Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ސްވިޒަލެންޑަށް އިޓަލީ ހައިރާން ކޮށްލެވޭނެ: ޔަކިން

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ސްވިޒަލެންޑު ކުޅުނު އެއްވެސް މެޗަކުން އެ ޓީމު ބަލި ނުވެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޖޫން 2024 | ހޮނިހިރު 05:47
ސްވިޒަލެންޑުގެ ކޯޗު މުރާތު ޔަކިން

ސްވިޒަލެންޑުގެ ކޯޗު މުރާތު ޔަކިން

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއާ ދެކޮޅަށް ނިކުންނައިރު، ސްވިޒަލެންޑަށް އެ ޓީމު ހައިރާން ކޮށްލެވޭނެ ކަމަށް ސްވިޒަލެންޑުގެ ކޯޗު މުރާތު ޔަކިން ބުނެފި އެވެ.

އޭނާ މިހެން ބުނީ އިޓަލީއާ ދެކޮޅަށް ސްވިޒަލެންޑު ނިކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުގައި ވާހަކަ ދައްކަމުންނެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޔަކިން ވަނީ އިޓަލީ އަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކައިފަ އެވެ. އެގޮތުން ފުޓުބޯޅައިގައި އިޓަލީން ދައްކަމުން އަންނަ ކުޅުމާއި، އެ ޓީމުން ގެންގުޅޭ ވައްޓަފާޅި އަށް ޔަކިން ތައުރީފު ކުރި އެވެ.

ޔަކިން ބުނީ އިޓަލީ އަކީ ވަރަށް ތަފާތު ޓީމެއް ކަމަށާއި، އިޓަލީން ކުޅެމުން އަންނަނީ ވެސް ތަފާތު ސިސްޓަމެއްގައި ކަމަށެވެ. އެގޮތުން ޓެކްޓިކަލް ފުޓުބޯޅަ އަށް ބަލާއިރު އޭގޭ އަސްލަކީ އިޓަލީ ކަމަށާއި، އިޓަލީގެ އެ ގޮތް ގަނޑު އޭނާ އަށް ވެސް ވަރަށް ކަމުދާ ކަމަށް ޔަކިން ބުންޏެވެ. މެޗެއްގައި އިޓަލީ އަށް އެންމެން އެކުވެގެން ޑިފެންސް ކުރާ ކަމަށާއި، އެޓޭކު ކުރުމުގައި ވެސް މީހަކަށް މީހަކު އަރާ ގޮތްތަކެއް ގެން ގުޅޭ ކަމަށް ވެސް އޭނާ ބުންޏެވެ.

އެހެން ނަމަވެސް، އިޓަލީ މެޗަށް ސްވިޒަލެންޑް އޮތީ އެންމެ ފުރިހަމަ އަށް ތައްޔާރަށް ކަމަށާއި، އިޓަލީ ހައިރާން ކޮށްލެވޭނެ ކަމަށް ވެސް ޔަކިން ވަނީ ބުނެފަ އެވެ. އިޓަލީއާ ދެކޮޅަށް ކުޅުމަކީ އުނދަގޫ ކަމަކަށް ވެސް ވާނެ ކަމަށް ޔަކިން ޤަބޫލު ކުރެ އެވެ. ނަމަވެސް، މެޗަކުން މޮޅުވުމަށް އެންމެ ބޮޑަށް ކުރަން ޖެހޭނެ ކަމަކީ މަސައްކަތް ކުރުން ކަމަށާއި، ކާމިޔާބީ ގުޅިފައި އޮންނާނީ އެކަމާ ކަމަށް ވެސް ޔަކިން ބުންޏެވެ.

މީގެ އިތުރުުން އޭނާ ބުނީ، މެޗުގެ ކުރިން ފޭވަރިޓުންގެ ވާހަކަ ދައްކައި، އެކަމުގެ ތެރެއަށް ދާން ބޭނުން ނުވާ ކަމަށެވެ. ޚާއްސަކޮށް ކުޅެން ޖެހެނީ ނޮކްއައުޓް ބުރުގެ މެޗަކަށްވުމުން، ސަމާލުކަަން ދޭން ޖެހޭ ގިނަ ކަންތައްތަކެއް ހުންނާނެ ކަމަށް ވެސް ޔަކިން ބުންޏެވެ. މެޗު އެއްވަރުވެއްޖެ ނަމަ، އިތުރު ވަގުތު ކުޅޭނެ ކަމަށާއި، އެވަރުން ވެސް ނަތީޖާ ނުނެރެވިއްޖެ ނަމަ ޕެނަލްޓީ ޖަހާނެކަން ފާހަގަކޮށް ޔަކިން ބުނީ، މެޗަށް ނިކުންނާނީ ހުރިހާ ޙާލަތަކަށް ވެސް ތައްޔާރުވެގެން ކަމަށެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ސްވިޒަލެންޑު ކުޅުނު އެއްވެސް މެޗަކުން އެ ޓީމު ބަލި ނުވެ އެވެ. ފުރަތަމަ މެޗުން މޮޅުވީއިރު، ދެން ކުޅުނު ދެ މެޗު ވެސް އެއްވަރުވީ އެވެ. ސްވިޒަލެންޑުން ވަނީ ގްރޫޕް ސްޓޭޖުގައި މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އަންނަ ޖަރުމަނު ވެސް މޮޅުވިޔަ ނުދީ ހިފަހައްޓައިފަ އެވެ.

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2017

ބައި ގަރުނަށްފަހު ވޯލްޑް ކަޕަށް ކޮލިފައި ނުވެ އިޓަލީއަށް ބޮޑު ލަދެއް!

14 ނޮވެމްބަރު 2017
ބައި ގަރުނަށްފަހު ވޯލްޑް ކަޕަށް ކޮލިފައި ނުވެ އިޓަލީއަށް ބޮޑު ލަދެއް!
11 ނޮވެމްބަރު 2017

ވޯލްޑް ކަޕް ކޮލިފައިން: އިޓަލީ ބަލިކޮށް ސްވިޑެން ކޮލިފައިވުމާ ގާތަށް

11 ނޮވެމްބަރު 2017
ވޯލްޑް ކަޕް ކޮލިފައިން: އިޓަލީ ބަލިކޮށް ސްވިޑެން ކޮލިފައިވުމާ ގާތަށް
07 ނޮވެމްބަރު 2017

އިޓަލީގެ މިޑްފީލްޑަރ ޕިރްލޯ ކުޅުން ހުއްޓާލައިފި

07 ނޮވެމްބަރު 2017
އިޓަލީގެ މިޑްފީލްޑަރ ޕިރްލޯ ކުޅުން ހުއްޓާލައިފި
10 އޮކްޓޯބަރު 2017

ރަޝިއާ 2018: ބަލިނުވެ ސްޕެއިން އިން ކޮލިފައިން ނިންމާލިއިރު އިޓަލީ ޕްލޭއޮފްއަށް

10 އޮކްޓޯބަރު 2017
ރަޝިއާ 2018: ބަލިނުވެ ސްޕެއިން އިން ކޮލިފައިން ނިންމާލިއިރު އިޓަލީ ޕްލޭއޮފްއަށް
06 ސެޕްޓެމްބަރު 2017

ވޯލްޑްކަޕް ކޮލިފައިން: ސްޕެއިން ތަފާތު ބޮޑުކޮށް މޮޅުވިއިރު އިޓަލީއާ ވޭލްސް ވެސް މޮޅުވެއްޖެ

06 ސެޕްޓެމްބަރު 2017
ވޯލްޑްކަޕް ކޮލިފައިން: ސްޕެއިން ތަފާތު ބޮޑުކޮށް މޮޅުވިއިރު އިޓަލީއާ ވޭލްސް ވެސް މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު