Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ޔޫރޯ ފައިނަލަކީ އަހަރެންގެ އެންމެ ބޮޑު ކާމިޔާބީ: ސައުތް ގޭޓް

11 ޖުލައި 2024 | ބުރާސްފަތި 11:59

ކޯޗު ބުނީ މި ފައިނަލް ހާއްސަ ވަނީ މިއީ އިނގިރޭސިން 1966ގެ ފަހުން ގައުމުން ބޭރުގައި ކުޅޭ ފުރަތަމަ ފައިނަލަށް ވުމުން ކަމަށެވެ.

ރާއްޖެ އެމްވީ | 11 ޖުލައި 2024 | ބުރާސްފަތި 11:59
އިންގްލޭންޑްގެ ކޯޗު ގެރެތް ސައުތު ގޭޓް

އިންގްލޭންޑްގެ ކޯޗު ގެރެތް ސައުތު ގޭޓް

އިންގްލޭންޑް ގޮވައިގެން މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރު ކުރެވުމަކީ އޭނާގެ އެންމެ ބޮޑު ކާމިޔާބު ކަމަށް ކޯޗު ގެރެތް ސައުތުގޭޓް ބުނެފި އެވެ.

ނެދަލޭންޑްސް ކޮޅަށް ވަހު ވަގުތު ބަދަލު ކުޅުންތެރިޔާ އޮލޭ ވަޓްކިންސްގެ ޖެހި ގޯލަށް ފަހު އިނގިރޭސިން ފައިނަލަށް ދަތުރުކުރި މެޗަށް ފަހު ކޯޗު ބުނީ މި ފައިނަލް ހާއްސަ ވަނީ މިއީ އިނގިރޭސިން 1966ގެ ފަހުން ގައުމުން ބޭރުގައި ކުޅޭ ފުރަތަމަ ފައިނަލަށްވުމުން ކަމަށެވެ.

ކުރީގެ ޑިފެންޑަރު އިނގިރޭސި ގައުމީ ޓީމާ ހަވާލުވީ 2016 ވަނަ އަހަރު އެވެ. އެއަށް ފަހު އޭނާގެ ކޯޗުކަމުގައި އިނގިރޭސީން ވަނީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ސެމީ ފައިނަލް ކުޅެ 2021 ވަނަ އަހަރުގެ ޔޫރޯ ފައިނަލް އަމިއްލަ ގައުމުގައި ކުޅެފަ އެވެ. އަދި މި ފަހަރުގެ ފައިނަލަށް ދަތުރުކުރިއިރު އޭނާ ވެފައިވަނީ ފަހަކަށް އައިސް ގައުމީ ޓީމާ ހަވާލުވި އެންމެ ކާމިޔާބު ކޯޗަށެވެ. ނަމަވެސް މި ފަހަރުގެ މުބާރާތް ފެށީ ވެސް އޭނާ އަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައި ވަނިކޮށެވެ. މިކަމާ ބެހޭ ގޮތުން ސައުތު ގޭޓް ބުނީ ގައުމަށް ހިދުމަތްކޮށްދީ ރަނގަޅު ކާމިޔާބީ ހޯދަމުން އަންނަ މީހާއާ ދިމާލަށް ފާޑު ހެދުމުން ދެރަވާނެ ކަމަށެވެ.

އޭނާ ބުނީ އިނގިރޭސިން އުފާވާނީ ތަށި ލިބިގެންކަން އެނގޭ ކަމަށާއި ފައިނަލުގައި ސްޕޭން ބަލިކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

އިނގިރޭސީންނަށް މިހާތަނަށް ކާމިޔާބު ކުރެވުނު ހަމައެކަނި ބޮޑު މުބާރާތަކީ 1966ގެ ވޯލްޑްކަޕެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
26 ޖެނުއަރީ 2017

މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން

26 ޖެނުއަރީ 2017
މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
18 ޖެނުއަރީ 2017

މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

18 ޖެނުއަރީ 2017
މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް