Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބޮލީވިއާ ބަޣާވާތް

ބޮލީވިއާގެ ސިފައިން އެ ގައުމުގެ ސަރުކާރު ވައްޓާލަން ކުރި ބަޣާވާތް ނާކާމިޔާބު ވެއްޖެ

ބަޣާވާތުގެ އިސްކޮށް ހުރީ ސިފައިންގެ ވެރިޔަކަށް ހުރި ޖެނެރަލް އެވެ.

ރާއްޖެ އެމްވީ | 27 ޖޫން 2024 | ބުރާސްފަތި 10:31
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ހަތިޔާރު އެޅި ޓޭންކަކުން ރިޔާސީ ގަނޑުވަރުގެ ތެރެއަށް ވަދެގަތީ އެތާނގެ ދޮރު ފަޅާލާފަ

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ހަތިޔާރު އެޅި ޓޭންކަކުން ރިޔާސީ ގަނޑުވަރުގެ ތެރެއަށް ވަދެގަތީ އެތާނގެ ދޮރު ފަޅާލާފަ

ބޮލީވިއާގެ ސިފައިން އެ ގައުމުގެ ސަރުކާރު ވައްޓާލަން ކުރި ބަޣާވާތް ނާކާމިޔާބު ވެއްޖެއެވެ.

ރިޕޯޓުތައް ބުނެފައިވަނީ، ބަޣާވާތް ކުރުމުގައި އިސްކޮށް ހުރި އަސްކަރީ ޖެނެރަލް ޚުއާން ހޮޒޭ ޒުންނިގަ ގެ ކޮމާންޑްގެ ދަށުން ބުދަ ދުވަހުގެ ހަވީރު އަސްކަރީ ޓޭންކް ތައް އައިސް ބޮލީވިއާގެ ވެރިރަށް ލޮޕާޒް ގައި ހުންނަ ރިޔާސީ ގަނޑުވަރުގެ ކަރިން މުރިލޯ ސްކުއަރ ގައި ޕޮސިޝަން ނެގި ކަމަށެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ހަތިޔާރު އެޅި ޓޭންކަކުން ރިޔާސީ ގަނޑުވަރުގެ ތެރެއަށް ވަދެގަތީ އެތާނގެ ދޮރު ފަޅާލާފައެވެ.

އެހެން ނަމަވެސް ބަޣާވާތުގެ ޚަބަރުތައް ފެތުރެން ފެށުމާއެކު ދުނިޔޭގެ ގައުމުތަކުން، ހާއްސަކޮށް ބޮލީވިއާގެ އަވައްޓެރި ގައުމުތަކުން ބޮލީވިއާ ސިފައިންގެ އަމަލުތަކަކީ ޣައިރު ގާނޫނީ އަމަލުތަކެއް ކަމަށް ބުނެ ވާޣާވާތާ ދެކޮޅަށް ނުރުހުން ފާޅު ކުރަން ފެށުމާއެކު ޒުންނިގަ އޭނާގެ ސިފައިންނަށް އަނބުރި ދިޔުމަށް އެންގިއެވެ.

ބަޣާވާތާ ދެކޮޅު ހެދުމަށް ބޮލީވިއާގެ މަގުތަކަށް އެތައް ހާސް މީހުން އެއްވެ ވަނީ އަޑުއުފުލާފައެވެ.

ސިފައިން ގަނޑުވަރުގެ ސަރަހައްދު ދޫކޮށް ދިއުމާއެކު، ބޮލީވިއާ ގެ ރައީސް ލުއިސް އާރްސޭ ވަނީ ގައުމާ މުޚާތަބް ކުރައްވާ ވާހަކަ ފުޅު ދައްކަވަމުން، ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

ރިޔާސީ ގަނޑުވަރުން ޖެނެރަލް ޒުންނިގަ އާއި ބޮލީވިއާގެ ރައީސް ލުއިސް އާރްސޭ ކުރިމަތި ލައްވާ ވާހަކަފުޅު ދައްކަވާ މަންޒަރު ވަނީ އައްމުވެފައެވެ. އެ ފުޓޭޖުން ފެންނަ ގޮތުން، ބޮލީވިއާގެ ރައީސް ބަޣާވާތުގެ ކޮމާންޑަރަށް "އަހަންނަކީ ކަލޭގެ ކެޕްޓަން، މި އަންގަނީ ހަމަ މިހާރު ސިފައިން މިތަނުން ގެންދިއުމަށް، ބަޣާވާތަކަށް ފުރުސަތެއް ނުދޭނަން." ވިދާޅުވެއެވެ.

ރޮއިޓާސް އިން ބުނާ ގޮތުގައި ބޮލީވިއާގެ ފުލުހުން މިހާރު ވަނީ ބަޣާވާތުގެ އިސްކޮށް ކުރި ޖެނެރަލް ޒުންނިގަ ހައްޔަރު ކޮށްފައެވެ.

ބަޣާވާތުގައި އިސްކޮށް ހުރި ޒުންނިގާ އަކީ ރައީސް އާރްސޭ އެ ގައުމުގެ އަސްކަރިއްޔާގެ ވެރިއަކަށް އައްޔަން ކުރެއްވި ފަރާތެވެ. އެހެން ނަމަވެސް އަސްކަރިއްޔާގެ އެންމެ އިސް މަގާމުން މިދިޔަ އަންގާރަ ދުވަހު ރައީސް ވަނީ އޭނާ ކޮށްފައެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
11 ފެބުރުއަރީ 2017

ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

11 ފެބުރުއަރީ 2017
ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
09 ފެބުރުއަރީ 2017

ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ

09 ފެބުރުއަރީ 2017
ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
26 ޖެނުއަރީ 2017

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

26 ޖެނުއަރީ 2017
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު