Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ސްޕަލެޓީ ޤަބޫލު ކުރާ ގޮތުގަައި އިޓަލީ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކުނު

ސްޕަލެޓީ ބުނީ އިޓަލީން ކުޅެން ޖެހުނު ސްވިޒަލެންޑަކީ ވަރަށް ވަރުގަދަ އަދި ފުރިހަމަ އަަށް ތައްޔާރުވެފައި އޮތް ޓީމެއްކަން ކުރިން ވެސް އިނގޭ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖުލައި 2024 | ހޯމަ 05:50
އިޓަލީ ޤައުމީ ޓީމުގެ ކޯޗު ލޫސިއާނޯ ސްޕަލެޓީ

އިޓަލީ ޤައުމީ ޓީމުގެ ކޯޗު ލޫސިއާނޯ ސްޕަލެޓީ

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކުނު ކަމަށް އެ ޓީމުގެ ކޯޗު ލޫސިއާނޯ ސްޕަލެޓީ ބުނެފި އެވެ.

ގަދަ 16 ވަނަ ބުރުގައި ހޮނިހިރު ދުވަހުގެ ރޭ ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުން އިޓަލީ ވަނީ ބަލިވެ، މުބާރާތުން ކަޓައިފަ އެވެ. އެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސްޕަލެޓީ ބުނީ، ސްވިޒަލެންޑާ ދެކޮޅަށް އިޓަލީ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކުނު ކަމަށެވެ.

ސްޕަލެޓީ ބުނީ އިޓަލީން ކުޅެން ޖެހުނު ސްވިޒަލެންޑަކީ ވަރަށް ވަރުގަދަ އަދި ފުރިހަމަ އަަށް ތައްޔާރުވެފައި އޮތް ޓީމެއްކަން ކުރިން ވެސް އިނގޭ ކަމަށެވެ. އެ މެޗުގައި އިޓަލީ އަށް އެ މީހުންގެ އެންމެ އެކަށީގެންވާ ކުޅުން ނުދެއްކުނު ކަމަށް ވެސް އޭނާ ބުންޏެވެ. ނުވަތަ، މެޗުގައި އިޓަލީ އަށް ރަނގަޅަށް ކުޅެވުނީ މަދު ވަގުތު ކޮޅެއްގައި ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން ސްޕަލެޓީ ބުނީ އިޓަލީ އަށް މެޗުގައި ލަނޑު ޖަހާނެ ބައެއް ފުރުސަތުތައް ލިބުނު ކަމަށެވެ. އެހެން ނަމަވެސް، މެޗުން ބަލިވުމާއި، މުބާރާތުން ކެޓުމުގެ ފުރިހަމަ ޒިންމާ އޭނާ ނަގާނެ ކަމަށް ސްޕަލެޓީ ބުންޏެވެ. އެކަމުގައި އެއްވެސް ވަރަކަށް ކުޅުންތެރިން ކުށްވެރި ކުރަން ބޭނުން ނުވާކަން ފާހަގަކޮށް ސްޕަލެޓީ ބުނީ، އެންމެ ރަނގަޅަށް ޓީމު ދަސް ކުރަން އޭނާ އަށް އެކަށީގެންވާ ވަގުތު ވެސް ނުލިބުނު ކަމަށެވެ.

އެކަން ފާހަގަ ކުރަމުން ސްޕަލެޓީ ބުނީ، އާންމު ގޮތެއްގައި މުބާރާތެއްގެ ކުރިން 30 މެޗު ނުވަތަ އެއަށްވުރެ ގިނަ މެޗު ޓީމާ އެކު ކުޅުމުގެ ފުރުސަތު ގިނަ ކޯޗުންނަށް ލިބޭ ކަމަށެވެ. އެހެން ނަމަވެސް، އިޓަލީއާ ހަވާލުވުމަށްފަހު، ޔޫރޯ މުބާރާތުގެ ކުރިން އޭނާ އަށް ލިބުނީ 10 މެޗު ކަމަށް ސްޕަލެޓީ ބުންޏެވެ. އަނެއްކޮޅުން އިޓަލީގައި ކޮންމެ ވެސް ވަރަކަށް އަނިޔާގެ މައްސަލަތައް އުޅުނު ކަމަށް ސްޕަލެޓީ ވަނީ ފާހަގަކޮށްފަ އެވެ.

އިޓަލީގެ ކޯޗަކަށް ސްޕަލެޓީ ހަމަޖެއްސީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ. އެ މަގާމަށް ސްޕަލެޓީ ހަމަޖެއްސީ، ކުރިން އެ މަގާމުގައި ހުރި ރޮބާޓޯ މަންޗިނީ ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދިނުމާ އެކު އެވެ. އިޓަލީން ސްޕަލެޓީ އާއެކު ސޮއި ކުރީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރު އެވެ.

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2017

ބައި ގަރުނަށްފަހު ވޯލްޑް ކަޕަށް ކޮލިފައި ނުވެ އިޓަލީއަށް ބޮޑު ލަދެއް!

14 ނޮވެމްބަރު 2017
ބައި ގަރުނަށްފަހު ވޯލްޑް ކަޕަށް ކޮލިފައި ނުވެ އިޓަލީއަށް ބޮޑު ލަދެއް!
11 ނޮވެމްބަރު 2017

ވޯލްޑް ކަޕް ކޮލިފައިން: އިޓަލީ ބަލިކޮށް ސްވިޑެން ކޮލިފައިވުމާ ގާތަށް

11 ނޮވެމްބަރު 2017
ވޯލްޑް ކަޕް ކޮލިފައިން: އިޓަލީ ބަލިކޮށް ސްވިޑެން ކޮލިފައިވުމާ ގާތަށް
07 ނޮވެމްބަރު 2017

އިޓަލީގެ މިޑްފީލްޑަރ ޕިރްލޯ ކުޅުން ހުއްޓާލައިފި

07 ނޮވެމްބަރު 2017
އިޓަލީގެ މިޑްފީލްޑަރ ޕިރްލޯ ކުޅުން ހުއްޓާލައިފި
10 އޮކްޓޯބަރު 2017

ރަޝިއާ 2018: ބަލިނުވެ ސްޕެއިން އިން ކޮލިފައިން ނިންމާލިއިރު އިޓަލީ ޕްލޭއޮފްއަށް

10 އޮކްޓޯބަރު 2017
ރަޝިއާ 2018: ބަލިނުވެ ސްޕެއިން އިން ކޮލިފައިން ނިންމާލިއިރު އިޓަލީ ޕްލޭއޮފްއަށް
06 ސެޕްޓެމްބަރު 2017

ވޯލްޑްކަޕް ކޮލިފައިން: ސްޕެއިން ތަފާތު ބޮޑުކޮށް މޮޅުވިއިރު އިޓަލީއާ ވޭލްސް ވެސް މޮޅުވެއްޖެ

06 ސެޕްޓެމްބަރު 2017
ވޯލްޑްކަޕް ކޮލިފައިން: ސްޕެއިން ތަފާތު ބޮޑުކޮށް މޮޅުވިއިރު އިޓަލީއާ ވޭލްސް ވެސް މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު