Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް މެންބަރުންނަށް ފައިސާ ދިނުން

މުލިއާގެއިން ދޮގުކުރިއަސް މެމްބަރުންނަށް ރައީސް ފައިސާ ދެއްވާ، މުލިއާގެ ރެއިޑްކޮށް އެކަން ބަލަން ޖެހޭ - ކުރީގެ ރައީސް ޔާމީން

ސަރުކާރުން އެކަން ދޮގުކުރި ނަމަވެސް އެކަން އެގޮތަށް ހިނގާކަން އެނގިލައްވާފައިވާ ކަމަށް ކުރީގެ ރައީސް ޔާމީން ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 11 ޖުލައި 2024 | ބުރާސްފަތި 17:46
ުކުރީގެ ރައީސް ޔާމީން ގެކޮޅަށް ބަދަލު ކުރެއްވި ދުވަހު، އަރިހުގައި ރައީސް ޑރ މުޢިއްޒު

ުކުރީގެ ރައީސް ޔާމީން ގެކޮޅަށް ބަދަލު ކުރެއްވި ދުވަހު، އަރިހުގައި ރައީސް ޑރ މުޢިއްޒު

މުލިއާގެއިން ދޮގުކުރިއަސް މެމްބަރުންނަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ފައިސާ ދެއްވާ ކަމަށާއި އެއީ މުލިއާގެ ރެއިޑްކޮށްގެން ފުލުހުން ބަލަން ޖެހޭ ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ޕީއެންސީގެ މަޖިލިސް މެންބަރުންގެ ތެރެއިން ކޮންމެ މެންބަރަކަށް ބައިލައްކަ ރުފިޔާ ދެއްވާ ކަމަށް ވަނީ އަޑު ފެތުރިފައެވެ. ސަރުކާރުން އެކަން ދޮގުކުރި ނަމަވެސް އެކަން އެގޮތަށް ހިނގާކަން އެނގިލައްވާފައިވާ ކަމަށް ކުރީގެ ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އަދި އެ ފައިސާ އަކީ ކިހިނެއް ލިބުނު ފައިސާ އެއްކަން ބަަލަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެ ފައިސާ އަކީ އިންތިޚާބަކާއި ދިމާކޮށް ލިބުނު ފައިސާ އެއް ނަމަ އެ ފައިސާ ލިބުނު ގޮތް އިންތިޚާބަށް ލިބުނު ފަންޑިންގެ ތަފްސީލްގައި ހުންނާނެ ކަމަށް ފާހަގަކުރައްވާ ކުރީގެ ރައީސް ޔާމީން ވަނީ އެ ނޫން ގޮތަކަށް ރައީސް މުއިއްޒު އަށް ފައިސާ ލިބިފައިވާ ނަމަ އެކަމުގެ ތަފްސީލް ބަލާ ހޯދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މުސާރަ އާއި ނުބައްދަލު މިންވަރުގެ މުއްސަނދިކަމެއް މީހަކަށް ލިބޭނަމަ އެއީ މަރުކަޒީ ބޭންކާއި ކަމާއި ގުޅުން ހުރި އެހެނިހެން އިދާރާތަކުގެ ސަމާލުކަމަށް އަންނާނެ ކަމެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ރައީސް މުއިއްޒު މެމްބަރުންނަށް ދެއްވާ ފައިސާ ލިބޭ ގޮތަކާއި މެދު ސުވާލު އުފައްދަވާފައެވެ. އެހާ ގިނަ އަދަދެއްގެ ފައިސާ ބެންކުން ނަގާނަމަ އެކަން އެމްއެމްއޭގެ ސަމާލުކަމަށް ނައިސް ނުހުންނާނެކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ އެ ފައިސާ އަކީ ރައީސް އަށް ކިހިނެތް ލިބިވަޑައިގެންނެވި ފައިސާއެއްތޯ ތަކުރާރުކޮށް ސުވާލުކުރައްވާފައެވެ.

ކޮންމެ މަހަކު އެއްފަހަރު ރައީސް މުއިއްޒު މެންބަރުންނަށް ބައިލައްކަ ރުފިޔާ ދެއްވަން ނިންމާ، އެގޮތުގެ މަތިން މިދިޔަ މަހާއި، މި މަހުގައިވެސް އެ ފައިސާ ދީފައިވާ ކަމަށް ރާއްޖެ އެމްވީ އަށް ވަނީ އެނގިފައެވެ. އަދި ފައިސާ ދީފައިވަނީ ނަގުދު ފައިސާއިން ކަމަށް ވަނީ އެނގިފައެވެ. މިއީ މެމްބަރުން ހުވާ ނުކުރައްވަނީސް ރައީސް ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް ކުރައްވާ ކަމެއް ކަމަށް ރާއްޖެ އެމްވީ އަށް ވަނީ މައުލޫމާތު ލިބިފައެވެ. ޕީއެންސީގައި 75 މެންބަރުން ތިއްބަވާއިރު، މިއިން ކޮންމެ މެންބަރަކަށް 50،000 ރުފިޔާ ދެއްވާއިރު، އެއީ ގާތްގަނޑަކަށް 3،750،000 ރުފިޔާއެވެ. މި ފައިސާ ރައީސް މެންބަރުންނަށް ދެއްވަނީ މުލީއާގެ ބަޖެޓުންކަމެއް ނުވަތަ ރައީސްގެ އަމިއްލަ ފައިސާއިންކަމެއް ސާފެއް ނުވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މުސާރަކީ 100،000 ރުފިޔާއެވެ. އެހެންކަމުން މި ފައިސާ ރައީސް ދެއްވަނީ ކޮން ފައިސާއަކުން ނަންގަވައިގެންކަމެއް ސާފެއް ނުވެއެވެ.

ޔާމީން ވަނީ މަޖިލީހުގައި މެމްބަރުން އަމަލުކުރާ ގޮތަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުން ދަރިވަރުންނަށް ދޭން ޖެހޭ ފައިސާ ނުދީގެން ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވާތީ އެކަމަށް ފާޑު ވިދާޅުވިއެވެ. ކުއްލި މައްސަލަ ހުށަހެޅުމަކީ މަޖިލީހުގެ އެންމެ އަސާސީ އެއް ސިފަ ކަމަށް ފާހަގަކުރައްވާ ޔާމީން ވަނީ ކުއްލި މައްސަލަތަކަކީ މަޖިލީހުގެ ވަގުތު ބޭކާރުކުރުން ކަމަށް ސަރުކާރު މެމްބަރުން ބުނަމުންދާތީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެއީ ޕީޕީއެމްގެ ފިލޯސޮފީ އާއި އެއްގޮތް ކަމެއް ނޫން ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކާރުން ބޭނުންހާ ގޮތަކަށް މަޖިލީހުގެ މެމްބަރުން ބަސް ބުނަން ޖެހޭ ހިސާބުން ގައުމާއި ރައްޔިތުންގެ ހައްގުގައި ބަސް ބުނަން ކެރޭ ބަޔަކަށް މެމްބަރުން ވާންވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު