރިގު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައިފި

11 ޖުލައި 2024 | ބުރާސްފަތި 18:25

އެމްޑީޕީގެ ސަރުކާރުގައި ރަށްރަށުގައި އިންޖީނުގެތަކާއި، އޮފީސްތައް އިމާރާތް ކޮށްފައިވަނީ ދުރު ރާސްތާއަށް ބަލައިގެން

އަމްނާ އިމާދު
އަމްނާ އިމާދު | 11 ޖުލައި 2024 | ބުރާސްފަތި 18:25
ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގެ ތެރެއިން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު ވާހަކަ ދައްކަވަނީ

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގެ ތެރެއިން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު ވާހަކަ ދައްކަވަނީ | އެމްޑީޕީ

ރަށްރަށަށް ބޭނުންނުވާ ވަރުގެ އިންޖީނުގެތަކާއި އޮފީސްތައް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ދުވަސްވަރު އަޅާފައި އެބަހުރި ކަމަށް މިސަރުކާރުގެ އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގު އިބްރާހީމް ވިދާޅުވެފައިވާތީ އެކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު ފާޑުވިދާޅުވެއްޖެއެވެ.

''ކުރީ ސަރުކާރު ކުރީ ސަރުކާރުގެ'' ނަމުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވަހީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ރަށްރަށުގައި އިންޖީނުގެތަކާއި، އޮފީސްތައް އިމާރާތް ކޮށްފައިވަނީ ދުރު ރާސްތާއަށް ބަލައިގެން ކަމަށާއި، ކުރިއަށް 50 އަހަރު ވެސް އެމަސައްކަތް ކުރަން ނުޖެހޭ ގޮތަށް ކަމަށެވެ.

Advertisement - newsAdvertisement

ވަހީދު ވިދާޅުވީ މިސަރުކާރުގެ ބޭފުޅުން އެއީ އިސްރާފެއް ކަމަށް ދެކޭ ކަމަށްވާނަމަ އެބޭފުންގެ ވިސްނުން ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި މިކަމުން ވެސް ދޭހަވަނީ އެބޭފުޅުންގެ ވިސްނުން ކުޑަކަން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވަހީދު ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ސަރުކާރުތަކުގައި ރަށްރަށުގައި އިމާރާތްކޮށްފައިވާ އިންޖީނުގެތަކާއި އޮފީސްތައް އިމާރާތް ކޮށްފައިވަނީ ހިޔާ ފްލެޓުތައް ތަރައްގީ ކޮށްފައިވާ އުސޫލުން ކަމަށެވެ.

ވަހީދު ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގު ރަށްރަށަށް ބޭނުން ނުވާ ވަރުގެ އިންޖީނުގެތަކާއި އޮފީސްތައް އަޅާފައި އެބަހުރި ވިދާޅުވެފައިވާތީއެވެ.

މީގެ އިތުރުން މިނިސްޓަރު ތާރިގު ވިދާޅުވީ ރާއްޖެއިން ތެލަށް ބަރޯސާވާ ވަރު ކުޑަކޮށް، އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުން އިތުރުކުރުމުގެ ގޮތުން ޑިސްޓްރިބިއުޝަނާއި ޖަނަރޭޝަންގެ ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ ސަރުކާރުން ދުރާލައި ރޭވުމެއް ނެތި ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ސަބަބުން މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ކުރީ ސަރުކާރުގައި ފެނަކައިގެ ބޮޑެތި އޮފީސް އިމާރާތްތަކާއި އިންޖީނުގެތައް ވަނީ ތަރައްގީކޮށްފައެވެ. ރައްޔިތުންނަށް ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަރަންޓުގެ ކެޕެސިޓީ އިތުރުކޮށް އައު ޖަނަރޭޓަރުތައް ވެސް ގެނެސްފައިވެއެވެ. ސަރުކާރު ބަދަލުވެގެންދިޔައިރު ބައެއް ރަށްރަށުގެ އިންޖީނުގެތަކާއި އޮފީސްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ވަނީ މަސައްކަތް ފަށާފައެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާއި ގުޅިގެން ބައެއް ވަސީލަތްތައް ރަށްރަށަށް ނުލިބޭ ކަމަށް މައުލޫމާތު ލިބެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް