Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2024

ނޭޓޯގެ ބައްދަލުވުން ކުރުކޮށްލެއްވުމަށްފަހު، ބޮޑު ވަޒީރު ނިކުންނެވީ ކޭންގެ ޕެނަލްޓީ ބައްލަވަން!

އެ ވީޑިއޯ އާއެކު ސްޓާމާ ލިޔުއްވާފައި ވަނީ، ނޭޓޯގެ ބައްދަލުވުމުގައި އިންނެވުމަށްފަހު، މެޗުގެ ނަތީޖާ ބައްލަވާލެއްވުމަށް ނިކުމެ ވަޑައިގެންނެވުނީ އެންމެ ރަނގަޅު ވަގުތުގައި ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 ޖުލައި 2024 | ހޮނިހިރު 03:31
އިނގިރޭސި ކެޕްޓަން ހެރީ ކޭން ޖެހި ޕެނަލްޓީ ބައްލަވާ ލައްވަން ބޮޑު ވަޒީރު ސްޓާމާ

އިނގިރޭސި ކެޕްޓަން ހެރީ ކޭން ޖެހި ޕެނަލްޓީ ބައްލަވާ ލައްވަން ބޮޑު ވަޒީރު ސްޓާމާ

އެމެރިކާގައި ކުރިއަށްދާ ނޭޓޯ ބައްދަލުވުން ކުރުކޮށްލެއްވުމަށްފަހު، އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ޖެހި ޕެނަލްޓީ ބައްލަވާލެއްވުމަށް ބޮޑު ވަޒީރު ކެއި ސްޓާމާ ނިކުމެ ވަޑައިގެންފި އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލް މެޗު ފަށައިގެން ނެދަލެންޑްސް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އޭގެ އިރުކޮޅެއް ފަހުން ނެދަލެންޑްސްގެ އޭރިޔާ ތެރެއިން ކެޕްޓަން ކޭން އަށް ކުރި ފައުލަކަށް ޕެނަލްޓީ ދޭން ރެފްރީ ނިންމި އެވެ. މެޗުގެ ރެފްރީ ފެލިކްސް ޒްވޭއާ، އިނގިރޭސިވިލާތަށް ޕެނަލްޓީ ދޭން ނިންމީ، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު އެވެ.

ކޭން ޕެނަލްޓީ ޖެހި މަންޒަރު ބައްލަވާލެއްވުމަށް، އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ވަނީ ނޭޓޯ ބައްދަލުވުމުގައި އިންނެވުމަށްފަހު ސްޓާމާ ވަނީ ނިކުމެ ވަޑައިގެންފަ އެވެ. އެއަށްފަހު ޓީވީއެއް ކައިރީ އިންނަވާ އެ މަންޒަރު ބެއްލެވިއިރު، ކޭން ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކުރުމުން ސްޓާމާ ވަނީ އުފާ ފާޅު ވެސް ކުރައްވައިފަ އެވެ.

ބޮޑު ވަޒީރު ސްޓާމާ ވަނީ އެ މަންޒަރު ފެންނަ ވީޑިއޯއެއް އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ވެސް ޕޯސްޓު ކުރައްވައިފަ އެވެ. އެ ވީޑިއޯ އާއެކު ސްޓާމާ ލިޔުއްވާފައި ވަނީ، ނޭޓޯގެ ބައްދަލުވުމުގައި އިންނެވުމަށްފަހު، މެޗުގެ ނަތީޖާ ބައްލަވާލެއްވުމަށް ނިކުމެ ވަޑައިގެންނެވުނީ އެންމެ ރަނގަޅު ވަގުތުގައި ކަމަށެވެ. އެ ވީޑިއޯގައި ފެންނަ ގޮތުން ސްޓާމާ އާއެކު، ނެދަލެންޑްސްގެ ބޮޑު ވަޒީރު ޑީކް ޝޫފް ވެސް އިންނެވި އެވެ.

ފަަހަތުން އަރައި ނެދަލެންޑްސްގެ މައްޗަށް އިނގިރޭސިން ކުރި ހޯދައި، ފައިނަލަށް ދިޔުމުން ބޮޑު ވަޒީރު ސްޓާމާ ވަނީ ޓީމަށް މަރުޙަބާ ވެސް ވިދާޅުވެފަ އެވެ. އިނގިރޭސިން ހޯދި މޮޅަށް ތައުރީފު ކުރައްވައި ސްޓާމާ ވިދާޅުވީ، ބާލިން އަށް އެ ޤައުމުން އަންނަ ކަމަށެވެ. މިއަހަރުގެ މުބާރާތުގައި އިނގިރޭސިން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެފަ އެވެ. އަނެއް ދެ މެޗު ވަނީ އެއްވަރުވެފަ އެވެ. މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ މެޗުގެ އިތުރުން، ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލްގައި ވެސް އިނގިރޭސިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިފަ އެވެ.

ޔޫރޯ މުބާރާތުގެ ފައިނަލަށް އިނގިރޭސިލާތް ދަތުރު ކޮށްފައިވާއިރު، މިއީ މުބާާރާތުގެ ފައިނަލްގައި އިނގިރޭސިިވިލާތުން ޖެހި ޖެހިގެން ކުޅޭނެ ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2021 ވަނަ އަހަރު އަމިއްލަ ޤައުމުގައި އޮތް ޔޫރޯ މުބާރާތުގެ ފައިނަލްގައި ވެސް އިނގިރޭސިވިލާތުން ވަނީ ކުޅެފަ އެވެ. އެ އަހަރުގެ ފައިނަލްގައި އިނގިރޭސިވިލާތް ވަނީ ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުން ބަލިވެފަ އެވެ.

ފުޓުބޯޅައިގައި ތައްޓެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ އިނގިރޭސިވިލާތަށް މިހާތަނަށް ކާމިޔާބު ކުރެވުނީ އެންމެ ތައްޓެކެވެ. އެއީ 1966 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އެވެ. ވެސްޓް ޖާމަނީ އަތުން މޮޅުވެ، އެ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ފަހުން މިހާތަނަށް އިންގްލެންޑަށް އެއްވެސް މުބާރާތެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 އެޕްރީލު
އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި
20251 އަހަރު ކުރިން
ރާއްޖެ

އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު
20242 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް
20215 އަހަރު ކުރިން
ދުނިޔެ

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟
20197 އަހަރު ކުރިން
ރިޕޯޓު

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު