Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީން އިސްރާއީލް ހަނގުރާމަ

ގާޒާ އިން ވީ ނުވީއެއް ނޭނގި 21،000 ފަލަސްތީން ކުޑަކުދިން ގެއްލިއްޖެ

އިޒްރޭލުން މި ފަހަކަށް އައިސް މުޅިންހެން ހަމަލާ ދެމުން ދަނީ އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދު ތަކަށް ކަން ފާހަގަ ކުރޭ. މި ހަމަލާތަކުގައި ކޮންމެ ދުވަހަކު ފަލަސްތީނުގެ އެތައް ކުޑަކުދިންނެއް ދަނީ މަރުވަމުން.

ރާއްޖެ އެމްވީ | 24 ޖޫން 2024 | ހޯމަ 11:54
ސޭވް ދަ ޗިލްރަން އިން ވަނީ ގެއްލިފައިވާ ކުޑަކުދިން ހޯދުމުގެ މަސައްކަތް ކުރުމަށް ހަނގުރާމަ މެދުކަނޑާލަން ޖެހޭ ކަމަށް ބުނެފަ

ސޭވް ދަ ޗިލްރަން އިން ވަނީ ގެއްލިފައިވާ ކުޑަކުދިން ހޯދުމުގެ މަސައްކަތް ކުރުމަށް ހަނގުރާމަ މެދުކަނޑާލަން ޖެހޭ ކަމަށް ބުނެފަ

ހުސްވި އަހަރުގެ އޮކްޓޯބަރ 7ން ފެށިގެން އިޒްރޭލު ސިފައިން ގާޒާގައި ހިންގަމުންދާ ހަނގުރާމަ އާ ގުޅިގެން މިހާތަނަށް ވީ ނުވީއެއް ނޭނގި 21.000ށް ވުރެ ގިނަ ފަލަސްތީން ކުޑަކުދިން ގެއްލިފައިވާ ކަމަށް ސޭވްދަ ޗިލްޑްރަން ޖަމާއަތުން ބުނެފިއެވެ.

ސޭވް ދަ ޗިލްރަން އިން ވަނީ ގެއްލިފައިވާ ކުޑަކުދިން ހޯދުމުގެ މަސައްކަތް ކުރުމަށް ހަނގުރާމަ މެދުކަނޑާލަން ޖެހޭ ކަމަށެވެ.

އިޒްރޭލުން މި ފަހަކަށް އައިސް މުޅިންހެން ހަމަލާ ދެމުން ދަނީ އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދު ތަކަށް ކަން ފާހަގަ ކުރެއެވެ. މި ހަމަލާތަކުގައި ކޮންމެ ދުވަހަކު ފަލަސްތީނުގެ އެތައް ކުޑަކުދިންނެއް ދަނީ މަރުވަމުންނެވެ.

އަނެއްކޮޅުން ގާޒާގައި ހިންގާ ހަނގުރާމައިގެ އެންމެ ވަރުގަދަ ބައި ގާތްގަނޑަކަށް މިހިސާބުން ނިމުނީ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާދިއްތަ ދުވަހު ވިދާޅުވެއްޖެއެވެ. އެހެން ނަމަވެސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ހަމާސް އާއެކު އާދެވުނު ކަމަށް ވިޔަސް ހަނގުރާމަ ކުރިއަށް ދާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއާ އެކު ހަމާސް އިން ބުނެފައިވަނީ ނަތަންޔާހޫގެ މި ވާހަކަފުޅުން މެއި 31 ގައި އެމެރިކާގެ ރައީސް ޖޯ ބައިޑްން ހުށަހެޅުއްވި ހަނގުރާމަ ހުއްޓާލުމުގެ ޕްލޭން އިޒްރޭލް ގަބޫލު ނުކުރާ ކަން ދޭހަވާކަމަށެވެ.

ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން ފަލަސްތީނުގެ ތުއްތު ދެ ކުދިން މަރުވެއްޖެ ކަމަށް އުތުރު ގާޒާގެ ކަމާލް އަދުވާން ހޮސްޕިޓަލުން ހާމަ ކޮށްފިއެވެ. މިއާއެކު ސިއްހީ އޮފިޝަލުންނާ ހަވާލާދީ މީޑީއާ ރިޕޯޓުތައް ބުނާ ގޮތުގައި ބަނޑުހައި ހޫނުކަމުގައި ގާޒާ ގައި މަރުވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ އަދަދު 31ށް ވަނީ އަރާފައެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ގާޒާ އިން އިޒްރޭލު ސިފައިންގެ ހަމަލާ ތަކުގައި 37،598 ފަލަސްތީން މީހުން މަރުވެ 86،032 މީހުން ވަނީ ޒަޚަމްވެފައެވެ. މި މުއްދަތުގައި ހަމާސް އިން ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވެފައިވަނީ 1،139 މީހުންނެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންޣައްޒާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާ ގެ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ކާމިޔާބު ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ހުއްޓުމެއް ނެތް

ޣައްޒާ ގެ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ކާމިޔާބު ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ހުއްޓުމެއް ނެތް

21 ޑިސެމްބަރު 2025
އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި

އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި

20 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު