Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފްރާންސްގެ އާއްމު އިންތިޚާބު

ފްރާންސްގެ އާއްމު އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް މެކްރޮންގެ ޕާޓީ ދިޔައީ ތިން ވަނައަށް

ޔޫރަޕްގެ ދެވަނަ އަށް އެންމެ ބޮޑު އިގްތިސާދު ފަރަންސޭސި ވިލާތުގެ އާއްމު އިންތިޚާބުގެ ފުރުތަމަ ބުރުގެ ނަތީޖާ ދެއްކި ގޮތުން ދެވަނަ ބުރުގައިވެސް އެންމެ ބޮޑު ކާމިޔާބެއް ލިބޭނީ ނޭޝަނަލް ރެލީ އަށް ކަމަށް ބެލެވޭއިރު، ޕާޓީގެ ޒުވާން ލީޑަރ ޖޯޑަން ބާޑެލާ އަށް ބޮޑު ވަޒީރުކަން ލިބި ސަރުކާރެއް އެކުލަވާލުމުގެ ޔަގީން ކަން ލިބެން އޮތީ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ޖުލައި 7 ވަނަ ދުވަހު އޮންނަ ދެވަނަ ބުރުގެ ވޯޓުގައި އާރުއެން އަށް ލިބިގެން ނެވެ.

ރާއްޖެ އެމްވީ | 1 ޖުލައި 2024 | ހޯމަ 12:02
ފްރާންސްގެ ރައީސް މެކްރޮން

ފްރާންސްގެ ރައީސް މެކްރޮން

ފްރާންސްގެ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން އިންތިޚާބު ކުރުމަށް އާދިއްތަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގެ ފުރަތަމަ ބުރުގައި، ނޭޝަނަލް ރެލީ ޕާޓީ ބޮޑު ކާމިޔާބެއް ހޯދި އިރު ރައީސް މެކްރޮން ޕާޓީ ދިޔައީ ތިން ވަނައަށެވެ.

ފުރަތަމަ ބުރުގެ ކާމިޔާބާ އެކު ނޭޝަނަލް ރެލީ (އާރުއެން) ގެ ސަޕޯޓަރުންނާ ވާހަކަ ދައްކަމުން، ޕާޓީގެ އެންމެ މުހިންމު ތަނބުގެ ގޮތުގައި ބެލޭ މެރީން ލާ ޕެން ބުނީ، ރައީސް މެކްރޮންގެ ވިސްނުމުގައި މަސައްކަތް ކުރި އެންމެން ކަހަލަ ގޮތަކަށް ފޮހެލެވިއްޖެ ކަމަށެވެ.

"ފަރަންސޭސި ހުރިހާ ރައްޔިތުންގެ ބޮޑު ވަޒީރަކަށް ވުމުގެ އުންމީދުގައި އަހަރެން މިހުރީ." އާރްއެން ޕާޓީގެ ލީޑަރު އުމުރުން 28 އަހަރުގެ ޖޯޑަން ބާޑެލާ ސާޕޯޓަރުންނާ ވާހަކަ ދައްކަމުން ބުންޏެވެ.

ޔޫރަޕްގެ ދެވަނަ އަށް އެންމެ ބޮޑު އިގްތިސާދު ފަރަންސޭސި ވިލާތުގެ އާއްމު އިންތިޚާބުގެ ފުރުތަމަ ބުރުގެ ނަތީޖާ ދެއްކި ގޮތުން ދެވަނަ ބުރުގައިވެސް އެންމެ ބޮޑު ކާމިޔާބެއް ލިބޭނީ ނޭޝަނަލް ރެލީ އަށް ކަމަށް ބެލެވޭއިރު، ޕާޓީގެ ޒުވާން ލީޑަރ ޖޯޑަން ބާޑެލާ އަށް ބޮޑު ވަޒީރުކަން ލިބި ސަރުކާރެއް އެކުލަވާލުމުގެ ޔަގީން ކަން ލިބެން އޮތީ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ޖުލައި 7 ވަނަ ދުވަހު އޮންނަ ދެވަނަ ބުރުގެ ވޯޓުގައި އާރުއެން އަށް ލިބިގެން ނެވެ.

ފަރަންސޭސި ވިލާތުގެ އާއްމު އިންތިޚާބު އަވަސް ކުރުމަށް ނިންމަވާ އިންތިޚާބު އިއުލާން ކުރެއްވި އިރު، އުއްމީދު ކުރި ވަރާ ގާތައް ވެސް މެކްރޮންގެ ޕާޓީއަށް އިންތިޚާބު ގެ ފުރަތަމަ ބުރުގައި ކާމިޔާބު ނުވިކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.

މިހާރު ބެލެވޭ ގޮތުގައި ރައީސް މެކްރޮންގެ ޕާޓީ އަށް މަޖިލީހުގައި ލިބިގެން ދާނީ ވަރަށް ހަނި މައިނޯރިޓީއެކެވެ. އެއާއެކު ރައީސްގެ މަގާމުގައި ދައުރުގެ ބާކީ އޮތް 3 އަހަރު ހުންނަވަން ޖެހޭނީ މާ ބޮޑަށްވެސް ބާރު ކުޑަ ރައީސެއްގެ ގޮތުގައި ކަމަށް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ފުރަތަމަ ބުރުގެ ނަތީޖާ ނުކުތް ގޮތުން މެކްރޮން ވާނީ ދެ ވަނަ ބުރުގައި އާރުއެން ބަލި ކުރުމަށް އިއްތިހާދު ފުޅާ ކުރުމަށް ގޮވާލައްވާފައެވެ.

އިންތިޚާބަށް ފަހު މަގާމު ގެއްލޭނެ ކަމަށް ބެލޭވެ، ފަރަންސޭސި މިހާރުގެ ބޮޑު ވަޒީރު ގެބްރިއަލް އަޓަލް ވަނީ ދެވަނަ ބުރުގައި އެންމެ ވޯޓެއްވެސް އާރުއެން ލިބިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ވަތަނީ ފިކުރު ސިޔާސީ އަސާސެއްގެ ގޮތުގައި ގެންގުޅޭ އާރްއެން އަކީ އެހެން ގައުމުތަކަށް އުފަން މީހުންނަށް ފަރަންސޭސި ރައްޔިތުކަން ދިނުމަށް ދެކޮޅު ހެދުމާއި، ވިލާތުގެ އިއްތިހާދުގެ މަގްސަދު ތަކާވެސް ޚިޔާލު ތަފާތު ޕާޓީއަކަށް ވުމާއެކު މި ޕާޓީން ފަރަންސޭސި ވިލާތުގައި ސަރުކާރެއް އެކުލަވާލާ ހިންގުން ވެގެންދާނީ ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ ކަމަކަށެވެ.

ނޭޝަނަލް ރެލީ ގެ ލީޑަރު ޖޯޑަން ބާޑެލާ ބުނެފައިވަނީ އޭނާ ބޮޑު ވަޒީރެއްގެ ގޮތުގައި ހުންނަ ސަރުކާރެއް އެކުލަވާލާނީ، 577 ގޮނޑީގެ މައްޗަށް އެކުލެވޭ ނޭޝަނަލް އެސެމްބްލީގެ ފުރިހަމަ މެޖޯރިޓީ ލިބިއްޖެ ނަމަ ކަމަށެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
25 މާރިޗު 2017

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
01 މާރިޗު 2017

ފްރާންސްގެ ރައީސް ތަގުރީރު ކުރައްވަނިކޮށް ފުލުހަކަށް އޮޅިގެން ބަނޑިޖެހިއްޖެ

01 މާރިޗު 2017
ފްރާންސްގެ ރައީސް ތަގުރީރު ކުރައްވަނިކޮށް ފުލުހަކަށް އޮޅިގެން ބަނޑިޖެހިއްޖެ
25 ފެބުރުއަރީ 2017

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު