Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ބައްޔެއްނުވާނެ، ވިސްނުމަކީ މޮޅުވުމުން: ޓަޑެސްކޯ

22 ޖޫން 2024 | ހޮނިހިރު 06:42

ރޮމޭނިޔާއާ ދެކޮޅަށް މިރޭ ކުޅޭ މެޗުން ބަލިވެ، މުބާރާތުން ކަޓާފާނެތީވެ ނުވިސްނާ ކަމަށް ކޯޗު ޑޮމެނިކް ޓަޑެސްކޯ ބުނެފި.

ރާއްޖެ އެމްވީ | 22 ޖޫން 2024 | ހޮނިހިރު 06:42
ބެލްޖިއަމްގެ ކޯޗު ޑޮމެނިކް ޓަޑެސްކޯ

ބެލްޖިއަމްގެ ކޯޗު ޑޮމެނިކް ޓަޑެސްކޯ

ރޮމޭނިޔާއާ ދެކޮޅަށް މިރޭ ކުޅޭ މެޗުން ބަލިވެ، މުބާރާތުން ކަޓާފާނެތީވެ ނުވިސްނާ ކަމަށް ކޯޗު ޑޮމެނިކް ޓަޑެސްކޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ މުބާރާތުގެ ފުރަތަމަ މެޗުގައި ސްލޮވާކިޔާ އަތުން 1-0އިން ބެލްޖިއަމް ބަލިވެފައި އޮތުމުންނެވެ. މިއީ ޔޫރޯގެ ތާރީހުގައި ވެސް އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާ އެވެ. ސަބަބަކީ ދެ ގައުމުގެ ފުޓްބޯޅައިގެ ތާރީހާއި ބެލްޖިއަމަކީ ޔޫރަޕުގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިން ތިބި ގައުމަކަށްވުމެވެ. ބެލްޖިއަމް އޮތީ ފީފާ ރޭންކިންގެ ތިން ވަނާގަ އެވެ. ރޮމޭނިޔާ އޮތީ 45ވަނާގަ އެވެ.

ކޮޗު ޓަޑެސްކޯ ބުނީ ފުރަތަމަ މެޗުގައި ޔުކްރޭން އަތުން 3-0އިން މޮޅުވި ރޮމޭނިޔާ އަކީ ހަލުވި، އަދި ހުނަރުވެރި ޓީމެއްކަން އޭނާ އަށް އެނގޭ ކަމަށެވެ.

ކޯޗު ބުނީ ފުރަތަމަ މެޗުގައި ސްލޮވާކިޔާއިން މެޗުގެ ހަ ވަނަ މިނިޓްގައި ޖެހި ގޯލަކީ އޭނާޣެ ޓީމު ޕްރެޝަރަށް ދިޔަ ސަބަބެއް ކަމަށެވެ. މިހެންވެ މިރޭގެ މެޗުގައި އެފަދަ ފެށުމަކުން ފަށައިގަތުމުގެ ބަދަލުގައި ލީޑް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މިވަގުތު މި ގްރޫޕުގެ ޕޮއިންޓް ޓޭބަލް އޮތް ގޮތުން ޕޮއިންޓެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ ވެސް ބެލްޖިއަމް އެވެ. ޔުކްރޭނާއި ސްލޮވާކިޔާ އަދި ރޮމޭނިޔާ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. މިހެންވެ ބަލިވެއްޖެނަމަ ބެލްޖިއަމް މުބާރާތން ކަޓާނެ އެވެ. އެ ޓީމު މޮޅުވެއްޖެނަމަ ތިން ޕޮއިންޓުން ހަތަރު ޓީމު ހަމަހަމަވެ، މުބާރާތުގެ ދެ ވަނަ ބުރަށްދާނެ ޓީމު ކަނޑައަޅާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބެލްޖިއަމާއި ޔުކްރޭން ބައްދަލުކުރާ މެޗު ނިމުމުންނެވެ.

ޔޫރޯ 2024 (ޖަރުމަނު)

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

08 ޖުލައި 2024

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!
08 ޖުލައި 2024

އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

08 ޖުލައި 2024
އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން
08 ޖުލައި 2024

މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

08 ޖުލައި 2024
މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް
07 ޖުލައި 2024

އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް

07 ޖުލައި 2024
އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް
07 ޖުލައި 2024

އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ

07 ޖުލައި 2024
އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ
07 ޖުލައި 2024

ޖަރުމަނާއި ސްޕޭން މެޗު އަލުން ކުޅެދިނުމަށް އެދި ޕެޓިޝަން ހަދަނީ

07 ޖުލައި 2024
ޖަރުމަނާއި ސްޕޭން މެޗު އަލުން ކުޅެދިނުމަށް އެދި ޕެޓިޝަން ހަދަނީ
07 ޖުލައި 2024

ފަހަތުން އަރައި ތުރުކީ ބަލިކޮށް، ނެދަލެންޑްސް ސެމީ ފައިނަލަށް

07 ޖުލައި 2024
ފަހަތުން އަރައި ތުރުކީ ބަލިކޮށް، ނެދަލެންޑްސް ސެމީ ފައިނަލަށް
07 ޖުލައި 2024

ފްރާންސް އަށް މަދުވަނީ ލަނޑު ޖެހުން: ޑެޝޯމްޕްސް

07 ޖުލައި 2024
ފްރާންސް އަށް މަދުވަނީ ލަނޑު ޖެހުން: ޑެޝޯމްޕްސް
07 ޖުލައި 2024

ނާގަލްސްމަންގެ ޝަކުވާއެއް ނެތް، އޮތީ ކުޅުންތެރިންނަށް ޝުކުރު!

07 ޖުލައި 2024
ނާގަލްސްމަންގެ ޝަކުވާއެއް ނެތް، އޮތީ ކުޅުންތެރިންނަށް ޝުކުރު!
07 ޖުލައި 2024

ފުއެންޓޭ ސްޕެއިން ސިފަ ކުރީ މޮޅުވާ އަހެއްގެ ގޮތުގައި!

07 ޖުލައި 2024
ފުއެންޓޭ ސްޕެއިން ސިފަ ކުރީ މޮޅުވާ އަހެއްގެ ގޮތުގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް